މިއަދުން ފަށައިގެން މި މަހުގެ 29 އާއި ހަމައަށް ކޮންމެ ދުވަހަކު އެޕަލް ސްޓޯރުން، އެޕަލްގެ އާލާތްތައް ބޭނުންކުރާ ފަރާތްތަކަށް "ސަޕްރައިޒެއް" ދިނުމަށް ނިންމައިފިއެވެ.

މި ދުވަސްވަރާއި ދިމާކޮށް އެޕަލް އިން ފެށި މި ޚާއްސަ ކެމްޕޭނުގެ ދަށުން، ފައިސާ ދައްކައިގެން ގަންނަން ލިބޭ ބައެއް އެޕްލިކޭޝަންތަކާއި ގޭމްތައް ހިލޭ ޑައުންލޯޑް ކުރުމުގެ ފުރުސަތު، ޔޫޒަރުންނަށް ލިބޭނެ ކަމަށް އެޕަލް އިން ބުނެފައި ވެއެވެ.

މި ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން މިހާރު އެޕަލް ސްޓޯރަށް، "ޓުޑޭސް އެޕް"ގެ ނަމުގައި ޚާއްސަ ޓެބެއް އިތުރުކޮށްފައިވާއިރު، މި އަޕްޑޭޓް މިހާރު އޮސްޓްރޭލިއާ އާއި އޭޝިއާގެ ބައެއް ޤައުމުތަކުން އެޕަލްގެ އާލާތްތައް ބޭނުންކުރާ ފަރާތްތަކަށް ވަނީ ލިބިފައެވެ. ނަމަވެސް ދުނިޔޭގެ ހުރިހައި ހިސާބަކަށް އަދި މި އަޕްޑޭޓް ލިބިފައެއް ނުވެއެވެ.

އެޕަލް އިން ވަނީ 2014 ވަނަ އަހަރުވެސް މިފަދަ ކެމްޕޭނެއް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން 12 ދުވަސް ވަންދެން، ގަންނަން ލިބޭ މަޤުބޫލު ބައެއް އެޕްލިކޭޝަންތަކާއި ލަވަތައް އަދި ފޮތްތައް ހިލޭ ޑައުންލޯޑް ކުރުމުގެ ފުރުސަތު ޔޫޒަރުންނަށް ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހިން

    މިއީ ވަ ރައްގިނައިއް އެޕްސުޓޯއިން ދޭފު ރުސަތެއް. އަހަ ރެން އަތުގަ މިހާ ތިވެސް ވަ ތައް އަގުބޮޑު އެޕްތައް އެބަހު ރި ފު ރީކޮއް ލިބިފަ