ކިޔަވައިގެން ހުރި މޮޅު ދިވެހި އަންހެނަކު، އަވަހަށް ކައިވެނި ކުރެވޭނެ ޑިޕްލޮމާ ފެންވަރުގެ ފިރިހެނަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފޭސްބުކް ޕޭޖެއް މެދުވެރިކޮށް މިކަން އިއުލާނުކޮށްފައި ވަނީ ކ. މާލެއަށް ނިސްބަތްވާ، އުމުރުން 43 އަހަރުގެ އަންހެނެކެވެ. އެ އިއުލާނުގައި އޭނާ ބުނެފައިވާ ގޮތުގައި އޭނާއަކީ މާސްޓާސް ޑިގްރީ ފެންވަރަށް ކިޔަވައިގެން ހުރި މީހެކެވެ.

އޭނާ ބުނެފައިވާ ގޮތުގައި އޭނާ މިހާރު ވެސް އުޅެނީ ސަރުކާރު ވަޒީފާއެއްގައެވެ. އަދި ކޮންމެ މަހަކު 15،000 ރުފިޔާގެ އާމްދަނީއެއް ލިބޭކަން ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

އެ އަންހެން މީހާ ބުނެފައިވާ ގޮތުގައި ކައިވެނިކުރުމަށް އޭނާ ބޭނުންވަނީ އުމުރުން 39 އަހަރާއި 44 އަހަރާއި ދެމެދުގެ ފިރިހެނަކާއި ކަމަށެވެ.

ގިނަ ޝަރުތުތަކެއް ކޮށް ކައިވެނި ޕޭޖުގައި އޭނާ ކޮށްފައިވާ އިއުލާނުގައި ވަނީ، އޭނާ އާއި ކައިވެނިކުރަން ބޭނުންވާ މީހަކީ ދީންވެރި، ހަރުދަނާ، ވަޒީފާ އަދާކުރާ، މާލޭގައި އުޅެވޭނެ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން އެއީ ޑިޕްލޮމާ ފެންވަރު ލިބިފައިވާ، އަވަހަށް ކައިވެނި ކުރެވޭނެ މީހެއް ކަމުގައި ވުމަކީވެސް އެ އަންހެން މީހާގެ ޝަރުތެކެވެ.

މި އަންހެން މީހާ އާއި ކައިވެނި ކުރުމަށް ޝަރުތު ހަމަވާ މީހުން، ޕޭޖަށް މެސެޖު ކޮށްގެން އޭނާއާއި ބައްދަލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ފޭސްބުކް ޕޭޖުތައް މެދުވެރިކޮށް ދިވެހިން ހަޔާތުގެ ބައިވެރިން ހޯދުން އާންމުވެފައި ވާއިރު، މީގެ ކުރިން އެއް ކޮޓަރީގެ އެޕާޓްމެންޓެއް ރަނެއްގެ ގޮތުގައި ހުށަހެޅުމަށްފަހުވެސް ފިރިހެނަކު އިންނާނެ މީހަކު ހޯދުމަށް އިއުލާނުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަބްދުއްލަޠީފު

    43 ގެ އަންހެނަކާ މަށެއް ނުވެއް އިންނާނަން. އަހަރެންގެ އުމުރަކީ 53. ހާދަ ލިސްޓުދިގޭ މި އަންހެނުން. ދުނިޔޭގަ ރީތި ދޮން ދީންވެރި ޅަ އަންހެން ކުދިން 60 އަހަރުގެ ފިރިހެނުންނާ އިންނަން ބޭނުނވެގެން މުޅި އިންޓަނެޓް ފުރާލާފަ އެއޮތީ. އަހަރެންގެ އަމިއްލަ ގެ އެބަހުރި. މުސާރަ 17000 ރުފިޔާ. ޑިގްރީ ނިއްމާފަ.

