މިއި ތަފާތު ކުއްޖެކެވެ. މި ކުއްޖާ ތަފާތީ އެހެން މީހުންނަށް ނުލިބޭފަަދަ ބާރެއް މި ކުއްޖާއަށް ލިބިފައިވުމެވެ. އިންޑިއާގެ ކެރެލާ އަށް ނިސްބަތްވާ އަބޫ ތާހިރު ނަމަކަށް ކިޔާ މި ކުއްޖާއަކީ އޭނާގެ ހަށިގަނޑުގައި ބޮކި ޖެއްސުމުން އެއްވެސް ކަރަންޓެއް ނެތި ދިއްލުމުގެ ބާރު ލިބިފައިވާ ކުއްޖެކެެވެ.

ތާހިރަށް މީގެ ކުރިން އޭނާއަށް އެފަދަ ބާރެއް ލިބިފައިވާކަމެއް ނޭގެއެވެ. ނަމަވެސް އޭނާއަށް އެކަން އެނގިގެން ގޮސްފައި ވަނީ ބައްޕައާއެކު އެއް ދުވަހެއްގައި ރީޗާޖަބަލް ލެޑް ބޮތްކެއް ގަންނަން ގޮސް ހުއްޓައެވެ. ފިހާރައަށް ބައްޕައާއެކު ގޮސް ހުއްޓާ ތާހިރްގެ ބައްޕަ އޭނާ އަތައް ދިނީ އެ ބޮތްކެވެ.

އެ ބޮކި ތަހިރް އަތައް ދިނުމާއެކު ދިއްލެން ފެށިއެވެ. ތާހިރް ހީކުރީ އެއީ އެ މީހުން މަޖަލަށް ކުރާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން އޭނާއަށް އެނގުނުގޮތުގައި، އޭނާ އެ ބޮކިތަކުގައި ކަރަންޓާ ގުޅުވާ ބައި ހަށިގަނޑުގެ ކޮންމެ ތަނެއްގައި ޖެހުނަސް އެ ބޮކިތަކަށް ކަަރަންޓް އަންނަކަމެވެ.

މިކަމާއި ގުޅިގެން އޭނާގެ ބޮޑުދައިތައަށް ލިބުނު ހައިރާންކަމެއްގެ ސަބަބުން އޭނާގެ ވީޑިޔޯވެސް ނެގިއެވެ. އަދި މީސް މީޑިޔާގައި އެ ވީޑިޔޯ ހިއްސާކުރުމާއެކު އެ އާއިލާއަށް ވަރަށް ގިނަ ރިޕޯޓަރުން ގުޅައި އިންޓަވިއު ހޯދަން އެދިފައި ވެއެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނުއިރު، މިއީ ތާހިރްހެ ހަށިގަނޑުގައި ލޮނުގެ މިންވަރު ގިނަވުމުން ވެދާނެކަމެއް ކަމަށްވެސް އެކްސްޕާޓަކު ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ިިިިަަްަަަަަައިބު

    ތިސޮރެންނު ގެނަންވި ގޭގަ ބަހައްޓަން

  2. ކަރަންޓު

    ހުސް ބުހުތާން. ކަރަންޓު ބޮތްކެއް ދިއްލެން 2 ޕޯލް ބޭނުންވޭ. އެ 2 ޕޯލް އެއް ޕޯލް އަނެއް ޕޯލް އާ ގުޅެންޏާ ޝޯޓު ވާނީ. މި "ވަގުތު" ނޫހުން ކޮންމެފަދަ ވާހަކައެއްވެސް ލިޔެފާނެ.

  3. ބޮކިއަލީ

    ތިޒާތުގެ ބޮކި ހުންނާނެ ޗައިނާގަ މިހާރުވެސް. ކޮންމެ މީހަކު އަތްލިޔަސް އެ ދިއްލޭނެ. އާދައިގެ ބޮތްކެއްހެން އިންނާނީ. އެކަމު އެއީ ރިޗާޖަބަލް ބެޓެރީއެއް އިންނަ އިމަރޖެންސީ ލައިޓެއް ގޮތައް ބޭނުންކުރެވޭ ބޮތްކެއް. އިންޑިއާ ވާނުވާ ބަޔަކަށް ވުން އެކަށީގެންވޭ. ކަރަންޓު އަންނަ ނަމަ ހަމައެކަނި ބޮތްކެއް ނޫން ދިއްލޭނީ. ފަންކާ މިކްސަރު ވެސް އެންބުރެންވާނެ ދޯ.