ފެނަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މިގޮތުން ފެނުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ މަސައްކަތް އެއްމެ ފުރިހަމަ ގޮތުގައި ކުރުމަށް ބާރު އަޅައެވެ.
ދުވާލަކު މަދުވެގެން 8 ފެންތަށި ބޯންޖެހޭކަން އެންމެނަށްވެސް އެނގެއެވެ. އެހެންނަމަވެސް ފެންބުއިން އެންމެ ރަނގަޅީ ހުސްބަނޑާކަން އިގޭ ހެއްޔެވެ؟
ހުސްބަނޑާ ހުރެ ފެންބުއިމަކީ ސިއްޙީ ގޮތުން އެތައް ފައިދާއެއް ލިބޭކަމެކެވެ. ހުސްބަނޑާ ހުރެ ފެން ބުއިމަށް އެންމެ ފަސޭހަ ގޮތަކީ ހޭލާގޮތަށް ފެން ބުއިމެވެ. ތިރީގައި މިވަނީ ހުސްބަނޑާހުރެ ފެން ބުއިމުން ހަށިގަނޑަށް ލިބޭ ފައިދާތަކެވެ.
ހަށިގަނޑުގެ ތެރޭގައި އުފެދޭ ވިހަ ސާފުކޮށްދޭ
ހުސްބަނޑާހުރެ ފެން ބުއިމަކީ ހަށިގަނޑުގައި އުފެދޭ ވިހަތަށް ބޭރުކޮށްދޭ ކަމެކެވެ. ކުޑަ ކަމުފާ ވަގުތު މި ވިހަތަށް ބޭރުވެއެވެ.
ކިޑްނީގައި ހިލަ ހެދުމާއި ބްލެޑާ އިންފެކްޝަން ވުމުން ދުރުކޮށްދޭ
ހެނދުނު ތެދުވެ ބޯލާ ފެންތަށިން ކިޑްނީގައި ހިލަ ހެދުމާއި ބްލެޑާ އިންފެކްޝަނާ ދުރުކޮށްދެ އެވެ. އެގޮތުން ބްލެޑާގެ ތެރޭ އުފެދޭ ވިހަ މާއްދާތައް ބޭރުކޮށްދެ އެވެ.
ކެޔުމަށް އުދަގޫ މީހުނަށް އެހީއަކަށްވޭ
ހުސްބަނޑާހުރެ ފެންބުއިމުގެ ސަބަބުން ބަނޑުގެ ޖާގަ ފުޅާވެ، ކެޔުމަށް އުދަގޫ ވާމީހުނަށް އެހީއަކަށް ވެގެންދެއެވެ.
جزاك اللهُ خيرًا
ހުސްބަނޑާ ހުރެ ފެންބުއީމަ ހޮޑުލަވާފަ ހުންނަނީ މުޅި ދުވަހު.. ދެން ކިހިނެއް
މުޅިން ރޯބުހުތާން ދޮގު.