ބޮލީވުޑްގެ ފިލްމްތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި އަކްޝޭ ކުމާރް އޭނާގެ އަނބިމީހާއަށް ދިން ފިޔަަލަކާ ވައްތަރުގެ ކަންފަތު ލާ މުދީގެ ވާހަކަ އިންޑިއާގެ މިޑިއާތަކުން ދެއްކިއެވެ.

އިންޑިއާގައި ފިޔާ އަގުބޮޑުވެ އެ ވާހަކަ މީޑިއާތަކުން ދައްކަމުން އަންނަ ދުވަސްކޮޅެއްގައި އަކްޝޭ އޭނާގެ އަނބިމީހާ ޓްވިންކަލްއަށް ދިން އެ ފިޔަަލަކާ ވައްތަރުގެ ކަންފަތު ލާ އެ އެއްޗަކީ، ވަރަށް ހާއްސަ ހަދިޔާއެއްގެ ގޮތުގައި ޓްވިންކަލް ގަބޫލުކުރެެއެވެ.

އަދި އޭނާ ވަނީ އެ މުދި ކަންފަތުގައި ލުމަށްފަހު، މީށް މީޑިއާށް ފޮޓޯވެސް ލާފައެވެ. އިންސްޓަގްރާމްއަށް އޭނާގެ ސެލްފީއެއް ލުމަށްފަހު، އެ ސެލްފީން ރީތިކޮށް، އޭނާގެ ކަންފަތުގައި ލާފައި އޮތް އަކްޝޭ ދިން ފިޔަަލަކާ ވައްތަރުގެ ކަންފަތު ލާ މުދި ފެނެއެވެ.

ޓްވިންކަލް މީސް މީޑިއާގައި ބުނީ، އޭނާއަށް އަކްޝޭ ގެނެސްދިން އަގުހުރި އެ ހަދިޔާ ބޭނުން ކުރުމުގެ ފުރުސަތު ލިބުނީތީ އުފާ ކުރާ ކަމަށެވެ.

އޭނާ ވަނީ ހޭޝްޓެގް ޖެހުމަށްފަހު، ފިޔާއަކީ އަންހެނުންގެ ބެސްޓް ފްރެންޑްކަމަށްވެސް ލިޔެފައެވެ.

އެ ކަންފަތު ލާ މުންޖަކީ ކަޕިލް ޝަރްމާ ޝޯވއަށް، އަކްޝޭ އެންމެ ފަހުގެ ފިލްމް ގުޑް ނިއުޒް ޕްރޮމޯޓް ކުރަން ދިޔަ ފަހަރު ގެންދިޔަ ފިޔަލަކާ ވައްތަރު މުންޙެކެވެ. ޓްވިންކަލް ބުނީ އެ ކަންފަތު ލާ މުދި އެ ޝޯވއަށް ގެންދިޔަ ނަމަވެސް، އަކްޝޭ އާއެކު އެ ފިލްމުން ފެނިގެންދާ ކަރީނާ ކަޕޫރަށް އެ މުދި ކަމުނުދިޔަ ކަމަށެވެ.

އެހެންވެ އެ ފިޔަލާ ވައްތަރު ކަންފަތުލާ މުދި އަކްޝޭ ގެއަށް ގެނައީ ކަމަށް އޭނާ ބުންޏެެވެ.

ޓްވިންކަލް ހުރީ އެ ހަދިޔާއާ މެދު ވަރަށް ހިތްހަމަ ޖެހިފައެވެ. އަކްޝޭ އާއި ޓްވިންކަލް ކައިވެނިކޮށްފައި ވަނީ 2001 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މި ސޮރަށް އަދި ކިރިޔާ މި އެނގުނީ ލޯބިން ދެ ފިޔާ ދޭން! މަ ޢަންމުކޮށް އަނބިގޮއްޔެއަށް ލޯބިން ދެ ފިޔާ ދެން! މިއަދުވެސް ދިން ދެ ފިޔާގައި ފިހުނީ މަސްރޮށި!

    3
    3
  2. ވގތ ފނ

    ކަރީނާ އަށް ގަނެދިން މުންޖެއް ކަރީނާއަށް ކަމުނުދިޔައީމަ ދެން ހަމަ އެ ގެންގޮސް އަންހެނުންނަށް ދިނީމަ ތީގެ ހާއްސަކަމެއް ނުފެނުން. ބޭކާރުވާ އެތިކޮޅު ތަ އަނބިގޮއްޔަށް؟