އިހާނެތި ގޮތަކަށް، ވަޅިން ހަމަލާދީ މަރާލާފައި އޮއްވައި މިމަހުގެ ހަތަރު ވަނަ ދުވަހު ހުޅުމާލޭ ރީތިގަސްމަގުން ފެނުނު ޓެކްސީ ޑްރައިވަރު، އދ. މާމިގިލީ ކަނީރުމާގޭ ގާސިމް ހަސަންގެ މަރުގެ ހާދިސާ ވެގެން ގޮސްފައިވާ ފަހުގެ ތާރީޚެއްގައިވެސް ހިނގި އެފަދަ އެންމެ ބޮޑު ހާދިސާއަށެވެ. އެ ހާދިސާއަށްފަހު ކުރިޔަށްގެންދާ ތަހުޤީޤަށް މިހާތަނަށް ގިނަ ކުރިއެރުންތައް ލިބެމުންދާއިރު، ގާސިމްގެ ގާތިލްވެސް ވަނީ އަތުލައިގެންފައެވެ.

ގާސިމްގެ ގާތިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން އޭނާ ވަނީ ގާސިމް މަރާލި ކަމަށް އިއުތިރާފްވެ ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައެވެ. އޭނާގެ އަސްލު ނިޔަތަކީ ގާސިމް މަރާލުން ނޫން ކަމަށް ތަހުޤީޤުގައި ބުނި ނަމަވެސް، ހާދިސާގެ ތެރެއިން، ގާސިމްގެ ފުރާނައާއި ހަށިގަނޑު ވަކިކޮށްލީ ހީވެސް ނުކުރާހައި އަނިޔާވެރި ގޮތަކަށެވެ. ނަމަވެސް އެންމެ ފަހު ވަގުތުކޮޅުގައި ވެސް ގާސިމް ހިއްވަރުކޮށްފައިވާކަން މިހާތަނަށް އެއްކުރެވިފައިވާ މަޢުލޫމާތުތަކުން ވަނީ ހާމަވެގެން ގޮސްފައެވެ.

ޅ. ހިންނަވަރު، ބޮޑުހިޔާގޭ އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު ގާސިމަށް ހަމަލާ ދީފައި ވަނީ، ފޭރުމުގެ ޢަމަލެއްގެ ތެރެއިން ނެވެ. ޑިސެމްބަރ 4 ވަނަ ދުވަހުގެ 21:00 ހާއިރު ހުޅުމާލެ ރީތިގަސްމަގުގައި ގާސިމްއަށް ވަޅިން ހަމަލާދީ މަރާލުމުގެ ކުރިންވެސް އެ ދުވަހު އެކި ފަހަރު މަތީން އަދުހަމް އެކި މީހުންގެ އަތުން ފޭރެން ނިންމައި، އެކަމަށް ތައްޔާރުވެހުރެ މަސައްކަތް ކޮށްފައިވާ ކަމަށް ވެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އަދުހަމް ގާސިމްގެ ކާރަށް އަރާފައި ވަނީ، ދަތުރެއްގައި ކަމަށް ބުނެ އެއާޕޯޓުން ހުޅުމާލޭ ހާފްވޭހައުސް އަށް ދިއުމަށް ކަމަށް ބުނެއެވެ. ނަމަވެސް ހާވޭހައުސް ހުންނަ ހިސާބަށް ދިޔައިރު، އެތަނުގައި މީހުން ތިބުމުންނާއި ފޭރެން ފުރުސަތު އޮތްކަމަށް ޤަބޫލު ނުކުރެވޭތީ، ހާފްވޭހައުސް އަށް ވަންނަ ކީކާޑް ބާއްވާފައި އާދެވުނު ކަމަށް ބުނެ ހުޅުމާލޭ އެކި ހިސާބުތަކަށް ގާސިމް ލައްވައި އަދުހަމް ދަތުރު ކުރުވި ކަމަށް ފުލުހުން ވިދާޅުވިއެވެ. ގާސިމަށް އަދުހަމް ހަމަލާ ދީފައިވަނީ ހުޅުމާލޭގައި ދުއްވުމަށްފަހު އަނބުރާ ގޮސް ހާފްވޭއަށްދާ ގޯޅިއަށް އަޅާ ހިސާބުންނެވެ.

ގާސިމް ހަސަންގެ ގާތިލް ޅ. ހިންނަވަރު، ބޮޑުހިޔާގެ އަދުހަމް މުހައްމަދ
ގާސިމް ހަސަންގެ ގާތިލް ޅ. ހިންނަވަރު، ބޮޑުހިޔާގެ އަދުހަމް މުހައްމަދ

ފުލުހުން ވިދާޅުވީ، ހުޅުމާލޭ ހާފްވޭ ހައުސްއަށް ވަންނަން އޮންނަ ގޯޅިގަނޑު ތެރެއަށް ކާރު ވަނުމުން، އެވަގުތު އަދުހަމް އޭނާގެ އަތުގައި އޮތް ވަޅި ބޭނުންކޮށްގެން ގާސިމަށް ބިރުދައްކައިގެން ފޭރެން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭރު އެއްވެސް ހާލެއްގައި ގާސިމަށް ހަމަލާ ދިނުމުގެ ނިޔަތެއް ނެތްކަމަށް އަދުހަމް ވަނީ ތަހުޤީޤުގައި ބުނެފައެވެ.

