މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރުމަށް މަސައްކަތް ކުރި ބިދޭސީއަކު އެކަން ކުރިކަމަށް ފުލުސް އޮފީހުގައި އިއުތިރާފުވުމުންވެސް އަދަބުނުދީ، ދޫކޮށްލައިފިއެވެ.

އެރޭ ޝިކާރަ އަކަށްވި 22 އަހަރުގެ އަންހެން މީހާގެ ތިމާގެ މީހަކު "ވަގުތު" އަށް ވަނީ އެެކަން ހިނގި ގޮތް ހިއްސާކޮށްފައެވެ. އޭނާ ކިޔައިދިން ގޮތުގައި އެދުވަހުގެ ރޭ 22:00 ކަންހާއިރު އަންހެން މީހާ ގެއަށް ވަތް ވަގުތު އެ އަންހެން މީހާ ދިރިއުޅެމުން ދިޔަ ސަރަހައްދުގައި އުޅެމުން ދިޔަ ބިދޭސީ މީހަކު އޭނާގެ ފަހަތުން އެގެއަށް ވަނެވެ. އަދި އެ އަންހެން މީހާގެ ފަހަތުން ގޮސް އެ ގެއަށްވަދެ ގޭގެ ދޮރު ބިދޭސީމީހާ ތަޅުލިކަމަށް އޭނާ ކިޔައިދިނެވެ.

އެއަށްފަހު "އަހަރެންނާއި އެކު ލޯބިކުރެވިދާނެތަ" މިހެން އަންހެން މީހާ އާއި ސުވާލު ކުރި ކަމަށާއި، އެހެން ނަމަވެސް އެކަމަށް އޭނާ އިންކާރު ކުރިކަމަށް "ވަގުތު" އަށް މައުލޫމާތު ދިން ފަރާތުން ކިޔައިދިނެވެ.

އެެގޭގައި އެވަގުތު އެ ދެބަފައިންނާއި، 22 އަހަރުގެ އަންހެން މީހާ ފިޔަވައި އިތުރު އެއްވެސް މީހަކު ނޫޅޭ ކަމަށާއި، އޭގެ އަނެއް ދުވަހު އަންހެން ކުއްޖާ އާއި އެކު ފުލުހުންނައް މައްސަލަ ހުށަހެޅުމަށް މާފަންނު ޕޮލިސް ސްޓޭޝަން އަށް ދިޔަކަމަށާއި، އެހެން ނަމަވެސް އެތަނުން ބުނީ ހެޑް ކުއާޓަރަށް އަންހެން މީހާ ގޮވައިގެން ދިއުމަށް ކަމަށް އޭނާ ކިޔައިދިނެވެ.

"ހެޑް ކުއާޓަރަށް ގޮއްސަ ބޭރު މީހާގެ ނަން ބުނީމަ އިރުކޮޅެއްގެ ތެރޭގައި އޭނާ ގެނެސްފި އެތަަނަށް. އޭނާ އެވަގުތު އެއްބަސްވި އެމީހުން ކައިރީގައި އެކުއްޖާގެ ގަޔަށް އަރަން ތިމަންނަ މިވެނި އެއްޗެއް ބުނީމޭ ކިޔާފަ. އެވަގުތު އަހަރުމެންނަށް ހީވީ އޭނަ ހައްޔަރު ކުރާނެއޭ. އެކަމަކު އެރޭ ފުލުހެއް ގޮވައިގެން ދިޔައީ އެގެޔަށް ވަންނަން. ގޮސްފަ މާރާމާރީ ހިންގަން އުޅުނީ" އޭނާ ކިޔައިދިނެވެ.

ޖެހިގެން އައި ދުވަހު އަނެއްކާވެސް އަންހެން މީހާ ބަޔާން ނެގުމަށް ގެންދިޔައެވެ. އަދި ގެންދިއުމަށްފަހު އޭނާ ކައިރީގައި މައްސަލަ ބޮޑު ކުރުމަށް މަސައްކަތް ކުރަމުން ދަނީ އެއީ ބިދޭސީއަކަށް ވުމުންތޯ ސުވާލު ކުރި ކަަމަށާއި، އެއީ ކޮށްގެންވާނެ ސުވާލެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށް އެ އަންހެން މީހާގެ އާއިލާއިން ބުނާކަމަށް "ވަގުތު" އަށް މައުލޫމާތު ހިއްސާކުރި ފަރާތުން ވަނީ ބުނެފައެވެ.

