މިއީ މިވާހަކައެއް ދެއްކުމުން ކޮންމެ ދިވެހި ރައްޔިތެއްގެވެސް ލޭ ކެކިގެން ދާ ވާހަކައެކެވެ. އެއީ ދިވެހި ފުލުހުން ހުއްޓުމެއްނެތި ރެޔާއި ދުވާލު އާއްމު ރައްޔިތުންގެ ސައިކަލުތަކުގައި ސްޓިކާ ޖަހާ މައްސަލަ އާއި ޗެކުޕޮއިންޓުތައް އިތުރު ކުރާ މައްސަލައެވެ.

ކޮންމެ ހަފްތާ އެއްގެ މައްޗައް ފުލުހުން ސްޓިކާ ޖަހައިގެން 1 މިލިއަނަށް ވުރެން ގިނައިން ރުފިޔާ ހޯދާ އިރުގައި މިހާރު ފުލުހުން ޖަހަނީ ހަމައެކަނި ސްޓިކާ ނޫންކަން މާލެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް އެނގެއެވެ. އެއީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ބަލައިލި ކޮންމެ ދިމާލަކުން ޗެކްޕޮއިންޓުތައް ފެންނާތީއެވެ.

ފުލުހުންގެ ޗެކްޕޮއިންޓުތައް ހުންނަ ދިމާތައް ވަގުތުން އަޕްޑޭޓު ކުރާ ވައިބާ ގްރޫޕެއްވެސް މިހާރު އިންނައިރު އެ ގްރޫޕު ހެދިފަހުން ފުލުހުން ޗެކްޕޮއިންޓު ޖަހާ މިންވަރާއި ގެންގުޅޭ އުކުޅުތައްވެސް ވަރަށް ބޮޑަށް ބަދަލުކޮށްފައިވާކަން ގިނަ ބަޔަކަށް ވަނީ ފާހަގަވެފައެވެ.

އެއީ ކުރިން އަބަދުވެސް ޗެކްޕޮއިންޓު ޖަހާ ދެތިން ހިސާބެއްގައި ޖެހި ނަމަވެސް މިހާރު ވަކި މަގެއް ވަކި ހިސާބެއް ވަކި ގަޑިއެއް ނުބަލައި ޗެކް ޕޮއިންޓުތައް ޖަހަމުން ގެންދާތީއެވެ. މިކަމުގެ ސަބަބުން އެތައް ބައެއްގެ އަގުހުރި ވަގުތުތައް ބޭކާރުވެގެން ދެއެވެ.

މިވާހަކަ މިހެން ދެއްކުމުން މިކަމާއި ދެބަސްވާ މީހުންވެސް ތިބޭނެއެވެ. އާނއެކެވެ. ސައިކަލު ދުއްވަން ޖެހޭނީ ހުރިހާ އެއްޗެއް ހަމަކޮށްގެން ގާނޫނުގައި އޮންނަ ގޮތަށެވެ. ނަމަވެސް ސްޓިކާ ޖެހުމާއި މެދު ދެން ބުނާނީ ކީކޭ ހެއްޔެވެ؟ ގޭ ކައިރިއަށް ސައިކަލު ޕާކު ކުރަން އަންނައިރު ފުރިފައި އޮތުމުން ކިރިޔައިވެސް ޒޯނުން ބޭރު ވެއްޖެނަމަ އިންނަނީ ސްޓިކާ ޖަހާފައެވެ.

ކިތަންމެ މުހިއްމު ކަމެއްގައި އަވަހަށް ސައިކަލު ޕާކު ކޮށްލާފައި 2 މިނެޓު ފަހުން އަންނަ އިރުގައިވެސް ހުންނަނީ ސްޓިކާ ޖަހާފައެވެ. މިއީ ތަންކޮޅެއް ބޮޑުވަރު ނޫންތޯއެވެ. މި އަހަރުގެ އޯގަސްޓު މަހާއި ހަމައަށް ފުލުހުން ސްޓިކާ ޖަހައިގެން ދައުލަތަށް 23 މިލިއަނަށް ވުރެން ގިނަ ރުފިޔާ ހޯދާފައި ވާއިރު އަންނަ އަހަރުގެ ބަޖެޓުގައި ސްޓިކާ ޖަހައިގެން 30 މިލިއަނަށް ވުރެން ގިނަ ހޯދަން ވަނީ ނިންމާފައެވެ. މިއީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެން މަތީ އަދަދެކެވެ.