"އެގޮތުން އެއްވެސް ހާލެއްގައި މީނަގެ ތަހުޤީޤަށް އަޅުގަނޑުމެންނަށް މިހާތަނަކަށް އޭނާ ބުނެފައެއް ނެތް އެއްވެސް ހާލެއްގައި ހަމަލާދޭން ގަސްތުކޮށްފައި އޮތްކަމަކަށް. އެހެން ނަމަވެސް ވަޅިން ބިރު ދައްކައިގެން ފޭރުމަށްޓަކައި އޭނަ ވަނީ ތައްޔާރުވެފައި ކަމަށް ބުނެފައި ވޭ،" ފުލުހުން ވިދާޅުވިއެވެ.

ހާދިސާ ހިނގާފައިވާ ގޮތް ހާމަކޮށް ފުލުހުން ވިދާޅުވީ، ފޭރުމަށްޓަކައި ގާސިމް ދުއްވި ކާރުގެ ޑްރައިވަރު ސީޓުގެ ފަހަތުގައި ހުރުމަށްފަހު، ކުއްލި ގޮތަކަށް ގޯޅި އެޅި ވަގުތުގައި އަދުހަމް އޭނާގެ ކަނައަތުން ވަޅި ނަގައި، ވާއަތުން ގާސިމްގެ ކަރުގައި، ހެޑްރެސްޓާއި އެއްކޮށްވާ ގޮތަށް ކަރަށް ބާރުކޮށް ފޭރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭނާ ފުރަތަމަ ފޭރެން މަސައްކަތް ކުރީ، ކަނައަތްފަރާތުން ގާސިމްގެ ކުރިމައްޗަށް ވަޅި ގެންގޮސް، ވަޅި ދެއްކުމަށްފަހު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ވަޅިން ބިރުދައްކައި، ގާސިމްގެ ކަރުގައި ހިފައި ފިއްތައިގެން އެވަގުތު ފޭރުމަށް މަސައްކަތް ކުރިނަމަވެސް އަދުހަމަށް އެފަދަ ފުރުސަތެއް ލިބިފައެއް ނުވެއެވެ. އެއީ އަދުހަމް، ގާސިމްގެ ގައިގައި އޮޅުލައިގަތް ވަގުތާއި އެއްކޮށް ސަލާމަތަށް އެދި ގާސިމް "ބާރަށް" ހަޅޭލަވަމުން ދިއުމުންނެވެ. އެ އަޑު ކަނޑުވާލުމަށް ތަކުރާރުކޮށް މަސައްކަތް ކޮށްގެންވެސް އެކަން ކާމިޔާބު ނުވުމުން ދެން އަދުހަމް މަސައްކަތް ކޮށްފައި ވަނީ، އޭނާގެ އަތުގައި އޮތް ވަޅި، ގާސިމްގެ ކަރުގައި ޖައްސައިގެން ހަޅޭލެވުން ހުއްޓުވުމަށެވެ.

 

ގާސިމްގެ ކަރުގައި ވަޅި ޖެއްސި ވަގުތު، އަދުހަމްގެ ކިބައިން ސަލާމަތްވުމަށް ގާސިމް އޭނާގެ ދެއަތުން ވަޅީގެ ތިލައިގައި ހިފާފައި ވެއެވެ. އެކަމުގެ ސަބަބުން ގާސިމްގެ ދެއަތްތިލަ ވެސް ޒަޚަމްވިއެވެ. ގާސިމަށް ހަމަލާދީ އޭނާގެ ކަރުގައި އަދުހަމް ވަޅި އަޅާފައި ވަނީ، ގާސިމްގެ އަޑު ކަނޑުވާލުމާއި އެކު ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. ގާސިމްގެ ކަރަށް ވަޅިން ހަމަލާ ދީފައިވަނީ އެއްފަހަރެވެ.

ފޭރެން އުޅުމުގެ ތެރޭގައި ހިނގި މި ހާދިސާއަކީ، އެއަށްވުރެ ބޮޑު ހާދިސާއަކަށް ވުމުން، އެކަމުން ސަލާމަތްވުމަށް އަދުހަމް ދެން މަސައްކަތް ކޮށްފައިވަނީ ފިލައިގެން ދިއުމަށެވެ. އެގޮތުން ގާސިމް ކާރުތެރޭގައި ލެއިން ތަތްތެޅި މަރަށް ތެޅެމުން ދަނިކޮށް ކާރުން ފައިބައިގެން ގޮސް އެސަރަޙައްދުގައި އޮތް ވަލެއްގެ ތެރެއަށް ވަދެ، ލައިގެން ހުރި ގަމީސް އެތަނުގައި ފޮރުވުމަށްފަހު އޭނާ ފިލީއެވެ.

