ރައްޓެހިވެގެން ނުވަތަ ކައިވެނި ކޮށްގެން އުޅޭ އަންހެން ފިރިހެން ވެރިންނަކީ އެމީހުންގެ ލޯބިވެރިންނަށް އުފަން ދުވަހާއި އެނިވާސަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަދިޔާ ދެމުން އަންނަ ބައެކެވެ. ބައެއް ފަރާތްތަކަށް ހަމަ އެކަނި ފިނިފެން މަލެއް ނުވަތަ ކެއުމަކުން ފުދިގެން ދެއެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކަށް ކަމުދަނީ އަގު ބޮޑު ހަރު މުދަލެވެ. އަދި އެކަހަލަ މަންޒަރެއް ވީޑިއޯ ކޮށް މީސްމީޑިއާއަށް ލުމުން ގިނަބައެއްގެ ސަމާލުކަންވެސް އެކަމަށް ހުއްޓެއެވެ.

މިހާރު މީސްމީޑިއާގެ ސަމާލުކަން ހުއްޓިފައިވަނީ ގިނަ ބައެއްގެ ސަމާލުކަން، ލަވަކިއުމާއި، ރެޕް ކުރުމުގެ އިތުރުންވެސް އެކި ހުނަރުން ހޯދާފައިވާ މަޝްހޫރު ބެލްކާލިސް މާލެނިސް އަލްމަންޒާ (ކާޑި ބީ) އޭނާގެ ފިރިމިހާ ކިއަރި ކެންޑްރެލް ސީފަސް (އޮފްސެޓް) އަށް އުފަން ދުވަހުގެ ހަދިޔާގެ ގޮތުގައި 5 ލައްކަ ޑޮލަރު ދީ އާއްމު ކޮށްފައިވާ ވީޑިއޯ އެކެވެ.

ކާޑި ބީ ވަނީ އޭނާގެ އިންސްޓަގްރާމްއަށް އެ ވީޑިއޯ ލާފައެވެ. އެ ވީޑީއޯ އިން ފެނިގެން ދަނީ އޮފްސެޓް ގޮނޑީގައި އިށީދެގެން ހުއްޓާ އޭނާ އުފަންދުވަހުގެ ވާހަކަ ދައްކާ މަންޒަރެވެ. އެގޮތުން އޭނާ ވަނީ ގަހަނާގެ އިތުރުން ކާރާ އެކި ކަހަލަ މުދާ ހުރެ މިފަހަރު އުފަން ދުވަހު ދޭނީ ކޯއްޗެއްތޯ ސުވާލު ކޮށްފައެވެ.

https://www.instagram.com/tv/B6Do4htg1E1/?igshid=1moj860zhqcxh

އޭގެ އިރުކޮޅެއް ފަހުން އޭނާ ބުނެފައިވަނީ މިފަހަރު ދެނީ އައިސް އަލަމާރިއެއް ކަމަށެވެ. އަދި އެވަގުތު އޮފްސެޓް އަލަމާރިއާއި ދިމާލަށް ބެލި އިރު ފައިސާ ފެނި، އޭނާ ދިޔައީ ހައިރާން ވެގެންނެވެ. ގަބޫލު ނުކުރެވިގެން އޮފްސެޓް ދިޔައީ އަލަމާރި ކާރިއަށެވެ. އޮފްސެޓް ވަނީ އެ ހުރިހާ ފައިސާއެއް އަތަށް ނަގައިގެން އޭނާގެ އަންހެނުންނަށް ޝުކުރު އަދާކޮށްފައެވެ.

މި ވީޑިއޯ އޭނާ އިންސްޓަގްރާމަށް ލުމުން 14 މިލިއަނަށް ވުރެ ގިނަ ފަރާތްތަކުން ވަނީ އެ ވީޑިއޯ ބަލާފައެވެ.

އުމުރުން 27 އަހަރުގެ ކާޑި ބީ އާއި 28 އަހަރުގެ އޮފްސެޓް އާއި ދެމީހުން ކައިވެނި ކޮށްގެން އުޅޭތާ 3 އަހަރުވެފައިވާ އިރު އެމީހުންނަށް އަންހެން ދަރިއަކު ލިބިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    މިކަހަލަ މަޝްހޫރު މީހުންގެ ތެރެއިން ކާވެންޏަށް ދުވަސްފުރާ ދަރިއަކު ލިބުނު މަދު މީހުންގެ ތެރޭގައި މިދެމީހުން ވާނެ ކަންނޭނގެ.