އިރު ކޭތަ ނުވަތަ ހަނދު ކޭތައަކީ ގިނަ ބަޔަކު ބަލާލަން ޝައުވެރިވާ މަންޒަރެކެވެ. 2020 ވަނަ އަހަރަކީ ގިނަ ކޭތަ ތަކެއް ހިފާނެ އަހަރެއް ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ އަހަރެކެވެ. މިގޮތުން ޖުމުލަ 6 ކޭތަ ހިފާނެއެވެ.

 

10 ޖަނަވަރީ 2020 – ހަނދު ކޭތަ

މި ހަނދު ކޭތަ އެންމެ ރީތިކޮށް ފެންނަ ގައުމު ތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. އަދި ރާއްޖެއަށް މޫސުން ރަނގަޅުނަމަ މި ކޭތަ ހިފީއްސުރެ ކޭތަ ވީއްލަންދެން ފެންނާނެއެވެ. މި ކޭތައިގެ ދިގުމިނަކީ 4 ގަޑިއިރާއި 4 މިނިޓް އަދި 34 ސިކުންތެވެ. ކޭތަ ހިނފަން ފަށާނީ ރާއްޖެ ގަޑިން 22:07 ގައެވެ. އި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 00:11 ގައެވެ. އަދި ކޭތަ ވީއްލާނީ 02:12 ގައެވެ. މިއީ ފުރިހަމަ ހަނދުކޭތައެއް ނޫނެވެ.

 

5 ޖޫން 2020 – ހަނދު ކޭތަ

މި ކޭތަވެސް ރާއްޖެއަށް މޫސުން ރަނގަޅު ނަމަ ފެންނާނެއެވެ. މި ކޭތައިގެ ދިގުމިނަކީ 3 ގަޑިއިރާއި 18 މިނިޓެވެ. މި ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 22:45 ގައެވެ. އަދި ކޭތަ އެންމެ ބޮޑަށް ފެންނާނީ 00:24 ގައެވެ. އަދި ކޭތަ ވީއްލާނީ 02:04 ގައެވެ. މިއީވެސް ފުރިހަމަ ހަނދުކޭތައެއް ނޫނެވެ.

 

21 ޖޫން 2020 – އިރު ކޭތަ

މި ކޭތަ ހިފަން ފަށާނީ އެ ދުވަހު ހެނދުނު 09:39 ގައެވެ. ކޭތަ އެންމެ ބޮޑަށް ފެންނާނީ 10:51 ގައެވެ. އަދި ކޭތަ ވީއްލާނީ މެންދުރު 12:14 ގައެވެ. ރާއްޖެއަށް މި ކޭތަ ރާއްޖެއަށް ފެންނާނީ ވަރަށް ކުޑަކޮށެވެ.

 

5 ޖުލައި 2020 – ހަނދުކޭތަ

މި ކޭތަ ފެންނާނީ ޔޫރަޕުގެ ހުޅަނގުގެ ގައުމު ތަކަށާއި އެފްރިކާ އަދި އެމެރިކާ ބައްރުގެ ގައުމުތަކުގެ އިތުރުން ޕެސިފިކާއި އެޓްލާންޓިކުގެ ގައުމު ތަކަށެވެ. މި ކޭތަ ރާއްޖެއަކަށް ނުފެންނާނެއެވެ.

 

29 ނޮވެމްބަރ 2020 – ހަނދު ކޭތަ

މި ކޭތަވެސް ރާއްޖެއަކަށް ނުފެންނާނެއެވެ. މި ކޭތަ ފެންނާނީ ޔޫރަޕާއި އުތުރު އޭޝިއާގެ ބައެއް ގައުމުތަކުގެ އިތުރުން އެމެރިކާ ބައްރު އަދި އެޓްލާންޓިކާއި ޕެސިފިކަށެވެ.

 

14 ޑިސެމްބަރ 2020 – ފުރިހަމަ އިރު ކޭތަ

މި ކޭތައަކީ ފަހުގެ ތާރީޚެއްގައި ހިފާނެ އެންމެ ފުރިހަމަ އެއް އިރުކޭތައެވެ. ނަމަވެސް މި ކޭތަ ރާއްޖެއަކަށް ނުފެންނާނެއެވެ. މި ކޭތަ ފެންނާނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށާއި އެމެރިކާ ބައްރުގެ ގައުމުތަކުގެ އިތުރުން ޕެސިފިކް އަދި އެޓްލާންޓިކަށެވެ. އަދި އިންޑިއާ ކަނޑުގެ ވަރަށް ކުޑަ ސަރަހައްދަކަށްވެސް މި ކޭތަ ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޖ

  ދުނިޔޭގެނިމުން ކައިރިވަމުން ދާކަމުގެ ހެކިތައް.

  37
 2. ޢަންސާރު

  ކޭތައަކީ ދުނިޔެ ނިމުން ގާތް ވެއްޖެ ކަމުގެ އަލާމާތެއް

  34
 3. ޑިރަސާވެރިޔާ

  އެއް އަހަރު ތެރޭ ގިނަ އަދަދެއްގެ އިރުކޭތައާއި ހަނދުކޭތަ ހިފުމަކީ އިންސާނުން ވިސްނައި ފިކުރު ކޮށް އަމަލުތައް އިސްލާޙް ކުރަންޖެހޭ ކަމެއް. އެވްރެޖްކޮށް ކޮންމެ އަށާރަ މަހަކުން ހިފާނެކަމަށް ސައިންސްވެރިން ބުނެފައިވާ އިރުކޭތަ 12 މަސްތެރޭ 2 ފަހަރަށް ހިފުމަކީ ދުނިޔޭގެ ގާތް ވެއްޖެކަމުގެ ފުރިހަމަ ހެއްކެއް

  23
  1