ވިހެއި އިރު ނުކުޅެދުންތެރިކަން ހުރި ކުއްޖެއްގެ ފައި 14 އަހަރު ފަހުން ބުރިކޮށްލަން ޖެހިއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި އިނގިރޭސި ވިލާތުގެ ވޭލްސް އަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ރޫބީ ބްރަޔަން އަކީ ވިހެއި އިރު ފައި ތިލަ އެނބުރިފައި ހުރި ކުއްޖެކެވެ. އެ ހާލަތުގެ ސަބަބުން 14 އަހަރުން ވަންދެން އޭނާ އުޅެން ޖެހުނީ ނުހިނގޭ ހާލުގައެވެ. އޭނާގެ ފައި އެހެން ހުރުމުގެ ސަބަބުން އިންތިހާން ވޭން ތަހައްމަލް ކުރަން އޭނާ ޖެހުނެވެ.

އޭނާ ވަނީ އޭނާގެ ފަޔަށް ދިމާވެފައި ހުރި ގޮތް ބަދަލު ކުރުމަށް އެތައް ސާޖަރީއަކާއި އޮޕަރޭޝަނެއް ކޮށްފައެވެ. ނަމަވެސް ހައްލެއް ނުވިއެވެ. އެހެން ކަމުން އެންމެ ފަހުން އޭނާ ނިންމީ އޭނާގެ ފައި ބުރިކޮށްލުމަށެވެ. އެއީ އެ ތަދާއި ވޭނުން މުންޖިވާން ވެގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާގެ ފައި މިހާރު ބުރުކޮށްފައިވާއިރު ކުރިން ނުހިނގޭ ނަމަވެސް މިހާރު އާޓިފިޝަލް ފައެއް ލައްވައިގެން ރޫބީ ހިނގައެވެ. ކުރިއަށްވުރެ ދިރިއުޅުމުގެ ކަންކަން ކުރުމަށް މިހާރު މާ ފަސޭހައެވެ.

ކިޔުންތެރިންގެ ހިޔާލު