    25
    11
  2. މުހުއްމާ:

    ލާހިކައެއްނެއް.މާލޭގަ ދިރިއުޅޭމީހަކާ ވާވެސްއެޅޭކައް
    ކައްކާ ކާންވެސްދޭންޖެހޭނީ ތިއިރުން މަށައް.
    ފިރިންނަކައް އިހުތިރާމެއް ތިއަންހެނުން ނުކުރާނެ.
    ބުނާބަހެއް ގަބޫލެއްނުކުރާނެ. އުޅޭނީހިތުހުރިގޮތަކައް.
    ތަޖުރިބާކުރެވިފަހުރީމަ މިބުނީ .
    ވަރައްސަލާމް.

    34
    9
  3. ގީތާ

    ތި ޝަރުތައް އަހަރެމެންގެ ޝަރުތުވެސް ފިޓް ނުވޭ! ފުރަތަމަވެސް މުސްކުޅި، ބަލަ ޒުވާނުނައް އަހަރެމެން ދާނީ

    24
    5
  4. ޙުސިޔާރު

    43 އަހަރު ގަވެސް މީހުން މީހުނާ އިނދޭ. ޢަދި އެއަށްވުރެ ދޮށީމީހުންވެސް މީހުނާ އިނދޭ. ކޮބާ މައްސަލަޔަކީ. ޢޭނަ ނޫޅެ ދޯ 50 އަހަރު ގެ މީހަކާ އިންނާކަށް . ނޫނީ 20 އަހަރު ގެ މީހަކާ އިންނަން. ސަރުތުތައް ކިޔާފަ ކޮމެންޓް ކުރުން ބުއްދިވެރި.

    22
    3
  5. ނައިސް

    މިއުއްމަތުގެ މާތް ނަބިއްޔާ ހަދީޖަތުގެ ފާނާ ކައިވެނި ބައްލަވާއި ގަތީ އެކަލޭގެ ފާނުގެ އުމުރުފުޅުން 25 އަހަރު ފުޅުގައި .ޢޭރު އެކަމަނާގެ އުމުރުފުޅުން 40 އަހަރު ފުޅު .
    ކައިވެނި ކުރަން ވަކި އުމުރެއް އޮވޭތޯ ﷲ އަންގަވާފައި. ނޫނީ ވަކި އުމުރެއްވީމާ ކައިވެނި ނުކުރަން އިސްލާމް ދީނުގައި އަންގަވާފައި އޮވޭތޯ.

    12
    1
  6. ޢަޒީޒް

    އަހަރެންގެ އުމުރުން 43 އަހަރު އަންހެނުންގެ އުމުރުން އަދިވީ 32އަހަރު.ވަޒީފާ އަދާ ނުކުރިޔަސް އަހަރެންގެ އަންހެނުން ނލާހިކު ބަސްއަހާ އެންވީމާ އަހަރެން ބުނެލަން އޮތީ ތީމީހަކާ އިންނަން އުޅޭ މީހަކާ އިންނަން އުޅޭ މީހެއް ނޫނޭ ތިޔަ ޝަރުތު ހަމަވާމީހެއް ތިކަހަލަ މުސްކުޅި އަންހެނަކަށް ނުލިބޭނެއޭ

    1
    6
  7. ނައިސް

    ޢަހަރެން ނަށް 45 އަހަރު މިހަާރު . ޢަހަރެން އިންދެގެން އުޅެނީ 38 އަހަރުގެ ފިރިހެނަކާ. ޢަހަރެމެން އުޅެނީ ނު ލާހިކު އުފަ ލުން. ޢަހަރެމެން ގެ ދެމީ ހުންގެ 7 އަހަރު ގެ ތަފާތު އެބަހުރި. ޢެހެން ވީމާ އެއްވެސް މީހަކާ ދިމާ ލައް ނުވާނޭ ނުބުނެވޭނެ. ޙުރިހާ ކަމެއްވެސް މިންވަރު ކުރައްވަނީ ﷲ. ޢެކަ ލލާގެ ކަމަކަށް އިރާދަކުރައްވައި ފިއްޔާ ނުވާނެކަމެއް ނޯންނާނެ. ޢިންސާނާއަށް ހަމަ ނޭގެނީ.

    11