މިހަފްތާ ބަންދުގައި ކުރިން އަޅުވާ ގޮތަށް ހަމަޖެހިފައިވާ ފިލްމު "ޓްރުތް އޯ ޑެއާ" ޝްވެކް ސިނަމާގައި އެޅުވުން ފަސްކޮށްފިއެވެ.

ޝްވެކްގައި މި ފިލްމް އެޅުވުން ފަސްކުރީ އަންނަ ހުކުރު ދުވަހަށް މި ފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖެއްސުމުންނެވެ. މި ފިލްމު ބެލުމަށް ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ރިފަންޑް ކޮށްދޭނެ ކަމަށް ޝްވެކް އިން ހާމަކުރެއެވެ.

ބްލަމް ހައުސް ޕްރޮޑަކްޝަންގެ ފަރާތުން ގެނެސްދޭ މި ފިލްމް އެޅުވުން ލަސްކޮށްފައިވާ ވަކި ސަބަބެއް އެ ސުޓޫޑިއޯއިން ހާމަ ކޮށްފައެއް ނުވެއެވެ.

މި ފިލްމުގެ ތަރިންގެ ތެރޭގައި އާންމުންގެ މަގުބޫލްކަން ހޯދައިފައިވާ ލޫސީ ހޭލް، ޓީލާ ޕޯސޭ، ސޯފިއާ ޓެއިލާ އާއި އަދި މި ނޫންވެސް މަޝްހޫރް ފިލްމީ ފަންނާނުން ހިމެނެއެވެ.

"ޓްރުތު އޯ ޑެއާ" އަކީ ރައްޓެހިންތަކަކަށް ކުޅެވޭ ގޭމްއެއްގެ ސަބަބުން ކުރިމަތިވާ އާދަޔާޚިލާފު ސުވާލުތަކަކަށް ޖަވާބު ދިނުމާއި ޑެއާގެ ގޮތުގައި ފުރިހަމަ ކުރަންޖެހޭ ބިރުވެރި އާދަޔާޚިލާފު ކަންތައްތަކެއް ފުރިހަމަ ކުރުމުގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށް ކުޅެފައިވާ ބިރުވެރި ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހަށްދޭބަލަ

    ތިޔާއީ ހޮލީވުޑް ގައި އުފައްދާ ޗަކަސް ޗަކަސް ޗަކަސް ފިލްމެވެ. ހޮރޯ މޫވީ ގައި އެމެން އެދައްކާ ކަންތައް ތަކަކީ އެއީ ސީދާ ބިދުވަ އެވެ. ހޮލީވުޑް އަކީ އެއީ އިންސާނިއްޔަތާއި ޚިލާފު ކަން ކަން ދުނިޔެ އަށް ޕްރޮމޯޓް ކުރުމުގައި އެއްވަނަ މަގާމް ލިބިފައިވާ ފަރާތެވެ. މިސާލަކަށް ސޯވް ސީރީސް ފިލްމް އެއީ ސީދާ އިންސާނިއްޔަތާއި ޚިލާފު ސީރީސް އެއް ކަމަށްވާތީވެ އެއާއި މެދު ޖެހޭނެ ސީދާ ދައުވާ ވެސް ކުރެވެން އިންސާނިއްޔަތާއި ޚިލާފު އަމަލު ތައް ދައްކުވައިދޭ ފިލްމް ހޮލީވުޑް އިން އުފައްދާތީވެ. ހޮލީވުޑް މަހަށް ދޭބަލަ ދެން ތަމެން ވެސް މަހަށް ދޭބަލަ މަހަށް މަަަހަށް މަހަށް ދޭބަލަ.