މިއަހަރުވެސް މިހައިތަނަށް ސަރުކާރަށް ބޮޑު އާމްދަނީ އެއް ސްޓިކާ ޖަހައިގެން ލިބިފައި ވާއިރު އެކަން ކުރަމުން މިގެންދަނީ ރައްޔިތުންނަށް އެއްވެސް ވަރަކަށް ބެލުމެއް ނެތިއެވެ. މިދާގޮތުންނަމަ ސައިކަލު ދުއްވަ ދުއްވަ ހުންނައިރުވެސް ސްޓިކާ ޖަހާފާނެ ކަމުގެ ބިރުވެރިކަން މިހާރު ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. އަލީ ހަމީދު ބެ

    ޔާމިނު ފެށި ތަރައްގީ

    27
    133
  2. ނދ

    މިހާރު ސައިކަލް ދުއްވާތާ 23އަހަރުވީ. އެއްވެސް ޖޫރިމަނާއެއްނުކުރޭ.ސްޓިކާއެއް ނުޖަހާ.މީ ވަރަށް ވާހަކަ.

    116
    111
    • މަގޭ

      މަގޭ ސައިކަލު ދުއްވާތާ އެތައް އަހަރެއް ވެއްޖެ. ޓްރެފިކް ޗެކް ޕޮއިންޓް އަދިވެސް ގިނަ ކުރަން ފެނޭ. އަހަރީ ފީ ނުދައްކާ ސަލާމަތް ވޭތޯ ދައްކާހާ ވާހަކަ ތީ. ހުރިހާ ކަމެއް ރަނގަޅައް ހުންނަ ނަމަ މާ ގިނަ އިރު ވާކަމެއް ނޫން އެއީ. ދިވެހިންގެ އަގު ހުރި ވަގުތޯ... އެންމެ ގިނައިން ބޭކާރު ގޮތުގަ މަގުމަތީ އުޅޭ މީހުންގެ ވާހަކަ ތި ދައްކަނީ

      78
      20
    • އުބޭ

      ހުސް ދޮގު.. މިވެސް ވަރަށްވާހަކަ

      24
      18
    • އެތައްހާސް ވާހަކަ

      ކިތައް ވާހަކަ؟ އަހަރެންގެ ސައިކަލު ވެލާނާގެއާ ދަރުމަވަންތަ ސްކޫލާ ދެމެފު އޮންނަ ތަނުގަ ޒޯންތެރޭ ހުއްޓާ ސްޓިކާ ޖެހި. ކަލޭގެ ސައިކަލުގަ ޖެހީމަތަ ސްޓިކާ ޖެހި ކަމަށް ވާނީ؟

      50
      12
      • ފުއާ

        އެހެން މީހުމަށް ވަދެ ނިކުމެހަދަން ދަތިވާގޮތައް ބެހެއްޓީމަ ޖަހާނެ ދޯ

        35
        9
    • އެތައްހާސް ވާހަކަ

      ކިތައް ވާހަކަ؟ އަހަރެންގެ ސައިކަލު ވެލާނާގެއާ ދަރުމަވަންތަ ސްކޫލާ ދެމެފު އޮންނަ ތަނުގަ ޒޯންތެރޭ ހުއްޓާ ސްޓިކާ ޖެހި. ކަލޭގެ ސައިކަލުގަ ޖެހީމަތަ ސްޓިކާ ޖެހި ކަމަށް ވާނީ

