ރައިހާން އާދަމް މޯލްޑިވިިއަން އައިޑޮލް ސީޒަން ތިނެއްގެ ދަތުރު ނިންމާލަން ޖެހިއްޖެއެވެ.

ރައިހާންގެ ރޭގެ ހުށަހެޅުމަށް ބަަލައި ޖަޖުންގެ މާކްސް އާއި ބެލުންތެރިންގެ 50 އިންސައްތައާއެކު އައިޑޮލްގެ ދަތުރު އޭނާ ނިންމާލީ އެތައް ބަޔަކު ހައިރާންކޮށްލާފައެވެ. އައިޑޮލްގައި ރީތި ލަވަތަކެއް ގެނެސްދިން ފަންނާނެކެވެ.

ރޭގެ ލަވަތަށް ހުށަހަޅައިދީފައި ވަނީ "ރެގޭ" ސްޓައިލަށެވެ.

މިހާހަމައަށް އައިރު، އަބަދުވެސް ޖަޖުން ކިޔާދެމުން އައި ކަންތައް ރޭވެސް ވަނީ ކިޔާދީފައެވެ. އަދި އިތުރަށް ރަނގަޅު ކުރަންވީ ކަންތައްވެސް ބައިވެރިންނަށް ކިޔާދިންއިރު، ބައިވެރިން މިހާތަނަށް އައިރު ރަނގަޅުކޮށްފައި ހުންނަ ކަންތައްތައްވެސް ވަނީ ކިޔާދީފައެވެ.

ރޭގެ ލަވަތަކަށް ބަލާއިރު، ހުރިހާ ބައިވެރިންގެ ފަރާތުންވެސް ތަފާތު ހުށަހެޅުމެއް ފެނިގެން ދިޔައެވެ. ކޮންމެ ބައިވެރިއަކުވެސް އެ ބައިވެރިއެއްގެ އެންމެ ފުލް ޕޮޓެންޝިއަލް އެ ބައިވެރިއެއްގެ ލަވައަށް ދިންކަން ފާހަގަކޮށްލަން ޖެހެއެވެ.

މިރޭވެސް ބައިވެރިންގެ ފަރާތުން ރީތި ލަވަތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

މޯލްޑިވިއަން އައިޑޮލްގެ ގަދަ ހައެއް ޔަގީންވި ބައިވެރިންނަކީ

ހަސަން ޝަހުދާން

އައިމިނަތު ސައިނާ މުހައްމަދު ރަޝީދު

ތަސްލީމް ޢަބްދުލްކަރީމް

ނައުޝާދު ޢަބްދުލްލަތީފް

މަރިޔަމް މައީޝާ

އައިޝަތު އަޒަލް އަލީ ޒާޙިރު

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ޒިޔާނާ

  މާ ކުރިންވެސް ކަޓަން ވެފަ ހުރި މީހެއް ތީ. .

 2. ފިލްވ

  އެންމެ ރީތި ކޮށް ލަވަކިޔާ ކުއްޖާ އެ ކެޓީ.

  • ތޮތޭެ

   ތެދު ދެންބަލަަަނެކަމެެ ނެތާަ ތިޔަހެންވަަަނެެ
   ކަން

 3. ާަެރައު

  ޥަރަސަލި ރައިހަަނ

 4. ޢިސާ

  ކަލޯ އެއްނުންތަ ކަޓަން ވީ...

 5. ރާއްޖެތެރެ މީހާ

  އަސްލު ކަޓަން ޖެހޭނީ ސައިނާ!

  • މަރިޔަމް

   އަސްލު ކަޓަން ޖެހޭ މީހާ ކެޓީ

 6. ބަންގްލަޑޭސް އައިޑަލް

  އަސްލު ކަޓަން ޖެހޭނީ ސައިނާ!

