މީސްމީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގެ ސަބަބުން ބޮލީވުޑުގެ ތަރި، ޕާޔަލް ރޮހާތްގީ ހައްޔަރުކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އޭނާ ހައްޔަރުކުރީ މޯތިލާލް ނެހްރޫއާ ގުޅޭ ވީޑިއޯއެއް އާންމުކޮށްގެން ކަމަށެވެ. މޯތީ ލާލް ނެހެރޫއަކީ އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރު، ޖަވާހިރުލާލް ނެހެރޫގެ ބައްޕާފުޅެވެ.

އިންޑިއާގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޕާޔަލް ހައްޔަރުކޮށްފައިވަނީ މީސްމީޑިއާގައި އޭނާ ޕޯސްޓުކުރި ވީޑިއޯއެއްގެ ސަބަބުން އެ ވީޑިއޯއަށް ނޭދެވޭ ކޮމެންޓުތަކާއި ރިއެކްޓުތައް ކޮށްފައިވާތީ ކަމަށެވެ. އަދި އެ ވީޑިއޯއާ ގުޅިގެން ފުލުހުންނަށް މައްސަލަތަކެއް ހުށައަޅާފައިވާތީ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޕާޔަލް ހައްޔަރުކޮށްފައިވަނީ އަހުމަދުއާބާދުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެމައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ޔޫތް ކޮންގްރެސްގެ ލީޑަރު ޝަރުމޭޝް ޝަރުމާއެވެ.

 

ކިޔުންތެރިންގެ ހިޔާލު