      25
      10
  3. ޟމ

    ޗެކް ޕޮއިންޓް ތަށަ އިތުރު ކުރުމަކީ މައްސަލައެއް ނޫން، ނަމަވެސް މި މާލޭގަ ޤަވާޢިދުން ޕާރކް ކޮށްލުމަކީ ދަތިކަމެއް، އަދި ވުމަށްވުރެ ނުވުން ގާތްކަމެއް

    129
    4
  4. ސޭފުރޭނި

    ވަގުތު ނޫހުގެ ކުދިން ތިބީ ޚަބަރުގެ ސުރުހީ ލިޔަން ދަސްކުރާ ކޯހުގެ ޕީ އެޗް ޑީ ވެސް ހަދައިގެން. މީ ދެން ބޮޑުވަރު ދޯ

    66
    76
    • އަރީ

      ވަގުތު ނޫސްވެރިންނެއްކަމަކު މީގަ އޮތީ ބަރާބަރު ވާހަކައެއް.. މިސަރުކާރަކީ ޕާކުކުރާނެ ތަނެއްނުދައްކާ ސްޓިކާ ނުޖަހަން ވައުދުވި ސަރުކާރު

      62
      9
    • ރޮނޑާ

      ސުރުޚީ ޖެހީމަ ރީނދޫ ގުންޑާމެނަށް ކަމަކުނުދޭ. ރައްޔިތުން ފެލައިގެން ލާރި ހޯދައިގެން ބަދަލު ނަމުގަ ފޭރޭއިރު ކަންބޮޑެއް ނުވޭ.

      46
      2
    • ރޮނޑާ

      ސުރުޚީ ޖެހީމަ ރީނދޫ ގުންޑާމެނަށް ކަމަކުނުދޭ. ރައްޔިތުން ފެލައިގެން ލާރި ހޯދައިގެން ބަދަލު ނަމުގަ ފޭރޭއިރު ކަންބޮޑެއް ނުވޭ

      27
      2
  5. ގަވައިދު

    ގަވާއިދުން ޒޯނުގަ ޕާކުކުރީމަ ސްޓްކާއެއް ނުޖަހާނެ!

    67
    60
    • Anonymous

      ޖާހިލު އެބަހުރިތަ ކޮންމެ މަގެއްގައި ޒޯނު ހަދާފައި

      18
      2
    • އުބޭ

      މާލޭގަ އޮތީ ޒޯން ގިނަވެފަވިއްޔާ.. ވާނުވާނުވެ ހަގީގަތަށް ބަލާ ކޮމެންޓްކޮއްބަލަ

      13
      2
    • ނުގަވައިދު

      ގަވާއިދުން ޒޯނުގަ ހުއްޓާ މަގޭ ސައިކަލުގަ ސްޓިކާ ޖެހީ ކަލޯ. ނޭނގޭ ވާހަކަ ނުދައްކާ.

      24
      4
    • ނުގަވައިދު

      ގަވާއިދުން ޒޯނުގަ ހުއްޓާ މަގޭ ސައިކަލުގަ ސްޓިކާ ޖެހީ ކަލޯ. ނޭނގޭ ވާހަކަ ނުދައްކާ

      13
      2
  6. އެންދެރި

    ބޮޑެތި ބައެއް މަގުތަކުގަ ޕާކު ނުކރެވޭ ގޮތައް ހަދައިފި އެވެ. ދާޖަހާފަ ސްޓިކާ ޖަހަނީ އެވެ.

    60
    8
  7. ސަރީފު

    ރަގަޅު އެންމެ ސުކުން ތަކައް ވެސް ގަވައިދާ ހިލާފު ވާކައް ނުޖެހޭނެ. ފުލުހުން ހަމަ ސްޓިކާޖަހަން ވީ!

