ފަސް އަހަރުގެ އަންހެން ކޮއްކޮ ރޭޕް ނުވުމުން އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑިޔާގެ ޖަމްޝިދްޕޫރުގައި ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ކުއްޖާގެ އުމުރުން 19 އަހަރުގެ ބޭބެ އެކެވެ.

އިންޑިޔާގެ ރިޕޯޓުތައް ބުނާގޮތުން މި ފިރިހެންމީހާ މީހުން ނޫޅޭ ބިލްޑިންގް އަކަށް އެ ކުއްޖާ ގެންދިޔުމަށްފަހު ވަނީ ރޭޕް ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަމަށް އެ އަންހެން ކުއްޖާ ދެކޮޅު ހެދުމުން އެ ފިރިހެންމީހާ އެކުއްޖާގެ ކަރަށް ވަޅި ހަރާ މަރާލީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަން ހިނގާފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހު ކަމަށްވާއިރު ވީނުވީއެއް ނޭނގި މި ކުއްޖާ ގެއްލުމާ ގުޅިގެން އާއިލާ އާއި އެކުވެރިކަން އަދި ފުލުހުން ވަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެ ކުއްޖާ ހޯދުމަށް ކުރި މަސައްކަތުގައި 19 އަހަރުގެ އެ ފިރިހެންމީހާ ވެސް ބައިވެރިވި ކަމަށްވެއެވެ.

އެ ކުއްޖާ ހޯދުމަށް ކުރި މަސައްކަތުން އެ ކުއްޖާގެ އަތުގައި ހުރި ބައެއް ގަހަނާތަކާއި ވަޅިއެއް އެ ބިލްޑިންގް އިން ފުލުހުންނަށް ވަނީ ފެނިފައެވެ. އަދި އެ ބިލްޑިންގް އިން އެ ފިރިހެންމީހާ ނިކުތްތަނުން މި ހާދިސާ ހިނގި ދުވަހު އެ ސަރަހައްދުގައި އުޅުނު މީހަކަށް ވެސް ވަނީ ފެނިފައެވެ.

އެއާއެކު އެ ފިރިހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފައެވެ.

އިންޑިއާގައި ކުޑަކުދިންނަށް މިފަދަ އަނިޔާތައް ދިނުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ. މި ކަންކަން ހުއްޓުވުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކަމާބެހޭ ފަރާތްތަކުން ނުކުރާތީ އެގައުމުގެ އާއްމުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރޭ

    އިންޑިޔާއަށް ޔޫއެންގެ ވަފުދެއް ފޮނުވަން ޖެހޭ. އިންސާނި ހައްގުތަށް ހައްލު ކުރުމަށް އެގައުމު ނުކުޅެ ދިފަ ވަކަން މިއަހަރު އެކަނިވެސް ފުދޭ.އިންސާނަކަށް ވުރެ
    މިގައުމަށް ފުއްލައެއް މާމުހިންމު ކަމަށް ފެނޭ.

    • ޙަލީފާ

      ރެޭޕްއިންޑިޔާ އަށް ދިވެހި ސިފައިން ފޮނުވަންޖެހޭ

      • ސިފައިން

        ޙަޅީފާ ދާންވީނު އިންޑިޔާ އަށް

  2. އަބަދު އެއްކަމެއް

    ރޭޕް އިންޑިޔާ
    ހުއްޓަންވެއްޖޭނުން ރޭޕް ކުރުން..... ނޫސް ބަލާލާފިއްޔާމުން އަބަދު ރޭޕް ރޭޕް....
    އަޅެ ކޮންކަމެއްތަ؟؟