ހަވާދުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ދިރިއަކީ ދިވެހިންވެސް އާއްމު ކެއްކުމުގައި ގިނައިން ބޭނުންކުރާ އެއްޗެކެވެ. ހަވާދު އަޅައިގެން ކައްކާ ރިހަތަކުގެ ހަވާދުގަނޑު ތައްޔާރުކުރަން، މި ބާވަތް ބޭނުންކުރެއެވެ. ހަމައެހެންމެ، މައިގަނޑު އިންގްރިޑިއަންޓަކަށް ދިރި ހިމެނޭ އެތައް ބާވަތްތަކެއްވެސް ހުރެއެވެ.

ހިމުންކޮށް މުގުރާފައާއި އޭގެ އަސްލު ގޮތުގައި ދިރި ބާޒާރުން ލިބެން ހުންނައިރު، މިއީ އެތައް ފައިދާތަކެއް އިންސާނާގެ ހަށިގަނޑަށް ލިއްބައިދޭ އަދި އެތައް ފައިދާހުރި މާއްދާތަކަކުން މުއްސަނދިވެފައިވާ ކުޑަކުޑަ ބާވަތެކެވެ.

ޤަވާއިދުން ދިރިއާއި ގިނަ އަދަދަކަށް ދިރި ހިމެނޭ ބާވަތްތައް ބޭނުންކުރުން އެންމެ ރަނގަޅު އެއް ބަޔަކީ ގާތުން ދޭ މައިންނެވެ. ސަބަބަކީ މިއީ ކެލްޝިއަމް އަދި އަޔަން އިން މުއްސަނދިވެފައިވާ ބާވަތަކަށްވާއިރު، މިގޮތުން ތުއްތު ދަރިންނަށް މި ބާވަތްތައް ފޯރުމެވެ. ހަމައެހެންމެ، މިއީ އަޔަންގެ މާއްދާއިން މުއްސަނދިވެފައިވާ ބާވަތަކަށްވުމުން، މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުކޮށްދީ، ރަނގަޅަށް ހަށިގަނޑުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެހީއެކެވެ.

ދިރި އޮށުގައި ހިމެނޭ ބައެއް ސިފަތަކުގެ ސަބަބުން، މިއީ ކިޑްނީއަށް ނުހަނު ފައިދާހުރި ބާވަތެކެވެ. ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރިކޮށްދީ، އެގުނަވަނުގެ ދުޅަހެޔޮކަން، މި ކުޑަކުޑަ ބާވަތުން އިތުރުކޮށްދެއެވެ.

ހަމައެހެންމެ، ރޭގަނޑު ހަމަ ނިދި ނުލިބޭ ފަރާތްތަކަށްވެސް މިއީ ބޭނުން ނުކޮށް ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. ދިރިއާއި ދޮންކެޔޮ އެއްކޮށްގެން ހަދާ ސަޔަކީ އިންސޮމްނިއާ އަށް އެފަދަ ދެވަނައެއް ނެތް ހައްލެކެވެ.

މީގެއިތުރުން، މިއީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ އެއްޗެއްކަމަށްވާއިރު، މިއީ ގިނަ އަދަދެއްގެ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރާ އެއްޗެކެވެ. އެސްތުމާ، އަރިދަފުސް ރޯގާ، ހުން އައުން އަދި ނޭވާލާ ނިޒާމަށް ޖެހޭ އެހެން ބަލިތަކުން ރައްކާތެރިވެ، ދުރުވުމަށް އަދި ފަރުވާއަކަށްވެސް މިއީ މޮޅު އެއްޗެކެވެ.

ދިރީގައި ހިމެނޭ އެންޓި-ކާސިނޮޖެނިކް ސިފަތަކުގެ ސަބަބުން، މިއީ ނުރައްކާތެރި ކެންސަރު ބަލިން ރައްކާތެރިވުމަށްވެސް ރަނގަޅު އެއްޗެކެވެ. ހަމައެހެންމެ، މީގައި އެކުލެވޭ އަޔަންގެ ސަބަބުން މިއީ އެނީމިޔާ ފަދަ ބަލިތަކުން ރައްކާތެރިވުމަށްވެސް މޮޅު އެއްޗެކެވެ.

އިތުރަށް ބަލާއިރު މިއީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދޭ އެއްޗެއްކަމުން، މިއީ ހަކުރު ބަލި މީހުންވެސް ބޭނުންކުރުން ރަނގަޅު އެއްޗެއްކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ. ހަމައެހެންމެ، އަންހެނުންގެ މައްސަރު ކަންކަން ރަނގަޅުކުރުމަށްވެސް މިއީ މޮޅު އެއްޗެކެވެ.

އެހެންކަމުން، ކިތަންމެ ކުޑަކޮށް ހުރިކަމުގައިވިޔަސް، މިއީ އެތައް އެތައް ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައާއި

    އަދި އިތުރަށް..
    ދިރި ސަޔަކީ ގޭސްޓްރިކް މައްސަލަޔައްވެސް ވ ބޮޑު ހައްލެއް.
    ދިރިޔާ ދަވިއްގަނދަކީ މަރުފިޔަވާ ހުރިހާ ބައްޔަކައްވާ ޝިފާއެއްކަމައްވެސް ހަދީސްއަކުން ދެކުނިން.. ކަޅުދިރީގެ ވާހަކަ އޮތް ހަދީސަ އއް ނޫން މިބުނީނީ އަދި.

    • އ

      الحَمْدُ للهِ
      جزاك اللهُ خيرًا

  2. އ

    الحَمْدُ للهِ
    جزاك اللهُ خيرًا