ޕަބްޖީގެ އަވާގައި ޖެހި ބައެއް ދިވެހިންގެ ދިރިއުޅުން ހަލާކުވެއްޖެެއެވެ. ލޯބީގެ ގުޅުމަށް ބުރޫ އަރާ ކައިވެނިވެސް ރޫޅިއްޖެއެވެ. ނަމަވެސް ޕަބްޖީން ދިމާވެގެން ކައިވެނިކޮށްގެން އުފަލުގައި އުޅޭ ދިވެހިންވެސް މަދެއް ނޫނެވެ.

މިއީ ވަރަށް ލޯބިން ކައިވެނި ކުރި ދެމަފިރިޔެކެެވެ. އެކުގައި ލޯބިން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ރާއްޖޭގެ މެދު ތެރޭގެ އަތޮޅަކަށް ނިސްބަތްވާ ދެމަފިރިންގެ ތެރެއިން، ފިރިހެން މީހާއަކީ ކަންނެލީގެ މަސްވެރިކަމުގައި އުޅެމުން އަންނަ މީހެކެވެ. ދެ މީހުން އުޅެމުން ދިޔައީ ފިރިހެން މީހާގެ ގޭގައެވެ.

މި ދެމަފިރިންނަކީވެސް ޕަބްޖީއަށް ފޯރި ހުންނަ ދެމަފިރިން ކަމުން، އެކަމަށް އަބަދުވެސް ވަގުތު ދެއެވެ. ނަމަވެސް މި އަންހެން މީހާއަކީ ޕަބްޖީގެ އަވާގައި ޖެހި ހައްދުން ނައްޓާ ވަރަށް އެ ގޭމް ކުޅެމުން އަންނަ މީހެކެވެ.

އޭނާ އެ ކުޅެން އުޅޭއިރު، ދިމާވާ ފިރިހެނުންނާއި ވަރަށް ގާތްކޮށް ވާހަކަދައްކާ ހަދައެވެ. އެކަމާއި އޭނާގެ ފިރިމީހާ ހިތްހަމަނުޖެހި ބައެއް މީހުން ބްލޮކް ކުރަންވެސް ބުނެއެވެ.

މިގޮތަށް ދުވަސްތައް ދަމުން ގޮސް، އަންހެން މީހާއާ ޕަބްޖީން ދިމާވި ފިރިހެނަކާ ވަރަށް ގާތްވެއްޖެއެވެ. ފިރިމީހާ ނުހުންނަ ގަޑިތަކުގައި ފޯނުން ވާހަކަދައްކާ ގުޅުން ބަދަހި ކުރަމުން ދިޔައެވެ.

އެކަން ކޮންމެވެސް ވަރަކަށް ފިރިމީހާ އެނގި، އެ ފިރިހެން މީހާ ބްލޮކް ކުރަންވެސް ފިރިމީހާ އެދުނެވެ. ނަމަވެސް އެކަންކޮށްފައެއް ނުވެއެވެ.

އަދި ފިރިހެން މީހާ މަސްވެރިކަމަށް ގޮސް އުޅުނު ދުވަހެއްގައި، އަންހެންމީިހާ ފިރިމީހާގެ އާއިލާ މީހުން ކައިރީ ބުނެފައި މާލެ ދިޔަ ގޮތަށް ހަބަރެއް ނުވިއެވެ.

އޭނާ އެ ދިޔަ ގޮތަށް މިހާރު އުޅެމުން ދަނީ ޕަބްޖީން ދިމާވި މީހާއާއެކުގައެވެ. އެހާ ލޯބިން އުޅުނު ދެމަފިރިން މިހާރު ތިބީ ވަރިވެފައެވެ.

އޭނާ މާލެ ބަދަލުވެ، އެ މީހާއާއެކު އުޅެމުންދިޔަ ނަމަވެސް، ކައިވެންޏެއްކޮށްފައެއް ނުވެއެވެ.

