އުމުރުން 12 އަހަރުގެ އޯޓިސްޓިކް ކުއްޖަކަށް މަލާމަތްކޮށް ފުރައްސާރަކުރި މައްސަލައެއްގައި ދެ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.

އެމެރިކާގެ ލުއިސިއާނާގެ ޕަބްލިކް ސްކޫލެއްގައި ކިޔަވަމުން އަންނަ ކަމްޑެން ޑޭވިސް ނަމަކަށް ކިޔާ މި ފިރިހެންކުއްޖާ އަށް ދެ ޓީޗަރަކު މަލާމަތްކުރިކަން ސާބިތުކުރެވިފައިވަނީ އޯޑިއޯ ކްލިޕެއްގެ ޒަރިއްޔާއިންނެވެ.

ކެމްޑަންގެ މަންމަ ބުނީ އޭނާ އަބަދުވެސް ދަރިފުޅު ސްކޫލަށް ފޮނުވަނީ ދަބަހަށް ރިކޯޑިން ޑިވައިސްއެއް ލުމަށްފަހު ކަމަށެވެ. އަދި މިކަން އެނގުނީ ކެމްޑަން ގެއަށް އައުމުން ރިކޯޑިން އަޑުއެހުމުން ކަމަށް އޭނާ ބުންޏެވެ. ބުންޏެވެ.

"އެއީ ހަމައެކަނި ކުދިކުދި ބަސް އެނގޭ ކުއްޖެއް. ދެން އެވަރު ކަމެއް ނުވާނީ ކާކަށް؟ އެހެންކުދިންހެން ފިލާވަޅު ނުހަދަނީ ކީއްވެ؟ ތި ގޮތަކަށް ޕަބްލިކް ސްކޫލެއްގަ ނޫޅެވޭނެޔޭ މަންމަ ގާތު ބުނޭ" ރިކޯޑިންގައި ދެ ޓީޗަރުން ބުނެފައިވާ ވާހަކަތައް ހިއްސާކުރަމުން ކެމްޑަންގެ މަންމަ ބުންޏެވެ.

"އަހަރެން އެންމެ ދެރަވީ ކެމްޑަން އަކަށް ނުކިޔެވޭނެޔޭ، އެކައްޗެއްވެސް ނޭނގޭނެޔޭ ބުނީމަ. އޯޓިޒަމް ހުރުމަކީ އޭއީ އޭނަ ކުރާނެ ކަމެއް ނޫން. މިފަދަ ބަހުގެ އަނިޔާއިން މިކަހަލަ ކުށެއް ނެތް ކުދިން ސަލާމަތްކުރަން ޖެހޭނެ" ކެމްޑަންގެ މަންމަ މިލީސާ ބުންޏެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިތުރުން މިލީސާ ވަނީ މި މައްސަލަ ލުއިސިއާނާގެ އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް މިހާރު ހުށަހަޅާފައެވެ.

މިކަމާއި ގުޅިގެން ސްކޫލްގެ ޕްރިންސިޕަލް ލިންޑާ ބުނެފައިވަނީ އާއިލާގެ ކިބައިން ނިހާޔަތަށް މާފަށް އެދޭ ކަމަށާއި މިހާރު އެ ދެ ޓީޗަރު ވެސް ވަޒީފާއިން ކަނޑާލައިފައިވާނެ ކަމަށެވެ.

އޯޓިސްޓިކް ކުދިންނަކީ އުފަންވުމުގައި ސިކުނޑީގައި ހުންނަ އުނި ކަމެއްގެ ސަބަބުން މުޖުތަމައުގެ އެހެން ކުދިން ފަދައިން ހުރިހާ ކަމެއްގައި ފުރިހަމައަށް ބައިވެރި ނުވެވޭ ކުދިންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު