ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު ދުވަސް ދިގުދެމިގެންދާ ވަގުތު އެކި ސަރަހައްދުތަކުގައި ތަފާތެވެ. އެގޮތުން ރާއްޖެއާއި އެންމެ ކައިރީގައިވާ ޤައުމުތަކަށް ބަލާލާއިރުވެސް ވަގުތުގެ ތަފާތު ފެންނަ ސަބަބަކީ މިއީއެވެ.

އެގޮތުން އޮމާންގެ 'ވޭކަން' ނަމަކަށްކިޔާ މި އަވަށަކީ އާދަޔާއި ހިލާފަށް ދުވާލުގެ ދިގުމިން ކުރު ސަރަހައްދެއްގައިވާ އަވަށެކެވެ. 2000 މީޓަރު އުހުގައިވާ މި އަވަށުގެ ދުވާލެއް އަލިކަން އާންމުކޮށް ދިގުދެމިގެންދަނީ އެންމެ 3 ގަޑިއިރާއި 30 މިނެޓަށް ކަމަށް ވެއެވެ.

ނޫސްތަކުގައި ވާގޮތުގައި އޮމާންގެ ވެރިކަންކުރާ މަސްކަތުއާއި 150 ކިލޯމީޓަރު ދުރުން، އުތުރު އަލް ބަތީނާ ނަމަކަށްކިޔާ ޕްރޮވިންސެއްގައި އޮންނަ މި އަވަށަށް އިރުގެ އަލިކަން ފާޅުވަނީ 11:00 ހާއިރެވެ. އަދި މެންދުރު 14:00 އިރު އެ އަވަށަށް އެ އަލިކަން ފަނޑުވެ އޮއްސިދެއެވެ.

ސައުދީގެ ނޫހެއްގައި ފަލަކީ އިލްމުވެރިން މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ މި އަވަށަކީ ދުނިޔޭގައި ދުވާލުގެ އަލިކަން އެންމެ މަދު ވަގުތުކޮޅަކަށް ލިބޭ އަވަށް ކަމުގައި ވީނަމަވެސް، ދުވާލުގެ އަލިކަން ނުލިބެނީ އެ ސަރަޙައްދަކީ އުސް ސަރަޙައްދަކަށް ވެފައި، ވަށައިގެންވަނީ ވެސް އުސް ފަރުބަދަތައް ކަމުން، އިރު މެދުވާ ވަގުތު ފިޔަވައި އެހެން ގިނަ ވަގުތުތަކުގައި އަލިކަން އަވަށާއި ހަމަށް ނުލިބޭނީ ކަމަށެވެ.

އެހެންކަމުން އަނދިރިކަން ވެރިވެފައި ވީނަމަވެސް، އޭގެ މާނައަކީ އިރު އޮއްސުން ނޫން ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާޒިމް

    ރޯދަޔަށް ޖައްސާލަން ރަންގަޅު އަވަށެއް ތިޔައީ.

    15
    11
  2. ކޮތަރު

    އެތަނަށް ނުދިޔައެއް ކަމަކު އާޒިމް ބޭނުންގޮތަކަށް އުޅެވިދާނެ އެއްނު. މިއޮތީ ދުނިޔެ ވިއްޔަ.

    11
    • އިނާ

      ހަހާ ހާދަ މަޖާ ކޮމެންޓެކޭ....