ކަރީނާ ކަޕޫރް އުޅެނީ ވަރަށް ބިޒީކޮށެވެ. އެއީ ކުރިއަށް ނެރެން އުޅޭ އޭނާގެ ފިލްމް ވީރެ ޑި ވެޑިންގގެ މަސައްކަތުގައެވެ. އެހެން ނަމަވެސް އޭނާ ދަނީ އާއިލާއަށް ވަގުތުދެމުންނެވެ. ވަކިން ހާއްސަކޮށް އޭނާގެ ދަރިފުޅު ތައިމޫރްއަށް އޭނާ ދަނީ ވަގުތު ދެމުންނެެވެ.

އުމުރުން މިހާރު އަހަރެއްވެފައިވާ ތައިމޫރްއަކީ މީސް މީޑިޔާގައި ވަރަށް މަޝްހޫރު ކުއްޖެކެވެ. އޭނާއަށް ފިލްމްތައް ކުޅުމަށާއި، އިޝްތިހާރުތައް ކުޅުމަށް ފުރުސަތުތައް ލިބެއެވެ.

ޓަައިމޫރްއަށް ލިބެމުންދާ މި މަޝްހޫރުކަމާއި ގުޅިގެން ކަރީނާ މި ވަނީ ވަރަށް ބޮޑު އެއްޗެއް އޭނާގެ ގާތް ރަހުމަތްތެރިއެއްކަމަށްވާ އަކްޝޭ ކުމާރް ދިމާލަށް ބުނެފައެވެ.

އިވެންޓެއްގެ ތެރެއިން ކަރީނާ ބުނީ، ތައިމޫރްއަކީ އަކްޝޭއަށް ހުރި ބިރެއް ކަމަށެވެ.

"ތައިމޫރްއަކީ އަކްޝޭއަށް ހުރި ބިރެއް. ފޭނުން ފޮލޯ ކުރުމުގައިވެސް ތައިމޫރް އަކްޝޭ ހައިރާންކޮށްލާނެ. ތައިމޫރް އާއި އަކްޝޭ ވެގެންދާނީ ދެ ވާދަވެރިންނަށް". ކަރީނާ ބުންޏެވެ.

ކަރީނާގެ ވާހަކަތަކާއި ގުޅިގެން އަކްޝޭ ހުރީ ވަރަށް ބޮޑަށް ހައިރާންވެ ވަރަށް ބޮޑަށް ސިހިފައެވެ.

ކަރީނާ ވަނީ ތައިމޫރަށް ލިބެމުންދާ އެ މަޝްހޫރުކަމަށް އޭނާ ޖެހިލުންވާކަަމަށް ބުނެފައެވެ.

"އަހަންނަށް އެހާ ކަމަކު ނުދޭ ތައިމޫރަށް އެ ލިބޭ ސަމާލުމަކަށް. ތައިމޫރް ތަންތަނަށް ދިޔަޔަސް އެވަރުވޭ. ތައިމޫރް ލާ ހެދުމަށް ބަލާ، ތައިމޫރްގެ އިސްތަށިގަނޑު ހުންނަ ގޮތް ބަލާ. ތައިމޫރްއަކީ އެންމެ 14 މަހުގެ ކުއްޖެކޭ. އަހަންނަ ނޭގުން މިކަން ހުއްޓުވަން. ކޮންމެ ތަނަކަށް ދިޔަޔަސް އޭނާއަށް ފޮލޯ ކުރޭ މީހުން". ކަރީނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތައި ކާފަ

    ތައިމޫރަށް ތިހުތިހާ ސަމާލުކަމެއް ބުނީ ކަރީނާގެ ސަބަބުން ދެން ތިވާހަކަ ދައްކާނެކަމެއް ނެތް،

  2. ޑިނގާ

    ތިއޮތީ ދަރިއެއް ލިބިފަ

  3. ކަރީ

    ދަރިޔަކު މިއޮތީ ވިހާފާ އުނދަގޫ ތަކަކާނުލާ...... މިހެން ކިޔާފަ ކިޔާ ލަވައެއް ައަޅުގަނޑުމެން ދިވެހިންގެ ތެރޭގަ އުޅޭ... ކަރީނާ ކަލާއަށް ކަމެއް ކުރެވުނު ކަމަށްވާނެ އެލަވައަށް އައިޓަމް ސޯންގް އެއް ބެލުންތެރިންނާ ހަމައައް ގެނެވިއްޖެޔާ... ހަމަ ޔަގީން ތިބުނާ ލައިކްސް ތައްވެސް އުތުރި އަރާނެކަން.... ވަރައް ވެދުން...