މިއުޒީޝަނުންނާއި ލަވަ ކިޔުންތެރިންނަކީ އެހެން މީހުންގެ ހިތްތައް ވަރަށް ފަސޭހައިން ދަމައިގަންނަ ބައެކެވެ. އެބަޔަކަށް ލިބިފައިވާ ހުނަރުވެރިކަމަކީ އެހެން މީހުންގެ މެދުގައި އެމީހުންގެ މަގުބޫލުކަން އެތައް ގުނަޔަކަށް އިތުރުކޮށްދިނުމުގެ އިތުރުން އެބަޔަކާއި ދޭތެރޭ އެހެން މީހުން ގަޔާވާކަހަލަ ސިފަތަކެއް ލިބިފައިވާ ބައެކެވެ.

އެހެންނަމަވެސް އެފަދަ މީހުންނަކީ ލޯބީގެ ގޮތުން ގުޅެން ހެޔޮވާވަރުގެ ބައެއް ނޫނެވެ. މިއުޒީޝަނަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މައިންބަފައިންނަށް އެނގިއްޖެނަމަ އެންމެ ފުރަތަމަވެސް ބުނާނީ އެއީ އެދެވޭ އަދި ހަގީގީ ވަޒީފާއެއް ނޫންކަމަށެވެ. އެއީ ކޮންމެވެސް ވަރެއްގެ ތެދެކެވެ.

މިއުޒީޝަނުންގެ ޔޫނިއަނުން ބުނާގޮތުގައި މިއުޒީޝަނުންގެ ތެރެއިން އާދައިގެ މަތިން ވަޒީފާ އަދާކުރަނީ ދެ ބައި ކުޅަ އެއްބައި މީހުންނެވެ. އަދި އެއީވެސް ހަމައެކަނި ޕްރޮފެޝަނަލް މިއުޒީޝަނުންނެވެ. އާންމުކޮށް ރެސްޓޯރެންޓް ފަދަ ތަންތަނުގައި ކުޅެހަދާ ބޭންޑްތަކަކީ ލިބޭ ފައިސާއަށްވުރެ ގެއްލޭ މިންވަރު ބޮޑު ބައެކެވެ.

އެފަދަ މީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ބޭނުން ނުވާކަހަލަ ހާއްސަ ސަމާލުކަމެއްވެސް އެހެން މީހުންގެ ފަރާތުން ލިބޭނޭ ބައެކެވެ. އަދި ވަކިން ހާއްސަކޮށް މަޝްހޫރު ފަރާތެއްނަމަ އެމީހުންނަށް އިތުބާރުކުރެވޭނީ މަދު ފަހަރަކުއެވެ. ބައެއް ފަހަރު އެފަދަ މިއުޒީޝަނުންގެ ހަޔާތުގެ ކަންކަމާއި ބެހޭގޮތުން ލިޔާ ލަވަތަކަކީ އޭގެ މާނަ ފުން އަދި އެ މާނަ އެހެން މީހުންނަށް ނޭނގޭ ލަވަތަކެކެވެ. އެގޮތުން ކުރީގެ ލޯބިވެރިޔާއާއި ބެހޭގޮތުން ލިޔެފައިވާ މާނަ ފުން ލަވައެއްގެ ވާނުވާ ނޭނގިވެސް ހިނގައިދާނެއެވެ.

ގިނަ މިއުޒީޝަނުންނަކީ އެމީހުންގެ ކެރިއަރަށްޓަކައި ގިނަ ވަގުތުތަކެއް ދަތުރުކުރުމުގައި ހޭދަކުރާ ބައެއްވެސްމެއެވެ. ވުމާއިއެކު މިއުޒީޝަނުންނަކީ ލޯބީގެ ގޮތުން ގުޅެން ހެޔޮވާވަރުގެ ބައެއް ނޫނޭ އެބުނެވެނީ ހަގީގަތަކަށް އެކަންކަން ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިންޓެލިޖެންސް

    މިއުޒިކަކީ މީސްތަކުން މަގުފުރައްދަން ސައިތާނާ ޖަހާ މަޅިއެއް.

    95
    6
  2. ރާއްޖެތެރޭ މީހާ

    ސުރުޚީ އޮތްގޮތުން އަހަރުމެން ހީކުރީ ދީނީ ނަޒަރަކުން ބަލާލާފައި އޮތް ލިޔުމެއްކަމަށް! އެކަމަކު މިޔުޒިކް ކުޅޭމީހުންނާ ނުގުޅެން ބުނެފައި އެވަނީ އެއީ ކޮންމެހެން ﷲ ޙަރާމްކުރައްވާފައިވާ ކަމަކަށްވެގެން ނޫންދޯ؟ ވަރަށް ދެރަ ކަމެއްމީ!

    94
    5
  3. އަހުމަދު

    ޢައި ތިންކް ޝާނީ އިސް އިން ޓްރަބަލް

    ޕްލީސް ކޯލްމީ

  4. ނަޖްވާ

    މީ މިޔުޒިކު ކުޅޭ މީހުންނާ ޖޭ ވާ މީހަކު ލިޔެފަ އޮތް އާޓިކަލެއް!

    4
    3