ކަންކަން އަވަހަށް ހަނދާން ނެތޭ މީހުން ދިރިއުޅުމުގައި އެހެން މީހުންނަށް ވުރެއް ކާމިޔާބުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޔުނިވާސިޓީ އޮފް ޓޮރޮންޓޯގެ ދެ ޕްރޮފެސަރުން ކަމަށްވާ ޕައުލް ފްރޭކްލޭންޑް އަދި ބްލޭކް ރިޗާޑް ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި އަވަހަށް ހަނދާން ނެތޭ މީހުން ދިިރިއުޅުމުގައި ކާމިޔާބު ބަޔަކަށް ވަނީ އެމީހުންނަށް ކަންކަން ނަގައި ގަނެވޭލެއް އަވަސްވުމުންނާއި އެމީހުން ކުރާ ކަންކަމުގައި ފަރުވާތެރިވާތީއެވެ. އަދި މާގިނަ ހަނދާންތަށް ސިނކުޑީގައި ބަހައްޓަނީ ނަމަ މަސައްކަތަށް ދެވޭ އަހައްމިއްޔަތުކަން ކުޑަ ކަމަށްވެސް އެ ޕްރޮފިސަރުން ކުރި ދިރާސާގެ ނަތީޖާއިން ހާމަވެއެވެ.

އެކަން ޔަޤީން ކުރުމަށްޓަކައި ބްލޭކް އަދި ޕައުލް ވަނީ ޓޮރިންޓޯ ޔުނިވާސިޓީގެ 1000 ވުރެއް ގިނަ ދަރިވަރުން ބައިވެރިކޮށްގެން ބޮޑު ތަހުލީލެއް ކޮށްފައެވެ. އެ ތަހުލީހުގެ ތެރޭގައި އެކުދިންގެ ދިރިއުޅުމުގެ އާދަތަކާއި އެކެޑެމިކް ނަތީޖާތަކާއި ޝައުގުވެރިކަން ހުންނަ ކަންކަން ފާހަގަކޮށްފައިވެއެވެ.

އެ ރިސާޗާއި ބެހޭގޮތުން ޕްރޮފިސަރު ޕައުލް ބުނެފައިވަނީ އިންސާނާގެ ސިކުނޑިއަކީ މޯބައިލް ފޯނެއް ފަދަ އެއްޗެއް ކަމަށެވެ. އަދި އެއަށް ބޭކާރު އަދި މާގިނައިން އެއްޗެހި އަޅަން ޖެހުމުން މައްސަލަ ޖެހޭ ފަދައިން އިންސާނާގެ ސިނކުޑިއަށްވެސް ބޭކާރު ހިޔާލުތަށް ގިނަ ވަނީ ނަމަ އޭގެ އެންމެ ފުރިހަމަ ކަންމަތީ މަސައްކަތް ކުރުމަށް ހުރަސްތަކާއި ކުރިމަތިވާ ކަމަށް ޕްރޮފެސަރު ވަނީ ބުނެއެވެ.

އަދި އަވަހަށް ހަނދާން ނެތޭ މީހުންގެ ނިންމުންތަށް އެހެން މީހުންގެ ނިންމުތަކަށް ވުރެއް ހަރުދަނާވާ ކަމަށް ޕްރޮފެސަރު ވަނީ ބުނެފައެވެ،