ރާއްޖޭގައިވެސް މިފަދަ ހާދިސާތައް މި ދަނީ ހިނގަމުންނެވެ. މީސް މީޑިއާއިން ދިމާވާ ގޮތްނޭނގޭ މީހުންގެ ބަހަށް ހެއްލި ތިމާއަށް ލިބިގެން ދާނީ ކިހާބޮޑު ގެއްލުމެއް ކަން ނޭނގިއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ސަޕްރައިޒާ

    ފަބުޖީ ނުކުޅޭމީހުންވެސް އިންދެވަރި ކުރޭ އަދި ކޯޓުން ބޭރުގަ ކުޑަކުދިންނާ އިންނަލެއްވެސް މަދެއްނޫން

    52
    126
  2. ކެލަމް

    ހުންނާނީ ރަގަޅަށް ވެސް ޕަބުޖީ ކުޅެވިފައި.

    111
    5
  3. އިސްސޭ

    ޜާއްޖޭގެ ދިވެހި އަންހެނުންނަކޒި ދުނިޔޭގަ ނެއްފަދަ ނުބައި ނުލަފާ ބައެއް ކޮންމެތާކައްދިޔަސް މަކުނުކުޅި ޖިމްއައް ދިއަސް ފަތަންދިއަސް އެތަނުންވެސް ކޮންމެވެސް މީހަކާ ހިތާވުން ކްލާހަކައްދިއަސް އަދި ޑްރައިވިން ކުލާހަކައް ދިއަސް އަދި ކޮބާތޯ ވެމްކޯ ކުނިކަހާ ގުރޫޕުގައިވެސް މިބަގައުޅޭ މީދެން ކާފަރުވިއަސް ބޮޑުވަރު..

    129
    33
    • ފާތުމަ

      ބައެއް އަންހެނުން..ނޮޓް އޯލް

      103
      7
    • Anonymous

      ތި ދިމާވި މީހާއަކީ މުޅި ރާއްޖެ ތަމްސީލު ކުރާ އަންހެނެއްދޯ. ކޮންމެ ތަނެއްގައިވެސް އުޅޭނެ ގޮތެއްނެތް ފިރިހެނުންނާއި އަންހެނުން. އަދި ރަގަޅު މީހުންވެސް އުޅޭނެ .. ކަމެއްވާއިރަށް ހުރިހާ އެންމެން ލޭބަލް ކުރާކަށް ނުޖެހޭނެ

      111
      5
  4. ސާބަސް

    މިހާރު އެކުޅެނީ ޕަބްޖީގެ އަމަލީ ބައޭ! މިއޮތް ހުރިހާދުވަހު ކުޅުނީ ޕުރެކްޓިސް މެޗްތައް ? ދިވެހި އަންހެން ކުދިން ނިކަން އަވަހަށް ހެއްލި މަގު އޮޅިގެންދާނެ ! އެހެންވީމާ އަހަރެމެން ތީ ނުކުޅެ ކޮންމެވެސް ދީނީ އެއްޗެއް އަޑު އަހަނީ !!

    119
    11
  5. ރެޑް ޒޯން...

    އެނެމީސް އެހެޑް ޖަހާ ދެން.......

    48
    7
  6. ވިންދު

    ދުނިޔޭގެ ކުރިއަރާފައިވާ ތަހްޒީބް ބައެއް ޤައުމްތަކުން މި ޕަބްޖީއަށް ނުވަދެވޭގޮތަށް ހަދައިފި.... އެޤައުމުތަކުގައި ޒުވާނުންނާއި، ވިސްނޭ އެޑިއުކޭޓެޑް މީހުން ނެތީބާ....... އެ މަނާކުރިއިރު

    60
    10
  7. އާދޭސް

    މިޤައުމުގެ ޒުވާން ޖީލް ހައްދުން ނެއްޓީ ހައްދުފަހަނައަޅާ ދިއުމުގެ ކުރިން މިޤައުމުން ޕަބްޖީއަށް ނުވަދެވޭގޮތަށް ހެދުމަށް ގޮވާލަން

    83
    11
  8. ޗިކަން ޑިނާ

    އެއޮތީ ޗިކަން ޑިނާ ކެވިފަ...