    39
    74
  8. ިޮފަލިނަރަ

    ކޮން ސަރުކަރަރކުން ތަ ތިޔަކަން ފެށި

    13
    33
    • 2012

      2010 އެމްޑީޕީގެ ވެރިކަމުގެ މެދުތެރޭ

      66
      5
  9. ފުނަދޫ

    ށ ފުނަދޫ ގެއެއްގެ ފެންޑާގަ ބަހައްޓާފަ ހުރިސައިކަލެއްގަ ޕޮލިހުން ސްތިކާޖަހައިގެން އަޅުގަނޑު އަތުން ޖޫރިމަނާކޮއްފަ އޮތީ ދެން ސްޓިކާ ނުޖަހާނީ ކޮންތާކުހުއްޓަތޯތިޕޮލިހުން ދުއްވަދުއްވަ އިންދަ ވެސްޖަހާފާނެ ވަރައް ތަންދޮރުނުބަލާ ރައްޔިތުންނައް އަނިޔާދޭބައެއް ތިޕޮލިހުންނަކީ ވަރައްނުރައްކާ ބައެއް ސަމާލުވާތި

    64
    15
  10. މޫސަ

    ބަޖެޓަށް ފަ އިސާ ހޯދަން ޕޮލިހުން ނެރެގެން ހަމަ ރަ އްޔިތުން ފެލަނީ. މި ވެސް ލަ އްކަ ވާހަކަ.

    33
    2
  11. ބާރީ

    ސައިކަލް ހުރީ ހުޅުދޫގަ ... މާލޭގަ ޕާރކު ކުރި ކަމަ 2018 ގަ ފީދަކަން ދިޔާމަ ބުނީ... ފަހުން ބުނީ އޮލިގެން ހިނގި ކަމެލޭ

    21
    1
  12. ހަސްނޭ

    ވަރަށް ރަނގަޅު ވާހަކައެއް. މި ސަރުކާރުގެ 2020 ބަޖެޓަށް ލާރި ހޯދަން ވިސްނާފަ އިނީ ހަމަ މިގޮތަށް ރައްޔިތުން ފެލައިލައިގެން. މަދުވެގެން 30 މިލިޔަން ލިބޭވަރަށް ސްޓިކާ ޖަހަން ނިންމާފައިވާއިރު، ބޮޑު އަދަދެއް އިންކަމްޓެކްސް އިން ނަގަން ވަނީ ނިންމާފަ. އިންކަމް ޓެކްސްގެ ސަބަބުން މުދަކުގެ އަގުބޮޑުވޭ، ކާބޯތަކެތި އަގު ބޮޑުވޭ، ކުލި އަގު ބޮޑުވޭ.. ދިވެހި ރައްޔިތުން ފުޑާލަން މިހިރީ މިވެރިން ހިފާފަ!

    25
    1
  13. މާލޭ ސިޓީ ރައްޔިތުމީހާ

    ހެޔޮވެރިކަން. އެޖެންޑާ 19
    މި އަހަރުގެ އޯގަސްޓު މަހާއި ހަމައަށް ފުލުހުން ސްޓިކާ ޖަހައިގެން ދައުލަތަށް 23 މިލިއަނަށް ވުރެން ގިނަ ރުފިޔާ ހޯދާފައި ވާއިރު އަންނަ އަހަރުގެ ބަޖެޓުގައި ސްޓިކާ ޖަހައިގެން 30 މިލިއަނަށް ވުރެން ގިނަ ހޯދަން ވަނީ ނިންމާފައެވެ. މިއީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެން މަތީ އަދަދެކެވެ.

    19
  14. ައަހުމަދު

    މިހަބަރު ޖަހާލީމަ ކޮމެންޓް ކޮށްފައި ހުރިގޮތް ބަލާލީމަވެސް އިނގޭނެ ބޮޑުދުވަހެއެް އަންނައިރަށް ބޮލުގަޔާ ދަށްބަނޑުކޮޅުގަޔާ ރަތްފޮތި ބަނދެގެން ދިވެހިން ވަރުގެ ބަޔަކުނެތިގެން ދުވަނީ ގުބޯކަން

