އުޝާ އާއި ހަލީސްގެ ލޯބީގެ ގުޅުމުގައި ކުލަ ޖެހި، ދެ މީހުންގެ ކައިވެނީގެ ގޮށް ޖަހައިފިއެވެ. ދެ ލޯބިވެރިންގެ ހަތް އަހަރުވީ ގުޅުން، ހޭދަކުރީ އުފަލުގައި ލޯބިންނެވެ. އިތުރު ހަރުފަތަކަށް އެ ގުޅުން ގެންދިއުމަށްޓަކައި، ކަޑައްތު ކުރަން ޖެހޭ ހުރިހާ ކަނޑެއްގައި ފަތައި، ދެ މީހުން ކައިިވެނިކޮށް، ދިރިއުޅުން ސްރީލަންކާއަށް ބަދަލުކުރީ މީގެ 10 ވަރަަކަށް އަހަރު ކުރިންނެވެ.

މިހާރުވެސް އުޝާ އާއި ހަލީސް ދިރިއުޅެމުން ދަނީ ލަންކާގައެވެ. ލޯބިލޯބި ތިން ދަރިންނާވެސް އެކުގައެވެ. ދެމަފިރިންވެސް އެކުގައި އެއްތަނެއްގައި ވަޒީފާ އަދާކުރަމުން އަންނައިރު، ދަރިންގެ ކަންކަން ބަލަހައްޓަމުން ދަނީ ހަލީސްގެ މައިންބަފައިންނެވެ.

ހަލީސް އާއި އުޝާ ލަންކާއަށް ފުރަތަމަ ބަދަލުވީ އެކަންޏެވެ. ކޮލަމްބޯގައި މީހުން އެހާ ނޫޅޭ ހިސާބަކުން ދެ ބުރިއަށް ހަދާފައިވާ ރީތި ގެއެއް ގަނެ، އެ ގޭގައި އުޅެން ފަށައިގަތެވެ.

އެ ގެއަކީ ކުރިން ބަޔަކު އުޅުނު ގެއެއް ކަމެއް އެއިރު އެމީހުންނަށް ނޭނގެއެވެ. އެކަން އޮރީ ސިއްރުކޮށްފައެެވެ. އެ ގޭގައި ކުރިން އެއްވެސް ބަޔަކު ނޫޅުނު ސަބަބެއް އޭރަކު ނޭގެއެވެ. އެ ވާހަކަތައް އެނގުނު ފަހުން، އެ ގޭގައި ހަލީސް އާއި އުޝާވެސް އުޅޭކަށް ބޭނުމެއް ނުވިއެވެ.

ދެ މީހުން އެގެއަށް ބަދަލުވީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައެވެ. އެގެއަށް ބަދަލުވެ، ފުރަތަމަ ދުވަހުވެސް އެ ގޭގައި އިތުުރު ބަޔަކު އުޅޭހެން ހީވިއެވެ. ގޭތެރެއިން އެއްޗެހީގެ އަޑު އިވުމާއި، އަންހެނެއްގެ ރުއިމުގެ އަޑުވެސް އިވޭ ކަމަށް ވެއެވެ. އެހެން ނަަމަވެސް އޭރު ގަބޫލުކުރެވުނީ، އެއީ ކުށްހީއެއް ކަމަށެވެ.

އެ ރުއިމުގެ އަޑުތައް ގަދަވަނީ ކޮންމެ ރެއެއްގެވެސް 12:13 އާއި 12:30 އާއި ދެމެދުގައެވެ. އެކަން ފާހަގަވީ އުޝާއަށެވެ. ހަލީސްއާއި އެ ވާހަކަ ހިއްސާކުރުމުން، އެންމެ ފަހުން ހަލީސްއަށްވެސް އެކަން ފާހަގަވެ އެގޭގައި އުޅެން ބިރުގަތެވެ. ބޮޑަށް ބިރުގަންނަނީ އެ ގެ ހުންނަ ހިސާބު ކައިރީގައި އިތުރު ބަޔަކު ނޫޅޭތީއެވެ. އަދި ގޭގެ ވެރިފަރާތުން އެ ގެއަށް އިތުރު ބަޔަކު ގެނައުމުގެ ހުއްދަ ނުދިނުމާއި، އޭނާ އެ ވާހަކަތައް ގަބޫލުނުކުރަމަކީވެސް އިތުރަށް އެ ގޭގައި އުޅެން އެ މީހުން ބޭނުންވި ސަބަބުތަކެެވެ.

