އެހެން މީހުންގެ ނަޒަރުގައި ތިމާާއަކީ ރީތި މީހަކަށް ވާން ވަރަށް ގިނަ މީހުން ބޭނުންވާނެއެވެ. އެއީ އެތަކެއް ސަބަބު ތަކަށްޓަކައެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ތިމާއަކީ ރީތި ސާފުތާހިރު މީހެއް ކަމުގައި މީހުން ދެކޭނީ މޭކަޕްކޮށް މަތިހަދާލައިގެން ކަމަށް ހީކުރެވުނަސް މިއީ ޙަޤީޤަތެއް ނޫނެވެ. ތިރީގައި މިވަނީ ތިމާއަކީ ރީތި މީހެއް ކަމަށް މީހުން ޤަބޫލު ކުރާ މިންގަނޑެވެ.

އިސްތަށިގަނޑު

އިސްތަށިގަނޑަކީ މީހާގެ ރީތިކަން ސިފަކޮށްދޭ އެންމެ މުހިންމު އެއް ކަންތަކެވެ. އިސްތަށިގަނޑު ސާފުވެފައި ފުނާއަޅާފައި ހުރި ނަމަ މީހުންގެ ނަޒަރުގައި ތިމާއަކީ ރީތި ސާފުތާހިރު މީހެކެވެ. ސާފުތާހިރު ނޫން މީހެއް މިނޫން ގޮތަކަށް ކަންތައް ނުކުރާނެ ތާއެވެ.

މޭކަޕް

މޭކަޕަނީ އެ ކުރުމުން މީހާގެ މޫނުމަތި ސާފުކޮށްލާ ކަމަކަށް ވީނަމަވެސް، މާގަދަޔަށް މޭކަޕް ކުރަން ވެއްޖެނަމަ މީހުންނަށް ތިމާ ހަޑިވާން ފަށާނެއެވެ. މޭކަޕް ކުރުމުގައިވެސް މެދު މިނެއް ގެންގުޅޭށެވެ.

ގަހަނާ

ކަންދެއްކުމުގެ ގޮތުން ނުވަތަ އެނޫންވެސް އެހެން ބޭނުމެއްހައި ނަމަވެސް މާގިނައިން ގަހަނާ އެޅުމަކީ މީހުންގެ ނަޒަރުގައި ތިމާދަށްކޮށްލާކަމެކެވެ. ގަހަނާ އެޅުމުގައިވެސް މެދުމިނެއް ގެންގުޅޭށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފެނޭދޯ

    ތިޔާ އައްޑޫ އަންހެން ވެރިން ގަހަނާ އެޅުމުގައި ހައްދު ފަހަނައަޅާ ފައިވާ ބަޔެއް. ހީވަނީ ގަހަނާ ވިއްކާ އިންޑިއާ ފިހާރައެއް ހެން އެމެން ދައްކާލާއިރު. ދަރާއްޖެތެރެއަންސް ދޯ.

  2. ނަހޫ

    ނުވާނެ

  3. ރީސާ

    ކޮންމެ މީހަކު ކޮންމެ އެއްޗެއް ލިޔަސް ކަލޭ އައް ކޮން ކަމެއް