    ނިކަން ވަގުތުގަޖަހާބަލް އެމީހުން އިސްޓިކާޖަހަނީ ހަމަރަނގަޅަށޭ ޕާކުކުރަން ޖެހޭނީވެސް ދުރުން ވިޔަސް ހަމަ ޒޯނަކަށޭ އެއްކަލަދިވެހި ގުބޯތަށް ކޮމެންޓްކުރާނެ ތީކީތިކަން ކުރެވޭނެގޮތެއްނޫނޭ ފުލުހުން ކަމަކުނުދެޔޭ މިހާރު ވަގުތުގަ ޖަހާފައޮތް ހަބަރުގަ އިސްޓިކާޖަހާތީ ކަންތަށް ބޮޑުވެގެން ހަބަރުގަ ޖެހީމަ ގޯސްވީ
    ރައްޔިތުން ހެސްކިޔާފަފެލާއިރުވެސް ހަމަ ގުބޯހެދިފަ

    13
    2
  15. ޣީސް

    ސައިކަކްދުއްވާމީހުންގެއަހުލާގުގެވާހަކަލިޔެބަލަ

    29
    18
    • ނުގަވައިދު

      އަޙަރުމެންނަކީ ތިބުނާކަހަލަ ގޮތްގޮތަށް ސައިކަލް ދުއްވާ ބައެއް ނޫން. ޒޯންގަ ހުއްޓާ އަހަރެންގެ ސައިކަލުގަ ސްޓިކާ ޖެހީ. އަހަރެން ކޮއްކޮގެ ސައިކަލަކީ ދުވަހަކުވެސް މާލޭގަ ދުއްވި ސައިކަލެއްވެސް ނޫން. އެކަމަކު ފީ ދައްކަން ދިޔައިމަ ބުނީ މަޖިލިސްކުރާގޭ ސަރަހައްދުގަ ނުގަވައިދުން ޕާކް ކޮށްފަ ހުރެގެން ޖޫރިމަނާ އަރާފަޔޯ ހުރީ. މިކަންކަން ކަލޭމެނަކަށް ނޭނގޭނެ. ދެން ތިބެގެން ބޭނެނީ ކީއްކުރަންތަ؟

      19
      1
  16. ނަވްބެ

    ޤާނޫނުގައި މަނާކޮށްފަ އޮވޭ މީހުން އެއްވެ އުޅޭ ތަންތަނާއި ކެފޭ ތަކުގައި ސިނގިރޭޓު ބުއިމަކީ މަނާކަމެއްކަމުގައި. ނަމަވެސް ސިނގިރޭޓު ބޯމީހުން އެފަދަ ތަންތާގައި ހަމަ ގަދަޔަށްބޮނީ ހުއްޓުވާނެ ފުލުހަކުނެތް، ޢާންމު ފަރުދަކުނެތް. ތިޔަ ޗެކްޕޮއިންޓުތައް އަޅާގޮތައް ކީއްވެބާ ކެފޭތަކާ މީހުން އެއްވެއުޅޭ ތަންތަނަށް ސިނގިރޭޓުބޯތޯ ބަލަން ފުލުހުން ނުފޮނުވެނީ؟ އެވަރަށް ފުލުހުން ނެތީބާ؟ ބަލަގަ ޤާނޫނުގައި މަނާވަނީ ހަމައެކަނި ނުބައިތަންތާގައި ޕަކުކުރުންތަ؟ އެއިންމީހެއްގެ ތަލަމަތީ ތިޔަ ސްޓިކާ ތަތްކުރުން މާ ރިވެތިކަންބޮޑު އެހެނީ އެއިން އިންސާނުންނަށްވެސް މާ ގެއްލުންބޮޑު. ސައިކަލު ނުބައިތަނެއްގައި ޕާކު ކުރުމުން ކެންސަރު ޖެހޭތޯ އިބޫ ސޯލިހާއި ސީޕީ އަށް ސުވާލުކޮށްލަން؟

    25
  17. އަލިބެ

    ނޫންނޫން ކޮއެފުޅާ މިސަރުކާރުގައި ސްޓިކާ ނުޖަހާނެ ކަމައް ކެންޕޭނުތެރޭ ގައި ކަރުން ނާރުނަގާފަ ބުނާ އަޑުއެހިން މިވީކިހިނެއް ހުރިހާކަމެއް ގޯހުންގޯހައް މިހާރު ރައްޔިތު މީހާ ލޫޓުވާލަނީ ރޯމާދުވާލު މަގުމަތިން ދެއްތޯ

    19
    1
  18. ޢިބްރާހީމް

    ބޮޑު ތަކުރުފާނުމަގުގެ އެންމެ ފުޅާ، އެންމެ ބާރުބޮޑު ހިސާބުތަކުގަ ޕާކިންޒޯން ނެތުމުގެ ހިކުމަތަކީ ކޮބާތޯ!!