ނަމަވެސް ދެ މީހުން ހިތްވަރުކޮށްފައި އެގޭގައި އުޅެމުން ދިޔައީއެވެ. އެއީ އިތުރު ގެއަކަށް ބަދަލުވާނަމަ އަނެއްކާވެސް އިތުރު ބުރަތަކާއި އެއްޗެހި އުފުލަން ޖެހިދާނެ ކަމަށް ބަލާފައެވެ.

2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ރެއެވެ. އުޝާ އާއި ހަލީސްއާ ދެ މީހުން އެކުގައި ގެއަށް ވަންނަން ދަނިކޮށް، މީހަކު ގޮވާލި އަޑު އިވުނެވެ. އެއް ފަހަރު ގޮވުމުން ފަހަތަށް ނުބަލައި، ހިނގައިގަތުމުން، އަނެއްކާވެސް އެ މީހަކު ގޮވާލިއެވެ.

"ހޭ... ޕްލީޒް ޑޮންޓް ގޯ އިން... އިޓްސް ނޮޓް ސޭފް". އެހެން އެ މީހާ ބުނުމުން އުޝާ އާއި ހަލީސްއާ އެކު އެކީގައި ފަހަތަށް ބަލައިލެވުނެވެ.

ގޭގެ ދޮރު ކައިރީ ހުރީ މެދު އުމުރެއްގެ އަންހެނެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތާމަ އާއި ކަރުނައެވެ. އެކަނިމާއެކަނި އެމީހާ އެ ސަރަހައްދުން ފެނުމުން، ދެ މީހުންނަށްވެސް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވިއެވެ. އެހެން ނަމަވެސް އެއީ މާ ދަން ގަޑިއެއް ނޫންކަމުން އެ މީހާއާ ވާހަކަދައްކާލަން ދެ މީހުންވެސް އެ މީހާ ކައިރިއަށް ދިޔައެވެ.

އަދި ގޭތެރެއަށް ވަންނަން ދައުވަތުވެސް ދިނެވެ.

ނޫން އަހަންނަށް ތިގެއަށް ނުވަދެވޭނެ..... ތިއީ މީހުން އުޅެން ހެޔޮވާވަރުގެ ގެއެއް ނޫން... ތި ގޭގައި ކުރިން އުޅުނު މީހުންވެސް ތިގެއިން ނުކުމެގެން ދިޔައީ... ތިގޭތެެރެއިން އަންހެނެެއް ރޯއަޑު އިވޭތީ....". އޭނާއާ އެގޭ ތެރޭގައި ވަމުންދާ ގޮތް އެނގޭތީ އުޝާ އާއި ހަލީސްއާ ދެ މީހުންނަށް ވެސް ސިހުން ލިބުނެވެ. ދެލޯ ބޮޑުވިއެވެ.

އެހެންވެ އިތުރަށް އެ ވާހަކަދައްކަން ދެމަފިރިން އެ އަންހެން މީހާއާއެކު، ދިޔައީ އެ ގެއާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ރެސްޓޯރެންޓަކަށެވެ.

"ބައިދަވޭ އައިއޭމް އަ ޑޮކްޓަރ...." އެ އަންހެން މީހާ އޭނާގެ މައުލޫމާތުތައް ހިއްސާކުރިއެވެ. އަދި މި ދެމަފިރިންވެސް އެމީހުންގެ މައުލޫމާތުތައް ހިއްސާކޮށް އެގެއާ ގުޅުން ހުރި ވާހަކަތަކުން ފަށައިގަތެވެ.

"އަހަރެން ސީދާ މިރޭ... ތި ދެ މީހުންނާއި ބައްދަލުކުރަން ބޭނުންވީ މީގެ ތިން އަހަރު ކުރިން.... ފެބްރުއަރީ 3 ވަނަ ދުވަހުގެ ރޭ 12:00 އާއި 1:00 ޖެހުމާއި ދޭތެރޭގައި އެގޭތެރޭގައި ހިނގާފައިވާ ކަންތައްގަނޑުގެ ސަބަބުން، ތި ދެމަފިރިންގެ ދިިރިއުޅުމަށް ހިޔަނި އެޅިދާނެތީ...."

އެ މީހާ ކިޔާދިން ގޮތުގައި، އެރޭ އެގޭތެރޭގައި ޒުވާން އަންހެން ކުއްޖަކު މަރާލީއެވެ.

