ދިވެހި ފިލްމު އިނދަސްޓްރީގައި އަދިވެސް ފަޑުވުމެއް ނައިސް ވިދަމުންދާ އަލިގަދަ ތަރި ސުނީތާ އަލީ (ސުނީ) އަކީ އޭނާގެ ތަފާތު މޮޅެތި ކަންކަމުން ސަޕޯޓަރުން އުފާކޮށްދެމުން އަންނަ ތަރިއެކެވެ. އެންމެންގެ ތެރޭގައިވެސް ސުނީއޭ ބުނެފި ނަމަ ފުރަތަމަ ހިތަށް އަންނަނީ ނެށުމެވެ. އެހެން ނަމަވެސް ސުނީ މިފަހަރު ކޮށްފައި މިވަނީވެސް ތަފާތު ކަމެކެވެ.

ސުނީ މިފަހަރު ކިޔާފައި މި ވަނީ ލަންކާގެ ލަވައެކެވެ. ހިންދީ، އަދި އިނގިރޭސި އަކީ ރާއްޖޭ ގިނަ ބަޔަކު ދަންނަ ބަހެއް ނަމަވެސް ލަންކާ މީހުން ވާހަކަަ ދައްކަމުން އަންނަ ސިންހަޅަ ބަހަކީ ދިވެހިންނަށް ފަރިތަ ބަހެއް ނޫނެވެ. އެހެން ނަމަވެސް އެބަސް އެނގޭ މަދު ބަޔަކު ދިވެހިންގެ ތެރޭގައިވެސް އެބަތިއްބެވެ.

ސުނީ "ވަގުތު" އަށް ހިއްސާކުރި ގޮތުގައި އޭނާ އަކަށް ސިންހަޅަ ބަހެއް ނޭނގެއެވެ. އެހެން ނަމަވެސް ސުނީ ފޭނުންނަށް މިފަހަރު ދޫކޮށްލި ލަވަ އަޑު އަހާފައި އޭނާ އަށް ލަންކާ މީހުން ވާހަކަދައްކާ ސިންހަޅަ ބަސް ނޭނގެއެކޭ ނުބުނެވޭނެއެވެ. އެލަވައިގެ ބަސްތައް ތަރުތީބުކުރަމުން ދިޔައިރު އެހާމެވެސް ފުރިހަމައެވެ.

ސުނީ ލަންކާ ބަހުން ކިޔާފައި ވަނީ "އުޕަން ޑިންނަޔާ އަޑާ އޮބަގެ" ނަމަކަށް ކިޔާ ސިންހަޅަ ލަވައެކެވެ. އެލަވަ އަކީ އުފަންދުވަހުގެ ތަހުނިޔާ ފޮނުވާ ލަވައެކެވެ.

"އަސްލު އެލަވަ ކިޔާލީ ހަަމަ ހިތާނީ ޝޯވް އެއްގެ ތެރެއިން ތަފާތުކަމެއް ކޮށްލާނަމޭ ހިތާ. މީގެ ކުރިންވެސް ދިވެހި، އިނގިރޭސި އަދި ހިންދީ ލަވަވެސް ކިޔާފައި ވާނީ" ސުނީ ބުންޏެވެ..

އެހެން ނަމަވެސް ސުނީ މި ލަވަ ހިއްސާކުރާ ފަރާތެއްގެ ނަމެއް ހާމައެއް ނުކުރިއެވެ. އޭނާ ބުނީ ލަވަ ހިއްސާ ކުރާ ފަރާތަކީ "ސިއްރެއް" ކަމަށެވެ.

ސުނީއަކީ ހިތާނީ ސީޒަން އާއި އީދުގައި އެންމެ ބިޒީ އެކަކެވެ. އޭނާއާ ނުލާ އިދާއި ހިތާނީ ސީޒަން ފުރިހަމައެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލާލާ

    ވެރީ ފަނީީ

    16
    4
  2. ނިިއުުމާާ

    ސުުނީީ ގަދދަ ތީީހަމަަ އެއްްވަނަަ

    19
    8
  3. ކިޔުންތެރިޔާ

    ލަންކާގެ ލަވަކިޔުންތެރިން މިޙާރު އެބަތިބި އެކޮޅުކޮޅުން އެލިގަނެގެން އެކި ތަންތަނުގަ ކުއްލިއަކަށް މި އިވުނު އަޑެއްގެ ސަބަބުން. ލަންކާގެ ފުލުހުން މިހާރު މި އަޑަކީ ކޮންތަނަކުން އައި ކޮންކަހަލަ ބާވަތެއްގެ ދިރުމެއް ލެއްވި އަޑެއްތޯ ތަހުގީގު ފަށައިގަނެގެން އެބައުޅޭ!

    21
    13
  4. އަސްލުވެސް...

    ސުނީތާ އަކީ ކުރިންވެސް އަދި މިހާރުވެސް ތިދާއިރާގް ހުރި ނިއުނާ ނޫން ދެން އަހަރެން އެންމެ ފޫހިވާ މީހާ...މިފަހަރު ތި ހޭވި ހަޑިއަކުން ނިއުމާދެކެ ވާ ފޫއްސައްވުރެން ބޮޑަށް ސުނީތާދެކެ ފޫހިވާން ފަށައިފި... ޙަދިޔޭ ވާ ހާދަހާ ހަޑިޔޭ...

    13
    17
  5. ނަޖީބު އައްބާސް

    ސުނިހަތީ ތިދާއިރާގެ ރާއްޖޭގެ އެއްވަނަ މަވެސް މުހަންމާކަލޯމެއް ފިލުމު ނުކުޅޭއިރު ދިވެހި ފަންނުންގެ ލަވަތައް ބަލާހެދިން އެކަމަކު މުހަންކަލޯމެން އަރާ ހަޑިހާވައް ފެށިފަހުން ދިވެހި ފިލު ލަވަ އެއްޗެތި ނުބަލަން

    13
    2
  6. ބޯންބެ

    މުސްކުޅިވެ ސިފަގެއްލުނީމަވެސް ތިކަން ހުއްޓާކަށް ނޫޅޭދޯ ، މީނަ ހައްޔަރުކުރަންވީ ، އެހެންނާ މާތިރިއެއް ނުވާނެ ދޯ ! ތީ ހަރުކަށި ސެލެބަރިޓީއެއް .

    11
    6