    12
    3
  19. ދޮންބެ

    ސްޓިކާ ޖަހާލެއް އަދިވެސް މަދީ. ދިވެއްސަކު މިސްކިތަށް ނަމާދަށް ދިޔަސް ޖެހޭ އޭނާ ހުންނަ ސަފާ ހިސާބަށް ސައިކަލުގަ ދެވެން. މީ ބޮޑުވަރު

    9
    12
  20. މުހައްމަދު ހަސަން

    ޤަވާއިދާ ހިލާފް ވެވޭތޯ 2 މިނަޓަށް ނުވަތަ 1 މިނިޓަށް. ނުވެވޭނެ އުސޫލްތަކަށް ތަބާވާންވީ އޭރުން ސްޓިކާ ނުޖަހާނެ ، ކޮންމެ ގެއެއްގެ ދޮށުގައި ޕާރކިން ޒޯނެއް ސަރުކާރަކަށް ހަނދައިނުދެވޭނެ ޖަގަ ލިބޭ ހިސާބެއްގައި ބަހައްޓާފައި އަންނަން ދަސްކުރަންވީ ކޮނމެ މީހަކު ބޭނުންވަނީ ފާހާނައަށް ވެސް ސައިކަލްގައި އައިސް ވަންނަން ، އަދިވެސް އަމިއްލައަށް ކަންތައްތައް ރަގަޅުކުރުމުގެ ބަދަލްގައި ކޮންމެވެސް ކުއްވެރި ކުރެވޭތޯ ތިބަލަނީ އަޅުގަނޑު ގަބޫލްކުރަނީ ތިކުރާ މަސައްކަތަކީ ޤާނޫނު ތަކުގެ ބާރު ކަނޑުވާލަން ކުރެވޭ މަސައްކަތަކޭ، ތިކަން ހުއްޓާލާ

    3
    11
  21. އަހުމަދު

    އަހަރެންގެ ތާއީދު ފުލުހުންނަށް. ހަމަ ކުރިޔަށް.

    3
    9
  22. ސަނާ

    "މިކަމުގެ ސަބަބުން އެތައް ބައެއްގެ އަގުހުރި ވަގުތުތައް ބޭކާރުވެގެން ދެއެވެ." އެހެންވީމަ ވަގުތު ލާައި ނިކުންނަން ދަސްކުރޭ! ސައިކަލުވެސް ޕާކް ކުރަން ބޭނުންވަނީ ނިދާ އެނދު ކައިރީގައި.

    6
    2
  23. ނީތާ

    ތި ބުނަނީ ރާއްޖޭގައި ހެދިފައިވާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާ މީހުންނަށް ކަމެއް ނުކުރާށޭތަ؟؟؟؟؟؟؟

  24. ޖނނ ކއޖ

    ވާހަކަ އަކީ އިސްލާމީ ވެރިކަމެއް ކަމަށް ދައުވާ ކުރާއިރު އެގޮތް މިގޮތަށް މުސްލިމުން ފެލައިގެން ރުފިޔާ ނެގީމަ އޭތި ހުއްދަ ވޭތަ؟ މުސްލިމުން އަތުން އެގޮތަށް ރުފިޔާ ނުނެގޭނެ. އެހާ ބޭނުމިއްޔާ ކާފަރުން އަތުން ޖިޒިޔަ ނަގާބަލަ. ގައިމު ލައްކަ ރުފިޔާ ލިބޭނެ.