"އެއީ އަހަރެންގެ ހަމައެކަނި ދަރިފުޅު. އޭނާ ކުށަކީ ހަަމައެކަނި ލޯބިވުން". ކަރުނައިން ފުރިފައި އެ ވާހަކަ ހިއްސާކުރިއެވެ. އޭނާ ކިޔާދިން ގޮތުގައި، އެ މައްސަލަ ފުލުހަށް ހުށަހެޅި ނަމަވެސް، އޭނާގެ ދަރިފުޅު މަރުގެ ހަގީގަތް އޮތީ ފޮރުވާފައެވެ. އެ މައްސަލަ ނުވެސް ބަލައެވެ.

އޭނާ ކިޔާދިންގޮތުގައި، އޭނާގެ ދަރިފުޅާއި އެގޭގެ ވެރިޔާގެ ފިރިހެން ދަރިފުޅާއި އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ދެ މީހުންގެ ގުޅުންވެސް ވަރަށް ރަނގަޅު ކަަމަށް އަހަރެންނަށް ހީވެފައި އޮތަސް، އެ ފިރިހެން މީހާއަކީ އަނިޔާވެރިއެއްކަން މިއަދު އަހަންނަށް އެނގިއްޖެެވެ. މިކަންތައް ދިމާވިއިރު، ދެ މީހުން ދިޔައީވެސް ކައިވެންޏަށް ތައްޔާރުވަމުންނެވެ. ކައިވެނި ކުރަން އޮތް މަހަކީވެސް އެއީއެވެ.

އަހަރެންނަށް ދަރިފުޅުގެ ގާތް ރައްޓެހިންގެ ފަރާތުން އެނގުނު މައުލޫމާތަށް ބަލާއިރު، އެ ފިރިހެން މީހާ ދަރިފުޅަށް ހުރިހާ ގޮތަކުން އަނިޔާ ކުރެއެވެ. އަދި އެރޭ އަހަރެންެގެ ދަރިފުޅު "މިއީ އަހަރެންގެ ފަހުރޭ" އޭނާގެ ރަހުމަތްތެރިއަކަށް މެސެޖް ކުރިއެވެ. އާނއެކެވެ. އެއީ އޭނާގެ ފަހު ރެއެވެ.

އެ ގޭގެ ދެވަނަ ބުރީގެ ބެލްކަނި މަތިން ކޮއްޕާލައި ދަރިފުޅު ވައްޓާލީއެވެ، އެ ނުބައި ނުލަފާ މީހާއެވެ. އޭރު ދަރިފުޅު ހުރީވެސް ބަރަހަނާ ހާލުގައެވެ.

"އަހަންނަށް އެ ދަރިފުޅުގެ ހަށިގަނޑު ފެނުނީ ފަސް ދުވަސް ފަހުން.... ދަރިފުޅު ގެއަށް ނައިސްގެން އެގެއަށް ދިއުމުން".

އެ ކަންތައްގަނޑަށްފަހު އެގޭގެ ވެރިން ވަނީ މެލޭޝިއާއަށް ވަގުތުން ބަދަލުވެފައެވެ.

ދަރިފުޅަށް ވީގޮތް ބަލަން އެގެއަށް ދާން ޖެހުނީވެސް އެމީހުން ކުއްލި ގޮަތަކަށް ފުރައިގެން ދިޔަ ކަން އެނގުމުންނެވެ. އަހަރެންނަށް ދަރިފުޅުގެ ހަށިގަނޑު ފެނުނުއިރުވެސް އޮތީ ބަރަހަނާ ހާލުގައެވެ. ދަރިފުޅުގެ ހަށިގަނޑު އޮތީ އެ ގޭތެރޭގައި ހުރި ވަޅެއްގައެވެ.

"އަހަރެން ގަބޫލުކުރަނީ ދަރިފުޅު ރޭޕް ކުރަން އުޅުނީއޭ..... އެކަންތައްގަޑު 12:00 އާއި 1:00އާއި ދެމެދު ހިނގި ކަމަށް އަހަރެން ބުނަނީ އޭގެ ކުރިން. ދަރިފުޅު ރަހުމަތްތެރިންނަށްވެސް މެސެޖް ކުރީމަ.... އޭނާއަށް އަނިޔާ ކުރަމުންދާ ކަމަށް ބުނި..އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރުން ފެށިގެން ދަރިފުޅު އުޅެމުން ދިޔައީ އެގޭގައި..."