 7. ހާމިދު ދާއީ

  އަސްލު ޝައިނާ ކަންޓަންވާނީ. ކޮންމެ ރެއަކުން އަޑުގެ މައްސަލައެއް ހުރީއޭ ކިޔައިގެން އޮޅުވާލައިގެން އުޅެނީ. އަދި ރެގޭ ނައިޓްގައިވެސް އޭނާ ނެގީ ހިންދީ ރާގަކަށް ހަދާފައި އޮތް ބާ ލަވައެއް. ދެން ކިޑީ ދައްތަ ވެސް ފެވަރ ކުރާކަން ވަރަށް ބޮޑަށް ސެޓް ތެރެއިންވެސް ފާޅުވޭ. އެހެނީ، މާކުރިން އޭނާގެ އަޑު ސަކަރާތްކަން ކިޑީ ދައްތައައް އޮންނަނީ އިނގިފައި. ހަގީގަތުގައި، ރޭ އެލިމިނޭޓް ވާން ޖެހޭ ފަރާތަކީ ޝައިނާ.

 8. ޤާދިރު

  މި އަހަރު އައިޑަލް ފެށީ ޓައިޓަލް ސައިނާއަށް ދީގެން. ދެން އިތުރު ގޮތެއް ނޯންނާނެއެއްނުން.

 9. ޙުސެން

  ރޭގަ އަސްލު ކަޓަން ޖެހޭނީ ސައިނާ. ރެގޭ ނައިޓްގަ ރެގޭ ލަވައެއް ނޫން ކީ ވެސް. ސްކޫލް ލަވަ މުބާރާތަކުގައި ކިތަންމެ ވަނަތަކެއް ލިބިފައި ހުއްޓަކަސް އައިޑޮލްގަ އެކަމަށް ބަލައިގެން ނުވާނެ. އެރެއެއްގަ ދައްކާ ޕާފޯމަންސް އަކަށް މާކްސް ދޭންވާނީ. މިފަހަރު އައިޑޮލްގަ ޖަޖުން ތިބެނީ މާ ބޮޑަށް ސައިނާ ވެފަ.

 10. ނޫން

  ކަޓަންވީ މައިޝާ ވަރަށް ހަޑި ލަވަކިޔާލޭ

 11. މަންޖެ

  ސައިނާ ކަޓަންވީ އަސްލު ފުރަތަމަ ކިޑީ ކަޓުވާލަން ވީ އޭރުން ސައިނާ ކަޓާނީ ތި ސައިނާ ޔަކު އައިޑޮލް ފެށުނީއް ސުރެން ރޯގާ ރަންގަޅުވާ ކަމަކައް ނުހަދައެއްނު

 12. ގޮމަ

  ތި ސައިނާ ކަޓުވާލަންވީ!!!!!!!!!!!!!ހޫން!!!ވަރަށް ފޫހިވޭ!!!!

 13. މައިސާން

  ޒިޔާނާ ތަކައް ނޭން ގޭނެ . ރައިހާން ކެޓީ ރާޖޭ ތެރޭ މީހަކައް ވާތީ . ގަސް ތުގައި ކަތުވާލީ

 14. ގުންޑާ

  މިސަރުކާރަކުން ޑިސްކޯ ކުރުމަކަށް ޖާގައެއްނެތް މިވީ ކިހިނެއް

 15. މަރިޔަމް

  ސައިނާ އަށް ކޯޗް ދޭ ލަވަޔެއްތާ ކިޔޭނީ' ސައިނާ އާ އެއްފެންވަރަކަށް ލަވަ ކިޔޭ ކުއްޖެއް ތިތާކު ނެތް .....ހެސްކިޔާފަ ހަޅޭއްލެވިޔަކަސް އެއީ ކީ ލަވަ ކިޔުމެއް ނޫން ...ކިޑީ ފޭވަރ ކުރެ އޭ ބުނާ އިރު ކިޑީ އަށް ލަވަޔަކީ ކޯޗެއްކަން އިގެނީ ....

 16. މަރިޔަމް

  މަގޭ ހިތަށް އަރާ މި ކޮމެންޓް ކުރާ މީހުންނަށް ކޯޗެއްބާ އިނގެނީ ......ލަވަޔާ ބެހޭގޮތުން.