އަދުހަމް ކާރުން ފައިބައިގެން ދިޔަ ވަގުތު، "ހަމައެއާ ދާދިއެއް ހިނދުކޮޅެއްގެ ތެރޭގައި ގާސިމްވެސް ކާރުން ފައިބައިގެން ވަކި ހިސާބަކަށް، ސަލާމަތަށް އެދި ދުވެފައި" ވާކަމަށް ފުލުހުން ވިދާޅުވިއެވެ.

 

ގާސިމް މަރާލަން ބޭނުން ކުރި ހަތިޔާރާއެކު، އަދުހަމް އެ ރޭ ލައިގެން ހުރި އަންނައުނުވެސް ފުލުހުން ވަނީ ހޯދާފައެވެ. ފުލުހުން ހޯދާފައިވާ ހެކިތަކުން އަދުހަމްގެ ޑީއެންއޭ ވެސް ވަނީ ފެނިފައެވެ. ކުށުގެ އެކި ކަހަލަ ރެކޯޑުތައް ކުރިން ވެސް އޮންނަ އަދުހަމް ވަނީ މި މައްސަލައިގެ ތަހުޤީޤުގައި އާއި ކޯޓުގައި ވެސް ގާސިމް މަރާލި ކަމަށް އިއުތިރާފްވެފައެވެ. އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ރިހެބިލިޓޭޝަނަށް ފަރުވާއަށް ދިއުމުގެ މަރުހަލާގައި ހުރި މީހެއްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހޮޅިވާހަކަ

    ބަލަ އެބުނާ ކީކާޑު ނެތްނަމަ އެ ހޯދަން އެބަލާ ދިޔަތަނެއްވެސް ހޯދަންޖެހޭނު. ގަބޫލުކުރަންދަތި ދެކޮޅުނުޖެެހޭ ފޫނުބެދޭ ވާހަކަ އެބަހުރި. ހާމަކުރޭ!

    24
    3
  2. ހައްގު އިންސާފު؟

    ތިވަރުގެ މީހަކު މުޖުތަމައު ތެރެއަށް ދޫކޮއްފަ ބެހެއްޓުމަކީވެސް ކުށެއް ނޫންތޯ.

    45
  3. ޕީޖޭ

    މަސްތުވާތަކެތީގެ މައްސަލައެއްގައި ފަރުވާއަށް ދޫކުރުވެވިފައިވާ މީހެއް..ލޮލް

    29
    1
  4. އެމްޑީޕީ

    މަމެން ޕާޓީ ސޮރެއްތީ

    25
    1
  5. ޙުކުމް

    ﷲގެ ޝަރީޢަތުގައިވާ ގޮތަށް ޙުކުމް ތަންފީޒު ނުކުރަނީސް މިފަދަ ޢަމަލުތައް ނުހުއްޓުވޭނެ! ރަނގަޅު ތަޙްޤީޤަކަށްފަހު ހުކުމާއި ހަަމައިން މައްސަލަ އޮއްބާލެވޭނަމަ މީ ކުއްވެރިންނަށް ލިބޭ ހިއްވަރެއް!

    43
  6. ބަރޯ

    "...ގާސިމަށް ހަމަލާދީ އޭނާގެ ކަރުގައި އަދުހަމް ވަޅި އަޅާފައި ވަނީ، ގާސިމްގެ އަޑު ކަނޑުވާލުމާއި އެކު ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. ގާސިމްގެ ކަރަށް ވަޅިން ހަމަލާ ދީފައިވަނީ އެއްފަހަރެވެ."

    ދެން މިވަރުންވެސް ގަސްތުގައި ކުރިކަމެއްނޫންތަ މިއީ ؟

    45
    1
  7. ސައިއްޓޭ ރ އުނގޫފާރު

    ތިސްޓޯރީ އެއްގޮތަކައްވެސް ހަމައެއްނުޖެހެ އިބޫގެ ޕްރެސަރ އައްނުބަލާ ތެދު ހާމަކުރޭ

    35
    2
  8. ކެޔޮޅު

    ގާސިމް މަރާލަން އޭނާ ނޫޅޭކަމައް އެތައްފަހަކު ބުނިކަމައް ފުލުހުން ބުފާ އެންމެފަހުން ތިޔަނިމުނީ އޭނާގެ އަތުންގާސިމުކަރު ބުރިކޮއްލިކަމައް ދެންކީކޭބުނާނީ؟

    21
    1
  9. ނަސީ

    މިކަހަލަ ނުރައްކާތެރި މީހުން މަރާ މީހުންނަން މަރުގެ ހުކުމް ތަންފީޒުކުރަން ެބަޖެހޭ.

    35
  10. ަަހގފފފ

    ފުލުހުން ސަލާމަތް ކޮންދިނީ ވަރަންމޮޅު ވާހަކަތިދެއްކީ ބޯގޯސް

    18
    1
  11. ނުރަބޯ

    އެ ރަޙުމްކުޑަ ގާތިލަކީ ރީނދޫ ފިކުރުގެ މީހެއް. އެހެންވެ އޭނާ ސަލާމަތްކުރުމުގެގޮތުން، މަރާލީ ގަސްދުގައެއް ނޫނޭ އެކިޔަނީ.

    10
    3