އަހަރުމެން އިންސާނުން ފަދައިން ޖަނަވަާރުތަކާއި ދޫނި ސޫފާ ސޫފިތައްވެސް އެތަކެތީގެ ދަރިންނަށް ހިމާޔަތްކަން ކޮންމެ ފަދަ ހާލަތެއްގައި ވެސް ކުރެއެވެ. މިހާރު މީސްމީޑިއާގައި އާއްމުވެފައިވާ، ދޫންޏެއް އޭގެ ދަރިން ހިމާޔަތް ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި ދޫންޏެއް، އަޅާފައިވާ ބިހުގެ މަތިން އުޅަދެއް ދުއްވާ މަންޒަރު ފެނިގެން ދެއެވެ. އަދި އެ އުޅަންދު ވަކި ހިސާބަކަށް ކައިރި ވުމާއެކީ ފިޔަ ހުޅުވައިގެން އޭގެ ބިސް ހިމާޔަތް ކުރާ މަންޒަރުވެސް ފެނިގެން ދެއެވެ. އަދި އެ އުޅަނދު ކައިރިވުމުން އެއްވެސް ވަރަކަށް އެ ދޫނި ދުރަކަށް ގޮސްފައެއް ނުވެއެވެ.

އެ ދޫނި ބިސް އަޅާފައިވަނީ ވީޑިއޯ އިން ފެންނަ ގޮތުގައި ދަނޑެއްގެ ތެރެއަށެވެ. އަދި އެވަގުތު ދުއްވާފައިދިޔައީ ދަނޑުވެރިކަން ކުރާ މީހެއްގެ އުޅަނދެކެވެ.

މި ވީޑީއޯ މީސްމީޑިއާގައި ދައުރުވުމުން އެތަކެއް ސަތޭކަ ބަޔަކު ވަނީ އެ ވީޑިއޯ ބަލައި ޝެއާ ކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެމީހުން ހީކުރި ގޮތަކަށް ނޫން ކަމަށް އެ ވީޑިއޯ އިން ފެނިގެން ދިޔައީ، އެއީ އެފަރާތްތަކުން ހީކޮށްގެން ތިބީ އެ ދޫނީގެ ސަލާމަތްކަން ހޯދަން ދުރަށް ޖެހިލާނެ ކަމަށެވެ.

"އެއްވެސް ވަރަކަށް ދުރަށް ޖެހިނުލައި، ދަރިން ސަލާމަތް ކުރަން ފިޔަ ހުޅުވާލައިގެން ހުރީ" އެ ވީޑިއޯ އަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަމީދް

    މީ ފިރިހެން ދޫނި .އަންހެން ދޫނިކާން ދިއުމުން ބިސްތަކަށް ބަލަން އޭނީ..އަންހެން ދޫނި ނަމަ ނައްޓާލާނެ ..ފިރިހެން ދޫނި ނައްޓަލައިގެން ބިސްތަައް ހަލާކުވި ނަމަ އަންހެން ދޫނި އައިސް ބަވާނެ ވަރު ހިތައް އަރާފަ އެއިނީ ކޮންމެގޮތެއް ހެޔޮކަމަށް.

    21
    9
    • އައި

      ތީ ހަމަ އަސްލު ކަން ހިނގާގޮތްތަ؟ނޫނީ ހަދަހަދައިގެން ބުނެލި އެއްޗެއް ދޯ؟؟އެދޫނީގެ ބޯމަތިން އެދިޔަ ބޮޑު މެޝިންގަނޑު ފެނުނީމަ މަ ބިރުން މޭގަނޑު އަތަށް ނައީ ކިރިޔާ..ހީވީ ދެންމެ ދެންމެ ދޫނީގެގައި މައްޗަށް އަރައި ހިމުންކޮށްލަނީ ހެން..

      11