ނިދާފައި އޮންނަ މީހަކަށް އުނދަގޫ ކޮށްލުމަކީ ވަރަށް ގިނައިން ކުރެވޭ ކަމެކެވެ. މަޖަލަކަށް ހަދާފައި މިކަންކޮށްލިޔަސް މިއީ އެކަމުގެ ސަބަބުން ގިނަގުނަ ގެއްލުންތަކެއް ލިބޭނެކަމެކެވެ. މިކަމުގެ ތެރޭގައި މީހާގެ ހަށިގަނޑަށް ހަމަނިދި ނުލިބުން ހިމެނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މީހާގެ ހަށިގަނޑު އިރުކޮޅަކު ނިދާލާއިރަށް ވަރުބަލިވަނީ އެއީ މީގެ ކުރިން އެމީހާގެ ހަށިގަނޑަށް ހަމަ ނިދި ނުލިބޭތީއެވެ. ދިރާސާތަކުން ދައްކާގޮތުގައި އިންސޯމްނިޔާ ބަލި ޖެހުމުގެ ފުރުސަތު ހަމަނިދި ނުލިބޭ މީހުނަށް 90 އިންސައްތަ މައްޗެވެ.

ހަމައަށް ނިދިނުލިބުމަކީ ތިމާގެ ހަށިގަނޑު އުމުރަށްވުރެ އަވަހަށް މުސްކުޅިވާކަމެވެ. ހަމަ ނިދި ނުލިބެއްޖެނަމަ ހަންގަނޑުގައި ރޫޖެހި ލޯ ކައިރި ކަޅުވާގޮތް ދިމާވެއެވެ. ނިދި ހަމަނުވާނަމަ ކޯޓިސޮލް ކިޔާ ސުޓްރެސް ހޯމޯންއެއް ހަށިގަނޑުގެ އެތެރެއަށް ދޫކޮށްލައެވެ. އަދި މިކަމުގެ ސަބަބުން ހަންގަނޑުގައި ހުންނަ ކޮލާޖެން ކުދިކޮށްލާ ހަންގަނޑު އަނަރޫފަކޮށްލައެވެ.

މީގެ އިތުރުން ހަމައަށް ނިދި ނުލިބުމުގެ ސަބަބުން ކަންތައްތައް ހަދާނުގައި ބެހެއްޓުމަށް ހުރަސް އެޅޭކަމަށްވެސް ދިރާސާތަކުން ބުނެއެވެ،

ހަމަ ނިދި ނުލިބުމަކީ މިހާ ނުރައްކާތެރި ކަމަކަށްވާއިރު، ނިދާފައިއޮތް މީހަކަށް އުނދަގޫ ކުރުމަކީ ހެޔޮވާވަރުގެ ކަމެއް ނޫނެވެ.