"އާއިލާއިން މިހާރުތިބީ ހަދާނެ ގޮތް ހުސްވެފައި. ދެން ފުލުހުން އެހާ ޕްރޮޓެކްޝަން ދޭ ބިދޭސީއެއް ވެއްޖިއްޔާ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ އެއްނު. އެކަމަކުވެސް ކުރާ މަސައްކަތެއް ހުއްޓައެއް ނުލާނެ ކަމަށް އާއިލާއިން ބުނަނީ" އޭނާ ބުންޏެވެ.

ފުލުހުން އެކަން މާބޮޑު މައްސަލަ އަކަށް ބަލައިނުގަންނަނީ ނުވަތަ އެ ބިދޭސީ މީހާގެ ބާރު ގަދައީ ކަމަށް މައުލޫމާތު ދިން ފަރާތުން ދެކެއެވެ. އެއީ އާއްމު ގޮތެއްގައި ބިދޭސީން މިފަދަ ބޭއަދަބީ ކަންކަން ކުރާނަމަ ފުލުހުން އެކަމެއް ވަރަށް އަވަހަށް ބަލައި، ފިޔަވަޅު އަޅާތީއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ހަބީބު.

    ރަނގަޅު ލޮނު މިރުސް ގަނޑެއް ފުނޑާފަ ލޯބި ކޮއްލަބަލަ

    205
    10
  2. މަގޮލާ

    މިހާރު ރާއްޖޭގެ ޕޮލިހުންގެ އެއްވެސް ޕްރޮފެޝަނަލް ކަމެއް ނެތް... ޚާއްޞަކޮށް ފަހުން ވަޒީފާ ތަކަށް ވައްދާކުދިން ތިބެނީ ހަމަ ރޮލާ...

    238
    7
    • ރަސީދު

      ޢަދިވެސް ކޮންކުރިޓު ނޫން ބަޔަކާ ސަރުކާރު ހަވާލު ކޮއްލާތި

      51
      6
  3. ކޮތަރުބިސް

    ކޮބާ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރަމުން ދެކޮޅު ވިއްދާނަގަމުންދުވާ ޖަމްއިއްޔާ ޖަމާއައްތައް މިމީނުން ތެޅިގަންނަނީ މިމީހުންގެ މައިންބަފައިންނާ ދަރިންނާ އާއިލީމީހުންނާ ބަޔަކު ބެހުނީމަތަ ނޫނޫ ތިމާމެން ހަސަދަވެރިވާމީހަކު ކަމެއްކުރީމަ އެމީހަކައް ހަސަދަ ފިލުވާލަންތަ

    189
    2
    • ބީރައްޓެހި ބައެއް ފިކުރު

      އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރަމުން ދެކޮޅު ވިއްދާނަގަމުންދުވާ ޖަމްއިއްޔާ ޖަމާއައްތައް :
      މިފަދަ ގިނަ ޖަމިއްޔާތަކުގެ އަސްލުު ބޭނުން އިނގޭ، އެއީ ދީނަށާއި ރަސޫލު (صلى الله عليه وسلم) އަށް ފުރައްސާރަ ކުރުން. މިޚަބަރުގައި އޮތް ކަހަލަ ކަންތަަކަކީ އެފަދަ ޖަމާއަތްތަކަށް އެނގޭ ކަންނަކަމަކަށް ނުވޭ،
      އިސްލާމްދީނާއި ބީރައްޓެހި ބައެއް ފިކުރުތަކުގައިވާ ގޮތުން އަނިމީހާ އަށް ފިރިމީހާއި އެކު ކައިބޮއި ނިދާ ހެދޭ ފަދައިން އެހެން މީހުންނާއިއެކުވެސް އެފަދަ ކަންތައްތައް ކުރުމަށް ހުރަހެއް އޮވެގެން ނުވާނެ.

      110
      8
      • މޫސަ

        ވަރަށް ފޭކް ދޮގު ހަބަރެއްމީ ޔަގީން ގަބޫލުކުރަން ވަރަށްދަތި ހަބަރެއްމިއީ ފިރިމީހާ އޮތް ކޮޓަރިއަށް ވަނީ އަންހެންމީހާ ހުއްޓިފަ ލޮލް

        43
        41
  4. ޙާނިމް

    ކޮބާ އެއްކަލަ އެވޯރޑް ރަފިއްޔާ މިކަމާ ވެސް އެއްޗެއް ނުބުނެވޭ. ޢެވޯޑްތައް އަތުލަންވީ

