މަޝްހޫރު ލަވަކިއުންތެރިއާ އަދި މަގުބޫލް ފްރަންޝައިޒް ރިއަލިޓީ ޝޯވް "މޯލްޑިވިއަން އައިޑަލް" ގެ ފަނޑިޔާރު މަރިޔަމް އުނޫޝާގެ އަލަތު ދަރިފުޅު އުޒޯމާ އިބްރާހިމް ހަމީޝް ސަޕޯޓަރުންނަށް ދައްކާލައިފިއެވެ.
އުނޫޝާ އަދި ހަމީޝްގެ އުޒޯމާ ދައްކާލައިފައި ވަނީ މިއަދު ދަ ކިޗެންގައި ބޭއްވި ބާޗީ އަދި އުނޫޝާގެ ފުރަތަމަ ކުޑަކުދިންނަށް ހާއްސަ ލަވަ އަލްބަމް "އުދުހިލާ"ގެ ސްޕޮންސަރުން ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މިއީ އުޒޯމާގެ ނަން އާންމުކުރި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. އުނޫޝާ ބުނި ގޮތުގައި އުޒޯމާ އަކީ އޭނާއަށް ވަރަށް ރީތި ތަފާތު ނަމެކެވެ. އަދި އެނަމުގެ މާނަ ރީތި ކަން ފާހަގަކޮށް އެނަމުގެ މާނަ އުޒޯމާ އާއި ގުޅޭ ކަމަށް އުނޫޝާ ބުންޏެވެ.
މިއަދު އެ ރަސްމިއްޔާތުގެ ތެރެއިން އުނޫޝާ ވަނީ އުޒޯމާ އުރާލައިގެން ހުރެ މީޑިއާތަކަށް ފޮޓޯއެއް ނެގުމުގެ ފުރުސަތު ދީފައެވެ. މިއީ މިފަދަ ތަނެއްގައި އޭނާގެ ދަރިފުޅު ދައްކާލި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އުނޫޝާ ބުނި ގޮތުގައި އުޒޯމާގެ މާނަ އަކީ "ނިޔާމަ ދަތުރު" އެވެ.
އުޒޯމާ އަކީ އެފަދަ ނިޔާމަ ދަތުރެއް ކަމަށް ގަބޫލު ކުރާ ކަަމަށާއި، އެދެމަފިރިން އަބަދުވެސް ބޭނުން ވަނީ އުޒޯމާ ލޯބިން އުދުހިލާ މަންޒަރު ބަލަން ކަމަށް އޭނާ ބުންޏެވެ.
"މޭގަން މާކޭލް" ހެދިގެން.
މިދިވެހިންނަކާހެދީވެސް ލަދުން ބޯހަލާކު.
އުޒޯމޯ އޭ؟؟އެވެސްނަމެއް؟ ކިހިނެއް ތި ނަން ފާސްކުރީ؟ ލާރިކޮޅެއް ޖަހައިގެންދޯ؟؟ ނަސީބެއް ނު އެޕޯލޯލޭ ނޫނީ އަމޯ ލޮލޭ ނުކީކަން.. ދެން މާ ޔޫރަޕުވެފަ ..
އަންހެންކުއްޖެއްތަ
މިޒާތުގެ ހުރިހާ ކަމަކަށް ސުޕޮންސަރު ލިބޭ.
އަޒޯމާ ތަ ނޫނީ އުޒޯމާ ތަ؟،ފޮޓޯގެ ތިރީގަ އިންނަނީ އަޒޯމާ.
އަންހެން ކުއްޖެއްކަމެއް ފިރިހެން ކުއްޖެއްކަމެއް ނޭނގުނު.
ތިހީވީ ރަނގަޅަށް މިހާރު އުޅެއެއްނުން ބޯކޮށާލާފައި ޓައި ކޯޓް ފަޓްލޫންގައި ތިބޭ އަންހެނުންވެސް.
އަންހެން އަދި ފިރިހެން ނޫނަސް މެދުތެރޭގައި ހިމެނޭ ޖިންސްވެސް ހުންނަކަން ކަލެއްަށް ނޭގޭ ދޯ ؟
ސައުގެއްނެތް
ދިވެހިރާޖޭގަ އަލައް އަންހެނަކުވިހައިފި ދިވެހި އަންހެނުން ވަރައް ނުވިހާނެ މީވަރައް އާކަމެއް ތި ކުއްޖާ މާގިނައިން މީހުނައްނުދައްކާ
ޢަރަބި ނަމެއްތޯ ޢަރަބި ބަހުގައި އޯބޯފިލި އޮވޭތޯ
ބަލަ މުޙައްމަދަކީ މޯޑު އަޙްމަދަކީ އަންމަޑޭނު. ހާދަފަހަތުގައޭ ތިއުޅެނީ
ހާދަ ފަރުވާ ކުޑަގޮތަކައް ތިދައްކާލީ. އުސްއިމާރަތަކައް އަރާ ހުރެ ލައިވް ކޮއް ދައްކާލުމެއް ނެތްތަ؟
ކަރީނާކަޕޫރު ހެދިގެން ނޫޅެބަލަ، ގައުމެކޭ ކިއަސް މީ އެންމެ ދެތިން ގަބީލާ އުޅޭތަނެކޭ.