އޭނާ ބުނީ، ދަރިފުޅުގެ ހަށިގަނޑު ފެނުމުން، އެކަން ފުލުހުންނަށް ރިޕޯޓް ކުރިކަމަށެވެ. އަދި ފުލުހުން އޭނާގެ ހަށިގަނޑުގެ ސާމްޕަލްތައްވެސް ނެގިއެވެ. އަދި ދަރިފުޅު ވަޅުވެސްލިއެވެ.

ނަމަވެސް އޭގެ ފަހުން 13 އަހަރު ވެގެން ދިޔައިރު، އެ މަރަށް އިންސާފެއް ނުލިބެއެވެ. އިންސާފު ނުލިބޭނެ ކަން އެނގޭތީ އެކަން ހުއްޓާލީއެވެ.

އުޝާ އާއި ހަލީސްއަށް އެ ވާހަކަތައް އިވިފައި ބުނާނެ އެއްޗެސް ނޭގުނެވެ. އަދި އެރޭ ގެއަށް ނުގޮސް އަނެއް ދުވަހު ހެނދުނު އެގެއިން ނުކުމެގެން ދިޔަ ގޮތަށް އެ މީހުން އެ ހިސާބަށް ވައި ވެސް ނޭޅެއެވެ.

އެ ގެއިން އެ އިވެނީ، އެ ޒުވާން އަންހެން ކުއްޖާގެ ރުއިމުގެ އަޑެވެ. އޭނާ އަށް ލިބެމުންދިޔަ އަނިޔާތަކާއި ވޭނާއި އާހުގެ އަޑެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސަފަރު ކައްދަގެ ތިއްތިބެ

    އެއަންހެން ކުއްޖާ މަރާލީ އެހެން ބަޔެއް އެގޭގައި ދިރިއުޅެނީ އެހެން ބަޔެއް، ވީއިރު ގޭތެރެއިން ރޯކުއްޖާއަށް ކޮންމެހެން ނުޖެހޭދޯ ކަމާނުބެހޭ ބަޔަކަށް ގޯނާ ކުރާކަށް.

    57
    9
    • ކިޔުންތެރިޔާ

      އެކުއްޖާ މަރުވީ އެގޭގަ . އެހެންވެ އޭނާގެ ރޫހު އެއުޅެނީ

      17
      10
      • ޢަހަރެން?

        ރޫހޭ؟ އެއީ އުޅޭ އެއްޗެއްތަ؟ ތިހުރީ މާ ގިނައިން ފިލްމުތަކާ ޑުރާމާތަށް ބެލިފަ

        26
        7
        • ކިޔުންތެރިޔާ

          މިއީ ހިޔާލީ ވާހަކައެއް ?? ލައްބަ ރޫހު އެއީ އުޅޭ އެއްޗެއް. ހުޅުލެ ބޮޑުމީހާގެ ވާހަކަ އަޑު އަހަންތަ

          17
          8
  2. ހަދިޔާ

    މަރުވާ މީހާގެ ރޫޙު އެތަނެއްގައި އުޅުމާއި މީހުންނަށް އޭގެ އަޑުއިވި ފެނުން އެއީ ވާކަންކަމެއް ނޫން. ޝައިޠާނުންގެ އުނޑަގުލަކަށް ތިކަހަލަ ކަންކަން ވުން އެކަށީގެންވޭ. ޢެހެން ކަމަށްވާނަމަ އެކަންކަން ހައްލު ކުރުމަކީ ކުރެވޭނެ ކަމެއް.

    70
    3
  3. މިއީ ރިޕީޓެއް

    2019 ވަނަ އަހަރު ވެސް، ހަމަ މި ސްޓޯރީ ވަޤުތު ނޫހުން ކީމެވެ.

    62
    1
  4. ށަވިޔަނި

    ޚމީ ކުރިން ކީ ވާހަކައެއް

    17
    1
  5. މަގޭ

    އެރޭ އެދެމީހުންގެ ދަރިންކޮބާ

    25
    3
    • މ

      ދަރިންވެސް ހަލީސްގެ މައިންބަފައިންވެސް ޖައްވަށް ހަވައަށް ފަޒައަށް ވައިގެ ތެރެއަށް އަރައިގެން ދިޔައީ. ދެން ޑަމްބަލްޑޯ އާ ހެރީ ޕޮޓާ ގެ ޕާޓް 5 ގެ (ހ) ގެ ސީ އަށް އިންތިޒާރުކޮށްލައްވާ.

