ގއ. ދާންދޫއަށް އުފަން މުހައްމަދު ފަޒީލްއަކީ ރައްޔިތުންނާ ގުޅޭ ހިތްހެޔޮ އަދި ދާއިރާގެ ގިނަ ބަޔަކު ދަންނަ ދެކެފަރިތަ މޫނެކެވެ. އޭނާ ދާންދޫ ސްކޫލުން ތައުލީމް ހާސިލް ކުރެއްވުމަށްފަހު މާލެ ބަދަލު އޯލެވެލް ނިންމެވީ އީޕީއެސް ސްކޫލުންނެވެ. އޯލެވެލްއަށްފަހު ޕާޓް ޓައިމަށް ވަޒީފާ އަދާކުރަމުން، އޭލެވެލް ނިންމާލެއްވިއެވެ. އޭލެވެލް ހާސިލުކުރެއްވުމުގެ ތެރޭގައި ފަޒީލް ވަނީ ޤާރީ ކޯސްވެސް ފުރިހަމަކުރައްވައިފައެވެ. އިންޑިއާގައި މަތީ ތައުލީމު ނިންމެވުމަށްފަހު މޯލްޑިވިއަން އެއަރ ޓެކްސީގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި ގޮތަށް އަދިވެސް ފަޒީލް ހުންނެވީ އެ ވަޒީފާގައެވެ. އެންމެ ފުރަތަމަ ކެބިިން ކުރޫއެއްގެ ގޮތުގައި އުޅުއްވުމަށްފަހު އިންޖީނިއަރިންގ ކޯސް ފުރިހަމަކުރައްވައިގެން ފަޒީލް މިހާރު ހުންނެވީ އެއާކްރާފްޓް އިންޖިނިއަރިންގެ އެންމެ މަތީ ހަރުފަތުގައެވެ.…