    93
    5
  5. ހަމިއްޓެ

    ކޮބާ އެމްސީ ހަމީދު

    112
    4
  6. ބިދޭސީ

    ބިދޭސީން ވީމަ މިރާއްޖޭގެ ހުރިހާ ޤާނޫނުތަކާ އިދިކޮޅަށް ޤަވާއިދުތަކާ ޚިލާފަށް އުޅެނީ. ޜަނގަޅަށްޢެބުނީ. ދެން ފުލުހުންނަކީ އެއްވެސް ޤާނޫނެއް ހިންގާ ބައެއްނޫން. ބޭނުންގޮތަކަށް އުޅޭބައެއް އެއީ. ފުލުހުން ޤާނޫނާޚިލާފު ކަމެއް ކޮށްގެން މައްސަލަ ޖައްސާނެ ތަނެއް ނުހުރޭ ބެލޭނެގޮތެއްވެސް ނުހުރޭ އެކަމެއް ހުއްތުވޭނެގޮތެއްވެސް ނޯވޭ. ޙުއްޓުވޭނެބަޔަކުވެސް ނެއި. ރައްޔިތުންގެ އިތުބާރުގެއްލި ރަޔިތުން ތަޅާ ސުންނާފަތިކޮށް ރައްޔިތުން ފެލާ ބައެއްތީ. ރާއްޖޭގެ ޤާނުނާއި ޚިލާފަށް ފިހާރަތަކުގަ ތިބޭ ބަންގާޅީން ނުފެންނަ ކަނު ބައެއް ފުލުހުންތީ. މިކަހަލަ ކަން ކަން ވާތީ ރައްޔިތުންނަށް ޤާނޫނު ތަންފީޒުކިރަން މަޖުބޫރުވަނީ..

    84
    9
    • ކަސް

      ހޮއެ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އޮވޭ. ހާދަފަހަތުގަ ތިއުޅެނީ. ކޮމެންޓްކުރެވޭތޯ ބަލާތި.

      27
      23
      • މުކި

        ކޮމިޝަނެއްނޫން ބޭނުންވަނީ ދަތްހުރި ފުލުހުންނާ އުރައްޕަތެއްހުރި ސަރުކާރަކާ، ޤަވާއިދު ތަންފީޒުކުރެވޭވަރުގެ އިދާރާތައްބޭނުންވަނީ. ކޮންމެ ދެމަފިރިއަކަށް ކޮމިޝަނެއް އޮންނަކަން ނޭންގިގެން ރައްޔިތުނެއް ނޫޅޭ

        30
        2
      • އައިސްތު

        އެތަނަށްލާ މައްސަލަ 2 އަހަރު ވެގެން ދާއިރުވެސް ނުނިމޭ. އެވަރު ތަނެއްގެ ވާހަކަ ތިޔަބުނީ.

        28
      • ހަސަނު

        ކޮއްކޯ ކަލޭ ކައިރީގައި ކަލޭގެ މައްސަލަ ޖެއްސީމަ ދެންވާނެގޮތް ............. ނަރު ހަމަ މަދީއޭ ބުނެވޭނީ ދޯދޯދޯދޯ

        9
        1
  7. ށުމަން

    ފުލުހުން ތިގޮތަށް ކަންތައް ކުރަންޔާ ދެން އަހަރެ މެން
    ނިން މާނީ ފުލުހުން ނަކީ ނެތް ބަޔެއްކަ މަށް. ޢޭރަށް ފުލުހަށް ދިޔު މުގެ ކުރިން ފައިސަލާ ކޮއް ނިން މާނަން..

    87
    7
  8. ބޭޗާރާ

    ރަށްރަށުގައި ތިބޭ ފުލުހުންނާއި ޕާޓޭންނާ މީ އެއްބައިވަންތަބައެއް. މިހާރު އެގޮޅިއަށް ބިދޭސީންވެސް އިތުރުވީތާ.

    89
    6
  9. ޖަމީލު

    ތިހުރިހާ ކަމެއް ތިހިނގަނީ ޕޮލިހުންގެ ސަބަބުން ވާ އެއްވެސް ކަމެއްނެއް އެމީހުނަކައ ސްޓޭޓް ޕޮލިސް ހަދާންވީ..

    46
    2
  10. ކިނބޫ

    ޓެކްސީ ޑްރައިވަރު މަރާލިކަމަށް އެއްބަސް ވިޔަސް މެރުމުގެ ނިޔަތް ނެތީމަ ކުށަކަށް ނުވީ ބީދައިން ތިމީހާވެސް އެކަމަށް އެއްބަސްވިއެއް ކަމަކު ކަން ކުރުމުގެ ނިޔަތް ނެތީ ކަމަށް ވާނީ.

