ސްމާޓް މީހުންނަކީ އެމީހުން ދިރިއުޅުމުން އެންމެ ސިކުންތެއް ވެސް ބޭކާރު ކޮށްލަން ބޭނުންވާ ބައެއް ނޫނެވެ. އެހެންކަމުން ލޯބިވެރިޔާ ކައިރީ ނުވަތަ އަނބިމީހާ ކައިރީ ހޭދަކުރާ ވަގުތަކީ އަގުހުރި ވަގުތުތަކަށް ހަދަން ސްމާޓް މީހުން ބޭނުން ވާނެއެވެ. ބޭކާރުވާކަތަކާއި، އެއްވެސް މަޤުޞަދެއް ހާސިލް ނުވާ ވާހަކަތައް ދެއްކުން އެއީ ގިނަ ފިރިހެނުން، ހާއްސަކޮށް ދިރިއުޅުމާއި މެދު ސީރިއަސް ވިސްނުންތަކެއް ގެންގުޅޭ ފިރިހެނުން އަޑުއަހަން ބޭނުންވާ ވާހަކައަކަށް ނުވާނެއެވެ.

ދިރިއުޅުމުގެ މައްސަލަތަކާއި ލޯބީގެ މައްސަލަތަކާއި ބެހޭ ގޮތުން ކައުންސިލިންދޭ މީހުން ބުނާ ގޮތުގައި ފިރިހެނުން ކައިރީގައި "ނެއިލް" ސުވާލު ނުކުރާށެވެ. "ނެއިލް" ސުވާލީ ވަރަށް ކުރުކޮށް، އެއްވެސް މަޤުޞަދެއް ހާސިލް ވާނެ ޖަވާބެއް ނުދެވޭނެ ސުވާލުތަކެވެ. ތިރީގައި ބައެއް މިސާލު އަހަރެން ލިޔާނަމެވެ.

އަހަރެންނާއި ދޭތެރޭ ދެކެނީ ކިހިނެއް؟
ކައިވެނި ކުރުމަށް ފަހު ކަލާގެ މުސާރަ އެއްކޮށް އަހަރެންނަށް ދޭނަންތަ؟
އަހަރެމެން ރައްޓެހިވެގެން އުޅެމުން އަހަރެން ޗީޓް ކޮށްފިއްޔާ ދެން ހަދާނީ ކިހިނެއް؟
އަހަރެން މަރުވެއްޖެނަމަ ކަލާ އެހެން މީހަކާއި އިންނާނަންތަ؟
ކަލާގެ އެކްސް، އެނބުރި އަތުވެއްޖެނަމަ އަހަރެން ދޫކޮށްލާނަންތަ؟
އަހަރެން ދެކެ ލޯބިވަނީ ކިހާ ވަރަކަށް؟

މިބާވަތުގެ ވަަރަށް ގިނަ ސުވާލު ލިޔެވިދާނެއެވެ. މިހާރު ބުނެދޭން މިއުޅޭ ވާހަކައަކީ ކޮބައިކަން އަމިއްލަ އަށް ވިސްނާލާށެވެ.

އާއްމުގޮތެއްގައި ފިރިހެނުންނަކީ މާގިނައިން ވާހަކަދައްކަން ބޭނުންވާ ބައެއް ނޫނެވެ. ގިނައިން ވާހަކަދެއްކި ނަމަވެސް އެމީހުން ބޭނުން ވަނީ ވަރަށް ބޮޑެތި ވާހަކަދައްކާށެވެ. އެހެންކަމުން ހިތުގައި އެތައް ދުވަހަކު ރައްކާކޮށްގެން ހުރި ލޯބިވެރިޔަކު ލިބޭ ދުވަސްކޮޅު އެމީހުން ހިތްހަމަނުޖެހޭ މިބާވަތުގެ ސުވާލު ކޮށްގެން ލޯބިވެރިޔާ ގެއްލޭނެ ސަބަބެއް އުފަން ނުކުރުވާށެވެ.

ފިރިހެނުން ޖަވާބުދޭން ބޭނުން ނުވާ ބައެއް އިތުރު ސުވާލުތަކާއި އެކަމުގެ ތަފްސީލީ އެހެން ލިޔުމެއް އަދި ވަރަށް އަވަހަށް ގެނެސްދެވޭނެ ކަމަށް އުއްމީދު ކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަލީ

  މި ސުވާލް ތަކަކީ އަބަދުވެސް އަހަރެންގެ އަނބިމީހާ އަހަރެންނާ ކުރާ ސުވާލް،

  13
  4
 2. ހުސޭނުބޭ

  ތިބޭނެ ރަގަޅު ފިރިހެނުން ތި ހުރިހައި ސުވާލަކަށްވެސް ރީތިކޮށް ޖަވާބު ދޭނެ މީހުން!

  21
  2
 3. ލައިލާ

  އެހާ ހިތްމަތި މީހުން މަށެއް ބޭނުމެއް ނޫން! ކަންކަމާ އިންސެކުއަރ ވީމަ ސުވާލެއް ކޮށްލާއިރަށް ފޫހިވެގެން ބަޗަންޏާ ރޮބަޓް އަކާ ހިތާވޭ

  6
  1
 4. ލޮލް

  މި ސުވާލު ތައް ކޮންމެހެން ވެސް ވާނެ ކުރަން. އެކީގަ އުޅެވޭނެ ގާބިލް ކަން ފެނިގެން ދާނެ. މާގިނައިން ވާހަކަ ނުދެއްކެންޔާ ކޮމިއުނިކޭޝަން ވަރަށް ދަށް ވާނެ

  5
  1