އުނޫޝަވެސް ދައިތަޔަކަށްވީ.
ދެން ސްޕޮންސަރުން ހޯދައިގެނ ތިޔަކުރާކަން ދެންއަންނަ ސަރުކާރަކުން ބަލައި މޑ އަށް ފިޔަވަޅު އަޅާނެ.
ކޮބާތަ ފޮޓޯ!!!!
ނޮޓް ސޯ ކޫލް ...
އެހެން މީހަކަށް ދަރިއަކު ނުލިބޭތަ؟
ވަރަށްދެރަ ބަނޑުބޮޑުވި ވާހަކަވެސް ނުބުނެ ތިވިހާ އަދި ދަރި ވިކިން ނޭގުނު. އިގުނުނަމަ ގައުމުގަ ބަންދު ދުވަހަކަށް ހަދާނަން. ރައީސްއަށް ދަންނަވައިގެން
ކާކު އުނޫޝާއަކީ؟ ދިވެއްސެއްތަ؟
ނުރައްކާތެރި ކާރިސާއަކުން ﷲ ސަލާމަތް ކޮށްދެއްވީމަވެސް އަނެއްކާ ހަށިފޮޅާލާ ނުކުމެ ލެއްވިހާ ނުބައި ކަމަކަށް ހިތްވަރުދީ އުޅުން ކުރިއަށް. ޙިތާމަހުރި
ވަރަށް ލޯބި...
ކޮންމެހެން އަރަބި ނަމެއް ކިއަން ނުޖެހޭ..މާނަ ރަނގަޅުވީމަ އޯކޭ ވާނެ
ޕާރޓް މިއީ މުސްލިމުން...
އަންހެން ކުއްޖެއްތޯ؟
ބޮއި ހަލާކު ކުރާނެ ކަ މެއް ނެތިއްޔާ، ދަރިޔަކު ލިބު މުން ﷲ އަށް ޓަކައި ސޮދަގާތެއް ކޮށްލަބަލަ!
ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަންތަކުން ނަމެއް ކީނަމަ
ދެން އެހެން ނޫނަސް ބަޔަކު އުޅޭބާ ތިޔަނުފެނިގެން ހެހެހެ ހިއެއް ނުވޭ
އުނޫޝާގެ ދަރިފުޅު ދައްކާލިއިރު އަދި އޭބީގެ ރަންގަނޑުވެސް ދައްކާނުލެވޭ
އިޓްސް "ފުރަންޗައިސް"
އަހަރެމެން މާނަ ރަގަޅު ނަންތައް ހިފައިގެން ގޮސް ފާސް ކުރަން އުޅެގެން ފާސްނުވޭ! ާއަރަބި ނަން ހިފައިގެން ދިޔަސް. އެކަމު ކޭޓާ ކައިޓާ މުޅޯއްޓާ ވެސް ފާސްވެފަ އެބަހުރި. އެ ކިހިނެތްވާ ކަމެއް؟
ކުޑަކުދިންނާ ހަސަދަ ނުވާތި މާޝާﷲ ކިޔާބަ
އެހެންތަ ހަމަ ދެއްކީތަ، ކިހެނެތް ތިކުއްޖާ ބަލަން ހަދަންޖެހެނީ މަވެސް ބޭނުން ބަލަން ދުނިޔެއަށް އަލަށް ކުއްޖަކު އުފެންވީކަހަލަ، ތިބުނާ އުނޫޝާ އާއި ހަމީޝް އަކީ ކޮންބައެއް
ކުޑަކުޑަ ދަރިންގެ ފޮޓޯ މިގޮތަށް ޢާންމުކުރުމަކީ އެކުދިން އެސްފީނާފަދަ ކަންކަމަށް ހުށަހެޅިގެންދާނެކަމެއް. ވިސްނަވާ! ﷲ ބަރަކާތްލައްވައި ހުރިހާ ބަލާ އަކާ އާފާތަކުން ތިކުއްޖާފުޅު ސަލާމަތްކުރައްވައި، ފައިދާކުރަނިވި ޢިލްމުގެ ނޫރުން އަލިކުރައްވާށި.
އުޒޯމާގެ މައިންބަފައިންނާއި އަހަރެމެންނަށް ހެޔޮމަގު ދައްކަވައި، އެ މަގުގައި ސާބިތުވުމުގެ ހެޔޮ ތައުފީގު ދެއްވާށި. އާމީން.