    42
    2
    • ހަމައެކަނި

      ނިޔަތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް އެކަނި.

      14
  11. އަބޯ

    ބޭރު މީހާ ވެސް އެގޭ މީހާގެ ނަންވެސް އެގޭ އުޅޭތަންވެސް އެގޭ ކުރާމަސައްކަތްވެސް އެގޭ ވީމާ ސުވާލު އުފެދޭ އަންހެންމީހާގެ ވާހަކަތަކާމެދު .ފިރިމީހާގޭގަ އޮތުން މައްސަލަޔަށްވީ ދޯ ؟

    37
    6
  12. އަބޯ

    އަންހެން މީހާދިޔައީ ބިދޭސިމީހާ ގޮވައިގެންނޫންބާ؟ ފިރިމީހާ ގޭގައޮތްވަގުތަކާދިމާވީ އުތަ ؟

    42
    9
  13. ދަވްތޫރް އަބުދުލް އަޒީޒް

    މީމިގައުމުގައި މިހާރު ސަގާފަތުތެރެޔައް ވަންނަކަމެއް ކުއްވެރިންގެ ރިކޯޑް ގާއިމް ކުރާ ސަގާފައް ތިޔަބުނާ ބިދޭސީމީހާގެވެސް އޮންނާނެ ކުށުގެރުކޯޑް މިގައުމައް އައީ ވިސާނެތި މިގައުމުގައި އުޅެމުން ދަނީ އިމިގްރޭޝަންގެ ގާނޫނާ ޙިލާފައް މަސައްކައްކުރަމުންދަނީ ގާނޫނާ ޙިލާފައް މިހެންގޮސް ވޯލްޑްރެކޯޑް އޮންނާނެ މިޔޮއްގައުމެއްތާ ދޯ ސަހަރޯ

    18
  14. ށެންބާ

    ޕޮލިހުންނަށް ކުރެވޭ ކަމަކީ ސައިކަލުގަ ސްޓިކާ ޖެހައިގެންނާއި ޖޫރިމަނާ ކޮއްގެން ރައްޔިތުމީހާ ފެލުން އެވެސް ގޯސްކޮށް އުޅޭ މީހާ ޖޫރިމަނާ ކުރާކަށް ނުކެރޭ ރަނގަޅައް އޫޅޭ މީހާގެ ފަރާތުން ކިރިޔާ ކަމެއް ފެއްނަ އިރަށް ލައިސަން އަތުލާފަ ޖޫރިމަނާ ކޮއްލާނެ

    48
    1
  15. މަންޖެ

    ހާދަ ގަބޫލުކުރަން ދަތި ވާހަކައެކެވެ. އެސަރަހައްދުގައި ދިރިއުޅޭ ބިދޭސީ އެކޯ. ފުލުހުން ކައިރީގައި ނަން ބުނި އިރަށް އޭނަ ގެނެއްސިއޯ؟؟

    48
    6
  16. ތެދެއް

    ތީ އި ބޮޑު އުނދަގުލެ އް ވަބާ އެ އް ހަމަ. ފަހަތުން ހިނގާ އަތުގަ އި ވެސް އަތްލާ ގޮތެ އް ގޮތެ އް ނެތް ބަ އެ އް.. އަމި އްލަ ދަރިޔަކު ގޮވާ ގެން ހު އްޓަސް ބެލު މެ އް ނެތް ގޮތްކުޑަ ބަ އެ އް. އެބުނީ ފިރިމީހާއަށް ދަރި އޮ އް ވާވެސް ފަހަތުން ވަ ދެބުނެލި އެތި.. ގަބޫލު ކުރަން އެވާހަކަތަ އް. މިބުނީނު ން ބޮޑުނޮހޮރު ޕާނެ އް މިމީހުންނަކާ ހެދި އެ އެކަން ގަބޫލުނުކުރާނީ ވެސް އެ އް ވަ އް ފަތުގެ މީހުން ނެ އްނު..

    18
    4
  17. ޙިޔާލީ ދުނިޔެ

    ބިދޭސީ މީހާ އައް ފިޔަވަޅު ނާޅާފި ނަމަ މިކަހަލަ ކަންކަން ތަކުރާރު ވުމަކީ އެކަޝީގެން ވެދާނެ ކަމެކެވެ

    30
    2
  18. އެންދެރި

    ފިހާރަ ތަކުގަ ރައްޓެހިވެގެން އުޅޭ މީހުން ގިނަ އެވެ. ގިނަ ވަގުތު ދެ މީހުން އެކީ އެވެ.

