ބޮލީވުޑްގެ މަޝްހޫރު ތަރި، ޖޫހީ ޗަވްލާ ރާއްޖެއަށް އަތުވެއްޖެއެވެ.

90 ގެ އަހަރުތަކުގައި ބޮލީވުޑުން ނެރުނު ގިނަ ފިލްމުތަކުން އެތައް ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އުމުރުން 53 އަހަރުގެ ޖޫހީ ރާއްޖެއަށް އައިސްފައި ވަނީ ޗުއްޓީ ހޭދަކުރުމަށެވެ.

ޖޫހީ ރާއްޖޭގައި ޗުއްޓި ހޭދަކުރަމުން ދަނީ ފޯ-ސީޒަންސް ރިސޯޓެއްގައެވެ. އޭނާ ރާއްޖެއަށް އައިސްފައި ވަނީ އާއިލާއާއި އެކުގައެވެ.

ޖޫހީ ރާއްޖެ އައިސް އުޅޭކަން ހާމަކޮށް، ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ވީޑިއޯއެއްވެސް އޭނާ ވަނީ ޓްވީޓާގައި އާންމުކޮށްފައެވެ. ސަފާރީއެއްގެ ތެރޭގައި ނަގާފައިވާ އެ ވީޑިއޯ އިން ފެންނަނީ، އިރު އޮއްސޭ މަންޒަރު ބަލާލަން ޖޫހީ އާއި އޭނާގެ އާއިލާ ތިބި މަންޒަރެވެ. އަދި އެ ސަރަޙައްދުގައި އުޅުނު ކޯމަސް އައިނެއްގެ މަންޒަރުވެސް ވީޑިއޯ އިން ފެނިގެން ގޮސްފައި ވެއެވެ.

ޖޫހީގެ މި ދަތުރުގައި އޭނާގެ ފިރިމީހާ ޖޭ މެހެތާ އާއި ދަރީންގެ އިތުރުން އާއިލާގެ ބައެއް އެހެންވެސް މެމްބަރުން ބައިވެރިވެ އެވެ. ޖޫހީ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުވެސް ރާއްޖޭގައި ޗުއްޓި ހޭދަކޮށްފައެވެ.

ޖޫހީ އާއި އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، ބޮލީވުޑްގެ ގިނަ ތަރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހަރެން

    ދެން ކިހިނެކޯ ހަދަންވީި....