ލިވަޕޫލްގެ މަޝްހޫރު ފުޓުބޯޅަ ތަރި، މުޙައްމަދު ސަލާހު، ކްރިސްމަސް ފާހަގަކުރާ މަންޒަރު ފެންނަ ފޮޓޯއަކަށް ގިނަ ބައެއްގެ ނުރުހުންވުމާއި ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ސަލާހުގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް އޭނާ އާންމުކޮށްފައިވާ މި ފޮޓޯގައި ފެންނަނީ، އޭނާގެ އަނބިމީހާ އާއި އަންހެން ދަރިފުޅާއެކު ކްރިސްމަސް ގަހެއްގެ ކުރިމަތީގައި ފޮޓޯއަކަށް ހުއްޓިލައިގެން ތިބި މަންޒަރެވެ.

މި ފޮޓޯއަށް ގިނަބަޔަކު ފާޑުކިޔަމުން ދަނީ، ސަލާހުގެ އާއިލާ އަކީ މުސްލިމް އާއިލާއަކަށް ވެފައި އޭނާގެ އަނބިމީހާވެސް ބުރުގާ އަޅައިގެން ހުރެ އެފަދަ ކަމެއް ފާހަގަ ކުރުމުންނެވެ.

އިންސްޓަގްރާމުގައި ސަލާހު މި ފޮޓޯ އާންމުކުރުމާއެކު އެތައް ހާސް ބަޔަކު ކޮމެންޓު ކުރަމުންދާއިރު، މިހާތަނަށް އެ ފޮޓޯއަށް 36،000 އަށްވުރެ ގިނަ ކޮމެންޓު ލިބިފައި ވެއެވެ. އަދި 2.6 މިލިއަން ވިއުސް މި ފޮޓޯއަށް ވަނީ ލިބިފައެވެ. ގިނަ ބަޔަކު މި ފޮޓޯއަށް ނުރުހުމުގެ ކޮމެންޓުތައް ކުރަމުން ދިޔަ ނަމަވެސް ބައެއް ފަރާތްތަކުން ދަނީ ސަލާހަށް ތައުރީފު ކުރަމުންނެވެ.

 

އެގޮތުން ސަލާހަށް ތައުރީފުކުރާ ފަރާތްތަކުން ބުނަމުންދާ ގޮތުގައި، އޭނާ ދައްކައިދީފައި އެވަނީ ނަމޫނާއެކެވެ. އަދި ކޮންމެ ދީނަކަށް ނިސްބަތްވީ ނަމަވެސް، އޭނާ ދައްކައިދިނީ އެހެން ދީންތަކަށް ކުރާ އިހުތިރާމް ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި ފޮޓޯއަށް ނުރުހުން ފާޅުކުރަމުންދާ ސަލާހުގެ އިންސްޓަގްރާމް ފޮލޯވަރުން ބުނާގޮތުގައި، ސަލާހުއަކީ މުސްލިމަކަށް ވެފައި، މުސްލިމަކަށް ވެހުރެ މިފަދަ ދުވަސްތައް ފާހަގަކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ މިފަދަ ފޮޓޯއެއް އާންމު ކުރުމަކީ، އޭނާގެ ހިތުގައި އިސްލާމް ދީނަށް އޮތް ލޯތްބާ މެދު ޝައްކު އުފެދޭ ކަމެއް ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި ފޮޓޯ އާއިގުޅިގެން ސަލާހުގެ އިންސްޓަގްރާމުގެ ފޮލޯވަރުންގެ މެދުގައި ކޯޅުން ބޮޑުވެފައި ވީނަމަވެސް، އެކަމާއި ގުޅިގެން ސަލާހު އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކްރިސްޓިއަން ދީނުގެ މީހުން ކްރިސްމަސް ފާހަގަކުރަމުންދާ ދުވަސްވަރަކަށް ވާއިރު، މަޝްހޫރު ގިނަ ބަޔަކު ދަނީ މިކަން ފާހަގަ ކުރުމުގައި ބައިވެރިވެ ފޮޓޯތައް އާންމު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަލާހު

    މާފަށް އެދޭ!

    127
    7
  2. ?ވިސްނާ މީހާ

    ކިހާ ދެރަކަމެއް ބައެއް މީހުން މާ ބޮޑައް ނެގެޓިވް ވަނީ. ކުޑަ ކުދިން ވަރައް ލޯބި ކުރާނެ އެވައްތަރު ގަހައް. އެކުއްޖާ ރޮއްވާނުލަން ވެގެން އެތާކާރީގަ ހުރެގެން ފޮޓޯ ނެގީމަ އެއަކީ އެހާކަން ބޮޑު ކުރާ ވަރުގެ ކަމެއްނޫން. ރާއްޖެ ވައްތަރު މީހާ ހުރިހާ ރަށަކުވެސް ހުންނަނީ. އެވައްތަރު ވަރައް ސަކަރާތް ހުންނަނީ. ކޮންވައްތަރު މީހުން ތިބެނީ.

    4
    16
  3. Anonymous

    އެހެން ދީނުތަކަށް އިހްތިރާމް ކުރުމަށޭ ކިޔާފާ އިސްލާމުން އެހެން ދީނުގެތަކުގެ ފާހަގަ ކުރާ ދުވަސްތަށް ފާހަގަ ކުރަން ޖެހޭ ކަމަށް އިސްލާމް ދީނުގަ އޮވޭބާ؟؟ އިހްތިރާމް ކުރުމާ އެދުވަސްތަށް ފާހަގަ ކޮށް އެކަމުގަ ބައިވެރި ވުން އެއި ދެކަމެއް.

    35
    4
  4. Anonymous

    އެހެން ދީނެއްގެ ޝިޢާރެއް ކިތަންމެ ކުޑަކޮށްވެސް ފާހަގަކުރުން މުސްލިމުންނަށް ހުއްދަ ނޫން

    32
    4
  5. އަލިބެ

    އަލިބެ އެއްގޮތަކަށްވެސް އުންމީދުކުރި ކަމެއް ނޫން ސޮލާހުގެ ފަރާތުން ތި ފެނުނީ

    34
    2
    • ޅިޔަނު

      އޭރުވެސް އަލިބެ ކައިރީ ބުނީމެއްނު.....

  6. ފިލްވ

    އެއީ ސަލާމް ލެއްވި އީސާގެފާނު އުފަންވި ދުވަސް. ކީރިތި ގުރުއާންގެ މަރްޔަމް ސޫރަތުގެ 33 ވަނަ އާޔަތުގެ މާނައިގައިވަނީ "މިއަޅާ އުފަންވިދުވަހުގައްޔާއި، މަރުވާދުވަހުގައްޔާއި، އަލުން ދިރުއްވައި (محشر އަށް) ފޮނުއްވާދުވަހުގައި، މިއަޅާގެ މައްޗަށް سلام ހުށްޓެވެ."
    19:34

    5
    2
  7. ދެމޫނު

    މިއޮއްހުރިހާދުވަހު ދަނޑުމަތީގަ ދައްކަމުންދިޔަ މަންޒަރުތަކަކީ ދެއްކުމުގެގޮތުން ދެއްކިމަންޒަރުތަކެއްތާ ޙަޤީޤަތަކީ ތިމާގެ ނަފްސައް ތިމާއޮޅުވާލުންް

    7
    2