    1
    3
  25. ހުސޭނުބޭ

    އަދި ސައިކަލް ދުއްވާ މީހާ މަރުވުމުން މަހާނަ މަތީގައިވެސް ސްޓިކާ ޖަހާނެ ދުވަސް އަންނާނެ!

    1
    4
  26. ހެހެ

    ތީި.....
    މިސަރުކާރުގެ ބަޖެޓުގަ އަންނަ ފަސް އަހަރު 2023 ވަނަ އަހަރު ކެމްޕެއިން ކުރަން ބަޖެޓު އެއްވެސް ލާރިއެއް ނެތިގެން ލާރި ހަދަން މޮޅު ގޮތެއް ތާ.
    ޖައްސާ މޮޅެތި ސްޓަންޓް ދޯ...???

  27. ސޮބާ

    އަސްލުވެސް މީ މިހާރު ވަރައް ބޮޑުވެއްޖެކަމެއް މިއަދު އެމްއެމްއޭ ކައިރިން ރަށަކަށް ފުރަންވެގެން ގޮސް 0930 ހުގަ ފުރަން އިން ފެރީއަށް 0900 ގަ ގޮސްގެންވެސް އެމުޅި ހިސާބުގައި ދުއްވަ ދުއްވާ ސިޓިކާ ނުޖަހާނެ ތަންކޮޅެއް ނުލިބުނު ސައިކް ޕާކު ކުރަން ޖެހުނީ ފެންޓަސީއާ ހަމައިގަ ހިނގާފަ އެހިސާބުން ދެވުނުއިރު ފެރީ ނައްޓާލައިފި. ޕޮލިހުން ތިބި ހޭވައްޓާލާފައި ސްޓިކާ ޖަހަން.

    7
    2
  28. ސަޖޯ

    ޕާކިންގ ޒޯން މަދު ކޮށްފަ ސްޓިކާ ޖެހުން ގިނަ ކުރަނީ
    މަސްވެރިންގެ ޕާކުގައި އޮތް ޕާކިންގ ޒޯން އެއޮތީ ނަގާފަ ތާކުންތާކު ނުޖެހޭކަމަކަށް
    ކޮބާ ބަދަލުގަ ހަދާދިން ޕާކިން
    ޕާކިގް ކަންތަކުގަ ޔާމީނުވެސް ހެދިގޮތް މިސަރުކާރުންވެސް މިހާރު މިހަދަނީ
    ބުރުމާގެ ބަލާވެރިކަން މިފެންނަނީ

  29. މަރީ

    ނޫސްވެރިޔާ ޖަޒުބާތުގައި ޖެހުނީތޯ.. ފުލުހުން ޖޫރިމަނާ ކުރީދޯ..

    4
    3
  30. ވަގުފުލުސް

    އިސްޓިކާ ޕޮލިސް

  31. ޑަމް

    ޅތީ މިގައުމަށް ފާވެފައޮތް ބަލިމަޑު ކަމެއް ޏިކަމެތި ރައްޔިތުން މަރަނީ ހަނާކުރަނީ ސްޓިކާ ނުޖަހަން ކިނބޫ ވައުދުވެފަ އަމާ ހަނދާން ކުރިއްޔާ މާތާހިރު ވާނެ ހުވާ މިީ ހަމަ ދުއްޕާނެއް.

    4
    1
  32. ތީތިކަޑަ

    ޢއަހަރެން ދުއްވަން އިން ޕިކަޕުގެ ފަހަތު އެއް ބުރަކި ލައިޓު ނުދިއްލެޔޭކިޔާފަ މަގޭ އަތުން 750ރ ފޭރިގަތީ. ޕޮލިހުން ކާރީ އުމައްސަލަޖެއްސީމަ އެމީހުން ބުނަނީ އެރުމުގެ ކުރިން ދިއްލޭތޯ ބަލަންޖެހޭނެޔޯ. އެހެންބުނީމަ މަ ބުނީ މިސާލަކަށް މަ ޗެކްކޮށްފަ ދުއްވާތަނުން ވެސް ފަހަތުން ލައިޓެއް އެނދުމަކީ އެކަށީގެން ވާކަމެއްނޫންހޭ. އެމްމެފަހުން ދޭނެޖަވާބެއް ނެތިގެން ފޭރުނު ޕޮލިހުން ބުނީ ދެން ތީގަ އިތުރުގޮތެއް ނެއްކަމަށް .

