އިންޑިއާގެ އަންހެނަކު އޭނާގެ ކައިވެނީގެ ރޭ، އޭނާގެ ފިރިމީހާގެ އާއިލާގެ އެންމެންނަށް ޑުރަގުު ދިނުމަށްފަހު ގިނަ އަދަދެއްގެ ގަހަނާއާއި ފައިސާ ހިފައިގެން ފިލައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އަންހެން މީހާ ފިލާފައިވަނީ 70،000 ރުޕީސް (990 ޑޮލަރު، ނުވަތަ 15،300 ރުފިޔާ) އާއި ތިން ލައްކަ ރުޕީސް (4244 ޑޮލަރު ނުވަތަ 65،595 ރުފިޔާ) ގެ އަގުހުރި ގަހަނާ ހިފައިގެންނެވެ. ހުކުރު ދުވަހުގެ ރޭ މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ބަދައުން ޑިސްޓްރިކްޓުގެ ޗޯޓާ ޕަރާ ގައެވެ.

އެ އަންހެން މީހާ ވައްކަން ކުރި ކަން ފަޅާ އަރާފައިވަނީ އޭގެ އަނެއް ދުވަހު ހެނދުނު ހޭލި އިރު އޭނާ ނެތުމުން ކަމަށް ވެއެވެ. އެ ސަރަހައްދުގެ ފުލުހުން ވިދާޅުވެފައިވާ ގޮތުގައި އެ އަންހެން މީހާ އަކީ އަޒަމްގަރް އަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ ކައިވެނިކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިހާރު އެމައްސަލައިގެ ތަހުގީގު ދަނީ ކުރަމުންނެވެ. އަދި މިހާރު ހޯދަމުން ދަނީ އެ ކައިވެނި ކުރުވި ޓިންކޫ ނަމަކަށް ކިޔާ މީހެއް ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ޓިންކޫ ވަނީ އެ އަންހެން މީހާއާއެކު ފިރިހެން މީހާގެ ގެއަށް ކައިވެނީގެ ރޭ ގޮސްފައި ކަމަށާއި އަންހެން މީހައާ އެކު ޓިންކޫވެސް ފިލާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު