ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިއާ މަރިޔަމް އުނޫޝާ (ކިޑީ) އަދި މިއުޒިކީ ދާއިރާގައި ވިދަމުން އަންނަ ފަންނާނު ބާޗީ އެކުގައި ތައްޔާރު ކުރި ފުރަތަމަ ކުޑަކުދިންގެ ލަވަ އަލްބަމް "އުދުހިލާގެ" މެއިން ސްޕޮންސަރަކަށް އެސްޓީއޯ ސޮއިކޮށްފިއެވެ.

އުނޫޝާ އެސްޓީއޯ އާއި އެކު ސޮއި ކޮށްފައި ވަނީ އެކަމަށްޓަކާ ހާއްސަކޮށް މިއަދު "ދަ ކިޗެން" ރެސްޓޯރެންޓުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

މި ހަފްލާގައި ވާހަކަދައްކަމުން އުނޫޝާ ބުނީ މި އަލްބަމުގެ ކޮންމެ ލަވައެއްގައިވެސް "ޕޮޒިޓިވް އަދި ހެޕީ" މެސެޖެއް ދޭނެ ކަމަށެވެ. އަދި ވަރަށް ގިނަ ދުވަހު ހޯދުންތަކެއް ހޯދައި މިކަމާއި ބެހޭގޮތުން ވާހަަކަ ދެއްކުމަށް ފަހު މީގެ ހުރިހާ ލަވައެއްވެސް ތައްޔާރުކޮށްފައި ވާނީ "ރިލެކްސް" ވާނެހެން ކަމަށް އޭނާ ބުންޏެވެ.

އުނޫޝާގެ "އުދުހިލާ" އާއި އެސްޓޯއޯ އާއި ދެމެދު ސޮއި ކުރުމުގެ ރަސްމިއްޔާތު . ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް
އުނޫޝާގެ "އުދުހިލާ" އާއި އެސްޓޯއޯ އާއި ދެމެދު ސޮއި ކުރުމުގެ ރަސްމިއްޔާތު . ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

"ބާޗީ އާއި ދެމީހުން މިހާތަނަށް އެއްވެސް އަލްބަމެއް މިހެން ނީންނާނެ ނެރެފައެއް. އެކަމަކު އަހަރުމެން ދެމީހުން ކުރާ ކޮންމެ މަސައްކަތެއްވެސް ވަރަށް ސަކްސެސްފުލް މިހާތަނަށް އިރާދަ ކުރެއްވިއްޔާ" އުނޫޝާ ބުންޏެވެ.

މި ރަސްމިއްޔާތުގައި ވަނީ އުދުހިލާގެ އެހެން ސްޕޮންސަރުންނާއި އެކުވެސް ސޮއިކޮށްފައެވެ.

އެގޮތުން އެސްޓީއޯ އާއި އެކު މެއިން ސްޕޮންސަރަކަށް ސޮއިކޮށްފައިވާއިރު އިތުރު ތިން ފަރާތަކާއި އެކު ވަނީ ކޯ ސްޕޮންސަރުންގެ ގޮތުގައި ސޮއިކޮށްފައެވެ.

މި އަލްބަމްގެ ކޯ ސްޕޮންސަރުންނަކީ ވަހީދީ ޓްރޭޑްސް، އެލް މޯބައިލް، އަދި ލައިފް ސަޕޯޓެވެ. މީގެ އިތުރުން މި އަލްބަމްގެ ޕްރިންޓިން ޕާޓަނަރ އެމް ސެވަން ޕްރިންޓްސް އާއި، ސައުންޑްސް އެންޑް ލައިޓް ޕާޓްނަރ އޮފިޝިއަލް އިވެންޓްސްގެ އިތުރުން ސަޕޯޓިން ޕާޓްނަރސް ދޯ.އެމްވީ އަދި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓާއި އެކު ވަނީ ސޮއި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސިސނ

    ސޮއިކުރިޔަސް އެއްމެ ކޮޕީ އެއްވިކޭނީ.
    ދެން މުޅިން ކޮޕީއިން ކޮޕީހަދައި ތިކަން ކުރި ބަޔަކަށް އެއްވެސް ފައިދާއެއްނުލިބޭނެ.

  2. ބިޑިބޯ

    އަޖައިބެއްނުވާނެތަ، ކޮން ބާޗީއެއް ކަރާޗީއެއްތަ ތިމީސްމީހުނަށް ކިޔާ އަސްލު ނަން ޖަހާބަލަ.

    15
  3. ޖދޔހހ

    އަންނިއަށް މިކަން ޓްވީޓްކޮށްލަބަލަ. މިއުޒިކް ކުރިއަރުވަން މިގައުމުގައި ހިނގާ މަސައްކަތް އޭނައަށް ނޭނގިގެން އުޅެނީ. ސަރުކާރުން އެކަންނުކުރިއަސް އެހެން އެތައް ބަޔަކު އެކަން ކުރާކަންވެސް ނޭނގެނީކަންނޭނގެ.

    1
    1