    64
    6
  9. ސަމީރު

    اَللّٰهُ ތިޔަބައި މީހުން އަށް ތެދުމަގައް މަގު ދައްކަވާ ފާނދޭވެ يارب العالمين آمين

    63
    6
  10. ޒަމީރު

    اَللّٰهُ ތިޔަބައި މީހުން އަށް ތެދުމަގައް މަގު ދައްކަވާ ފާނދޭވެ يارب العالمين آمين

    53
    6
  11. ކާފަރު

    މިޤައުމުގައި މަނާކުރާނީ ހަމައެކަނި ދީނަށް އުޅުން

    42
    5
  12. ހައްލު ކުރާ މީހާ

    ތީސީދާ ށ.ކޮމަންޑޫ މީހެއްގެ ވާހަކަ.!

    31
    3
  13. ހުސެން

    އަނެއްކާ މިލިޔުނު މީހާގެ އަންހެނުން ބާ؟

    21
    2
  14. ނޫރާ

    ޕަބްޖީއަކީ ހުރިހާ އިންސާނުންގެ ހަލާކު، މިޔާހެދި އިދެގެން އުޅޭމީހުން އެމީހުން އުޅެއްނީ އިދެގެންކަންވެސް ހަދާންނެތޭ، މައިންބަފައިން ދަރިންމަތިން ހަދާންނެތޭ، ދެންވެއްޖެއެއްނޫ މިނުކުޅެންދޯ.

    24
    4
  15. Anonymous

    އެހިސާބުން އަދިކިރިޔާ އެޕަބުޖީކުޅެވުނީދޯ! މިހާރު ހުންނާނީ ރާކަނިމަސް ރަނގަޅަށްކެވިފަ.

    19
    1
  16. ކުޅަނދުރު

    ދިވެހިންނަކީ ކޮންމެ ކަމެއްގަވެސް ހައްދުން ނައްޓާބައެއް އެހެންވެޔޭ މައުމޫނު 30 އަހަރު މެދުމިނޭކީ.

    21
    2
  17. ޕަބުޖީ

    ޕަބުޖީ ސަރުކާރު! ކޮންކަމެއްތަ ރަނގަޅަށް ކުރަނީ!

    11
    5
  18. ކަމާލު

    މީ އަސްލު ހަރުކަށި ކަމަކީ

    11
    1
  19. ޔޯމޭން

    އެހެން ނަމަ އިއްނާނީ ވެސް ޕަބުޖީ އިން

    8
    1
  20. ސުޕަރ މޭން

    އޯލް ލޭޑީސް ސޭމް ސޭމް

    3
    17
  21. ޒުހުދާ

    އަންހެނުންގެ ވަާހަކަ ދައްކާ އިރު ކޮބާޔޯ ތި ޕަބްޖީ ކުޅެގެން އަނބިންނާއި ދަރިންނާއި މަތިން ހަދާން ނައްތާލާފަވާ ފިރިހެނުންގެ ވާހަކަ! ރަނގަޅޭ ބުނާ އެއްވެސް ޖިންސެއް މިއަދު ނެތް. އަންހެނުންވިޔަސް ފިރިހެނުންވިޔަސް. ފިރިހެނުންވެސް ދާހާ ކޮންމެ ތަނެއްގަ ވަގު އަނބިން ގެންގުޅެމުން ދުވަނީ. އަންހެނުންވެސް ހަމަ އެހާލުގަ . ކީއްކުރާނީ މާމަމެން ބުނި ފަހުޒަމާން މިފެންނަނީ

  22. ކާރްލޯ އޭންޑީ

    ނޮޓް ބޭޑް! ވިނާ ވިނާ ޗިކަން ޑިނާ🤣✌️

  23. ބުލޫ

    ހަމަ އެކަނި އަންހެން ކުދިންނެއް ނޫން މިހެން އުޅެނީ އެންމެ މީހަކަށް ހުރި

  24. ބުލޫ

    ހަމަ އެކަނި އަންހެން ކުދިންނެއް ނޫން މިހެން އުޅެނީ އެންމެ މީހަކަށް ހުރިހާ އަންހެން ކުދިންން ނަން ނުކުރޭ

  25. ތުޑު ހަސަނު

    ކިހާ މޮޅު ޕަބުޒީ އެއްނު އެންމެ ފަހުން ގޯސް މިވީ

  26. އޖއ

    ތި ވާނީ ހަމަ ފައްކާ ބޮޓަކަށް