އިންޑޮނީޝީއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން އިން ބަރަހަނާ ވެބްސައިޓަކަށް ރެޖިސްޓްރީ ވެފައިވާ މައްސަލައެއް ހޫނުވެއްޖެއެވެ.

މި މިނިސްޓްރީން ކެނެޑާގެ ބަރަހަނާ ވެބްސައިޓަކަށް ރެޖިސްޓާކޮށް އެކައުންޓް ވެރިފައިކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު، އެކަން ހާމަވާ ފޮޓޯތަކެއްވެސް މިހާރު މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

މި މައްސަލަ ފެންމަތިވުމާއި ގުޅިގެން އެކަން ދޮގުކޮށް، އިންޑޮނީޝިއާގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން މިނިސްޓްރީގެ ތަރުޖަމާނު، ފާޑިނާންޑަސް ސެޓޫ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެ މިނިސްޓްރީން ބަރަހަނާ ވެބްސައިޓެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، އަދި އެފަދަ އެއްވެސް އަމަލެއް ހިންގާފައި ނުވާ ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި، މިހާރު ދައުރުވަމުންދާ ފޮޓޯއަކީ ބަޔަކު މިނިސްޓްރީގެ ނަން ބޭނުންކޮށްގެން ބަރަހަނާ ވެބްސައިޓެއްގައި ރެޖިސްޓާ ވުމަށްފަހު ނަގާފައިވާ ސްކްރީންޝޮޓެއް ކަމަށެވެ. އެކަމާއި ގުޅިގެން އެ ވެބްސައިޓަށް މިނިސްޓްރީން މިހާރު އީމެއިލްގެ ޒަރިއްޔާއިން މައްސަލަ ހުށަހަޅާފައިވާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ސެޓޫ ބުނެފައިވަނީ، މިއީ މިނިސްޓްރީ ބަދުނާމު ކުރުމުގެ ގޮތުން ބަޔަކު ހިންގާފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އިންޑޮނީޝިއާގެ ސައިބާކްރައިމް ޕޮލިސްގެ އެހީތެރިކަމާއެކު އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

އިންޑޮނީޝިއާގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން މިނިސްޓްރީން ބަރަހަނާ ވެބްސައިޓަކަށް ރެޖިސްޓްރީ ވެފައިވާ މަންޒަރު ފެންނަ ސްކްރީންޝޮޓް ތަކެއް މިހާރު ދައުރުވަމުންދާއިރު، ގިނަ ބައެއްގެ ފާޑުކިޔުން އެ މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ. އެފަރާތްތަކުން ބުނާގޮތުގައި މިއީ އެ މިނިސްޓްރީގެ ތެރެއިން ހިންގާފައިވާ ކަމެއްކަން އެނގޭ ކަމަށެވެ.

މިހާރު ދައުރުވަމުންދާ ސްކްރީން ޝޮޓެއްގައި، އެ މިނިސްޓްރީގެ ނަމުގައި ބަރަހަނާ ވެބްސައިޓުގައި ރެޖިސްޓްރީ ވެފައިވާ، ވެރިފައިޑް އެކައުންޓު މެދުވެރިކޮށް ކޮށްފައިވާ ކޮމެންޓެއްވެސް ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު ދީދީ

    ޙަބަރު ސުރުޙީ ފެނުމުން އަޅުގަނޑު ހީކުރީ ރާއްޖެގައި ހިގިކަމެއްކަމަށް... އެހެންކަމުން ވަރަށް ސައުގުވެރިކަމާއެކު ޙަބަރު ކިޔަންފެށީމައި މިއެގުނީ އަދި އެހެން ޤައުމެއްގައި ހިގިކަމެއްކަމަށް... ހީހީ ހަލާކު ނުވިކިރިިޔާ ??

    22
    • އަންމަޑޭ

      ހެހެހެހެހެހެ........ ރައްޔިތުން މަޖިލީހުގެ ބަރަހަނާ މެމްބަރުން ވެބްކެމް ކީ ކަހާނީ ކުޅުނު ހަދާން އައީތަ؟

      15