  33. ތީތިކަޑަ

    ޢއެއްދުވަހަކު އަހަރެން ވިލީފުލުހަށް ސްޓޮކާއެއްގެ މައްސަލައެއް ޖައްސަން ވަދެ އެތަނުގެ އެވަގުތު އެކަމާބެހޭ ބޮޑުމީހާ އަންނަން ދެން ގޮނޑީގަ އިންނާށޭބުނީމަ އެވަގުތު އެތަނަށް ވަތް ޓްރެފިކް ޕޮލިހެއް ވަރަށް ހެވިދިލިފަ އައިސް ދެންތިބި ޕޮލިހުންކާރީގަ ބުނަނީ " އިސްޓިކާކޮޅު ހުސްއަރުވާލައިފިން ދެން ނެއްތަ އިސްޓިކާކޮޅެއް" މިހެން މަހުރީ ހަމަހައިރާން ވެފަ.

  34. ކަނެދޭ

    މި ކޮމެންޓު ސެކްޝަނުގައި ފުލުހުންނާއި ރައްޔިތުންގެ ލާރި ކައިގެން އަލިފާން ބަނޑަށް އަޅާ މީހުން ވަރަށް ގިނަ.

  35. ސްޓިކަރ

    ޤާނޫން ހަދާ މަޖިލީސް އިން ހަދާފާނެތް ޤާނޫން އަކުން ޤަވައިދެއް ހަދާގެން ޕޮލިހުން ސްޓިކަރ ޖަހަނީ ތޯ ތިބާ ގެ ވެސް މެންބަރ އާއި ސުވާލު ކޮއްލަ ބައްލަވާ؟؟؟؟؟؟

  36. ހިއްސާ ހައްމާދު

    ފުލުހުން އުޅެނީ ކުރާނެ ކަންކަން މަދުވެފައިވާތީ ޖެއްސުމަށް.... ފޫހިފިލިވަން ނިކުމެ އުޅޭބަޔަކު އުޅޭހެން.. ގޮތެއް ފޮތެއް ނެތް..

  37. ހަބޭސް

    ޕާކު ކުރަން ޖާގަ އޮތްތަނެއްގަޕާކް ކުރޭ. ދިރިއުޅޭ ކޮޓަރި ކުރިމަތީ ޕާކް ކުރުމުގެ އާދަ ދޫކޮއްލާ އޭރުން ސްޓިކާ ނުޖަހާނެ.

  38. ސައިކަލު ސްޓިކާ

    ގޭގޭ ދޮ ރުމަތީގައި ފިހާ ރަ ކު ރިމަތީގައި ބަހައްޓާފައި ހުންނަ ދަނގަޑުތަކާއި ހޮޅި ތަކުގައި ވެސް ސްޓކާ ޖަހާބަލަ އެއްޗިއްސާ ހު ރެ ޕާކުކު ރެވޭކަށް ނޯވޭ. މަގަކީ އެންމެންގެ ތަނެއް އެންމެނަށް ވެސް މަގުމަތި ބޭނުން ކު ރެވެން ޖެހޭނެ.

  39. ސިނާ

    ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުން ލާރިނަގާބަލަ.، ދިވެހިންގެ އަތުންތަ ލާރިނަގަންވީ ؟

  40. އިންނު މުހައްމަދު

    މަހަކު 30 ދުވަހަކު މަސައްކަތްކޮށްގެން މިލިބެނީ ދުވަހަކަށް 300 ރުފިޔާ.. ޖަހާ ކޮންމެ ސްޓިކާ އަކަށް 750 ރުފިޔާ. މީ މިކަން ކުރަން އެންމެ ރަނގަޅުގޮތްތަ؟؟