      11
      1
  6. ހައްޖަ

    މިއީ ޚިޔާލީ ވާހަކައެއް ނޫން. ތެދު ވާހަކައެއް. އަހަރެންގެ ބައްޕަގެ ރައްޓެހި ފެމެލީ އެއްވެސް ތިކަހަލަ ގެއެެއްގަ އުޅުނު. ބައްޕަ އެވާހަކަ ކިޔައިދިނީ 2017 ގަ. މި ނޫހުން މި ސްޓޯރީ އެއް އަހަރެން ކުރިން ނުދެކެން. ބައްޕަ ކިޔައިދިނީ ބައްޕަގެ ރައްޓެހި އާއިލާއަކަށް ދިމާވި ބިރުވެރި ކަމެކޭ ކިޔާފަ. ހަމަ ތިގޮތަށް ކިޔައިދިނީ. އެންމެ ފަހުން އެހިސާބުގަނޑުގެ ތަންކޮޅެއް މުސްކުޅި މީހުން ކިޔައިދިނީޔޯ އެ ގޭގެ ޙަގީގަތް. ވަރަށް ކުރިން އެގޭތެރޭގަ އަންހެން ކުއްޖަކު ރޭޕް ކޮށްފަ މަރާލީޔޯ.
    އެފަހުން އެގޭގަ އެއްވެސް ބަޔަކަށް ނޫޅެވެޔޯ.

    އަހަންނަށް ހީވަނީ މީ ހަމަ އެއް ގެއެއްގެ ވާހަކަ ހެން މި ނޫހުގަ ވެސް މިއޮތީ

    14
    3
    • ބުރޯ

      ކަލޭ ހާދަ ގަޅިޔޭ

      2
      11
  7. އަހްމަދު

    އިންސާނާ މަރުވަނީ ރޫޙު ހަށިގަނޑާއި ވަކިވުމުން، މަލާއިކަތް ބޭކަލުން ވަޑައިގެން ރޫޙު ހިއްޕެވެމުން.
    އެއަށްފަހު ދުނިޔެއަށް ރޫޙު އަނބުރާ ނާންނާނެ.
    އެކަމު މިފަދަ ބާވަތުގެ ކަންތައްތައް އެއީ އަނިޔާވެރިކޮށް މަރާލީމަ ޖިންނި ޝައިތާނުންގެ ކަމަކަށް ވެދާނެ މީސްތަކުން ބިރުގަންނަވަން

    16
  8. ގައުމުގެދަރި

    އާރޓިކަލް ފެށި އިރު ހާ ދިސާ ހިނގި ކަމަށް އިނީ 3 އަހަރު، ނިމުނު އޮތީ 13 އަހަރު ހާ ދިސާ ހިނގި ފަހުން ވެއްޖެ ކަމަށް.. ނޫސް ކިޔާ މީހުން ގިނަ ކުރަން 3 މަހުން އެއްމަހު އެއް އާރޓިކަލްއެއް ޖަހަނީ..

    7
    1
  9. އައްޕި

    މިވާހަކައިގަހުރި ހަމަނުޖެހޭ ބައެއް ތަންތަން ........... ގަތްގެއެއްކަމަށް އެއްފަހަރު ބުނުން.....އަނެއްފަހަރު އިތުރު މީހުން އެގެއަށް ވެއްދުމަށް ގޭގެވެރިފަރާތުން މަނާވާހަކައައިސްފައިވުން............. ޑިސެންބަރ 2009ގަ އެގެއަށް ބަދަލުވި އާއިލާއެއްގެ މީހުންނާ ޑރ އާއި މިބައްދަލުވަނީ 3 ފެބްރުއަރީ 2010ގައި. އެރޭ ޑރ ވާހަކަފަށަނީ 3 އަހަރު ކުރިން ހިގިކަމެއް ކަމަށްބުނެ.........އެކަމް ނިންމާލަނީ 13 އަހަރު ވީއިރުވެސް އިންސާފު ނުލިބުން ކަމަށްބުނެ

    10
    2
  10. ޙެހެ

    ޟަޅި ދޯ

  11. ދިވްޔަން

    އެމީހުން ގަތް ގެޔެކޯ. އެހެންވީރު އިތުރު މީހަކު އެގޭގެ ވެރިފަރާތަށްވާނެ ގޮތެއް ނުވިސްނުން. އަދި އިތުރު މީހަކަށް އެގެޔަށް ވަދެނުކުންނަންވީ ބަޔަކުވެސް ކަނޑައެޅޭނެ ގޮތެއް ނުވިސްނުން