އާއްމުކޮށް މި ޒަމާނުގެ ގިނަ ކުޑަކުދިން ލިބޭ ހުސްވަގުތުތަކުގައި އުޅޭނީ ކުޅޭށެވެ. ކާޓޫން ބެލުމާއި، ޓެބްލެޓް ފަދަ އެއްޗެހި ކުޅުމަކީ އެ ކުދިންގެ އާދައެވެ. ނޫނީ އުޅޭނީ މަގުމަތީގައި ކުޅޭށެވެ. ނަމަވެސް މިއީ ތަފާތު ކުއްޖެކެވެ. ނަމަކީ ޖޯކުއިމް ޖޮހޮނަސްއެވެ.

އުމުރުން ފަސް އަހަރުގެ ޖޯކުއިމް ވަގުތު ހޭދަކުރަނީ ގޭގެ މަސައްކަތް ކުރުމުގައެވެ. މި ކުއްޖާގެ ވާހަކަ ހިއްސާކޮށްފައި ވަނީ ފޭސްބުކްގައެވެ.

މި ކުއްޖާއަކީ މެލޭޝިޔާގެ ޕްރީ ސްކޫލެއްގައި ތައުލީމް ހާސިލް ކުރަމުންދާ ކުއްޖެކެވެ. އޭނާ ވަރަށް ކުޑައިރުން ފެށިގެން މާމާމެން އާއްމުދަނީ ހޯދުމަށް ކުރާ މަސައްކަތުގައިވެސް އަދި ގޭތެރޭގެ އެހެން މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދޭކަމަށް ވެއެވެ. އެގޮތުން އެ އާއިލާއިންކޮށް އުޅޭ ދަނޑުވެރިކަމުގައިވެސް ޖޯކުއިމް މިއީ ބައިވެރިއެކެވެ.

މީގެ އިތުރުން، އެއްޗެހި ދޮވުމާއި، ބޫޓުތައްވެސް ސާފް ކުރުމަކީ ޖޯކުއިމް ކުރާ ކަމެކެވެ.

އެ ހިސާބުގައި ދިރިއުޅޭ މީހުންނަށްވެސް އޭނާއަކީ ނަމޫނާ ކުއްޖެކެވެ.އޭނާ ބޮޑުވެގެން އަންނައިިރު، ގިނަ ކަންތައްތައް ކުރަން އެނގުމުން އެކަނި އުޅެންވެސް ދަސްވާނެކަން ޔަގީނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެއްމެން

    މިއީ ރާއްޖޭގާވެސް އަށްޑިހައިގެ އަހަރު ތަކުގެ ކުރީކޮޅާ ހަމަޔަށް ފެނުނު މަންޒަރެކެވެ. އެކަމަކު ރަށްފުށުންނެވެ. މާލެއިން ފެނުނިއްޔާ އެވާނީ ރައްފުށުން އައިސްފަ ހުރި ކުއްޖަކަށެވި.

    • ނުބުނި

      ތީ ތެދެތް????

  2. އެއްމެން

    މިއީ ރާއްޖެއިންވެސް އަށްޑިހައިގެ އަހަރު ތަކުގެ ކުރީކޮޅާ ހަމަޔަށް ފެނުނު މަންޒަރެކެވެ. އެކަމަކު ރަށްފުށުންނެވެ. މާލެއިން ފެނުނިއްޔާ އެވާނީ ރައްފުށުން އައިސްފަ ހުރި ކުއްޖަކަށެވި.
    ކުދިން މަސައްކަތައް އަހުލުވެރި ކުރުވުމަކީ ފައިދާ ބޮޑުވާނެ ކަމެއް.