    28
    2
  19. ނަސީދު

    ފެއިލް ސަރުކާރު ބޮއްސުން ލައިގެން ދާސަރުކާރު

    25
    5
  20. Anonymous

    އެކަމު ދިވެއްސެނަމަ ބަންދުކުރޭ މީތޯ އެބުނާ މިނިވަން އިންސާފު

    24
    3
  21. Anonymous

    ލާދީނީ އެޖެންޑާ 19

    28
    8
  22. ޢަލީ

    ކޮން ފުލުހެއް ތިޔަފާޑައް ފުލުހެއް ތެޅެންޏާ ރޯނާގަންނަވާލަބަލަ. ގިނަފުލުހުންނަކީ ނުކުޔަވާ ތިބި ސަންގޯރުން

    16
    2
  23. ފާތުނ

    ތިޔަ ބިދޭސީންގެ ކަންތަށް ހާދަ ބޮޑުވެއްޖެ އޭ މި ގައު މުގާ.ދިވެހިނަށް ވުރެ މާ ގަދަ އެ މީހުން މިތާއުޅޭ ގޮއެތް.ދެން މަދެނުވާނެތީން މީހެށް.ވިއަސްވާނީ ގިނަ.

    10
    1
  24. ފުލުސް

    ތިމީހުންގެ އޭޖެންޓް ތިބެނީ ފުލުހުންގެ ބޮޑުން ކަޓުނަގަފަ

    12
  25. ބޮންދުރާއްޖެ

    މީ ދިވެި ރާއްޖެއެއްނޫން. ބަންގަލޭޝްގެ އަވަށެއް. ތިބު ނާބިދޭންސީންގެ ތަނެއްމީ. އެމީހިން ބޭނުންގޮތަކަށް މިރާއްޖޭގަ އުޅޭނީ. ވިސާއެއް ބޭނުމެއްނުވާނެ ، ވިޔަފާރި، ކޮންސްޓްރަކްޝަން މަސައްކަތް، ހިއުމަންޓްރެފިކިނގް،ހަށިވއްކުން، ގޯޅިގޯޅި ކަންމަތީ އަންހެނުންނާ ފޮށެން ކުޑަ އަންހެން ކުއްޖެއް، މުސްކުޅި އަންހެނެއް މި މީހުން ބަލާނެ މަތިންފެށިގެން ތިރިއަށް. ނުވިތާކަ ތިބި ތަނުން ގުޑާނުލާ ތިބޭނެ ގައިގަ ކޭތިލެވޭތޯ. މިހާ މިވެރިންނަށް އަރާމު ތަނެއްނެތެންނު. ދިވެހިރާއްޖޭގެ ޤާނޫނު މިމީހުންގެ މައްޗަށް ނުހިނގާވިއްޔަ.

    21
    2
  26. ޚަލީފަތު

    މިގައުމެއް ވާ ނެތް. ބިރުވެރި ކަމާއި ނާމާން ކަން . މަގުމަތިން ފެށިގެން ގެދޮރުގަވެސް .

    10
  27. ރައްޔިތުން

    ތިޔަ ކަމުގާ އާދަޔާ ޚިލާފު އެތައް ކަމެއް ވާހެން ހީވަނީ. ތިޔަ އާއިލާއިން ތިޔަ އަންހެން ކުއްޖާ އަށް ސަރުކާރުން ހެޔޮ މަގު ދައްކަންޖެހޭ. އަދި އެކަން ބެލި ފުލުހުންނާ ބޭރު މީހާއާ މެދުވެސް އެ އާއިލާޔާ މެދުވެސް ފިޔަވަޅު އަޅަންޖެހޭ.

    3
    3
  28. ވަގުތު

    ފުލުހުންނަށް ކަން ހިނގާދިއަގޮތް ކިޔާދެވެން ނޯނާނެ ތިހާލަތުގަ ކިޔާދީފިއްޔާ އަންހެނެއްގެ ހައްގާއި ފިރިހެނެއްގެ އަނބިމީހާގެ ހައްގު ގެއްލޭނެ މީގައޮތީ ނޫސްވެރިން ޒިންމާ ކިރުވުން

    1
    2
  29. Anonymous

    މަގުމަތީ އުޅޭއިރުވެސް ކަނޑައެޅިގެން ޖެއްސުން ކުރާބައެއް ބަންގާޅިންނަކީ.

    10