ބޮލީވުޑްގައި މަސައްކަތް ކުރަމުންދާ ސަނީ ލިއޯން ބިގްބޮސް 13 ގައި ބައިވެރިވެ ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ތަރި ކަމަށްވާ ސަލްމާން ޚާންގެ އުފަން ދުވަސް ފާހަގަކޮށްފިއެވެ.

ސަލްމާންއަކީ ބިގް ބޮސްގެ ހޯސްޓެވެ. އޭނާ އެ ޝޯވ ހޯސްޓް ކުރާތާ 10 އަހަރު ވެއްޖެއެވެ.

ސަލްމާންގެ އުފަން ދުވަސް ފާހަގަ ކުރުމަށް ސަނީ ވަނީ ކޭކެއްވެސް ގެނެސް ކޭކުވެސް ފަޅާފައި ވެއެވެ. ރޭގެ ބިގްބޮސް ޝޯވގައި ސަލްމާން ވަނީ ސަނީ އެ ޝޯވއަށް އައުމުން މަރުހަބާވެސް ކިޔާފައެވެ.

https://www.instagram.com/p/B6tLJbiBTg8/?utm_source=ig_embed

އާ އަހަރުގެ މަރުހަބާވެސް ސަލްމާންއަށް ސަނީ ވަނީ ކިޔާފައެވެ. ސަނީ ވަނީ، އޭނާ ސަލްމާންގެ އުފަން ދުވަސް ފާހަގަކުރަން ބިގްބޮސް ސެޓަށް ގޮސް ނަގާފައިވާ ފޮޓޯތައް މީސް މީޑިއާއަށް ލަފާއެވެ. އަދި 2019 ނިންމުން އެންމެ ސަޅިކޮށް ފާހަަގަކުރުވުނު ކަމަށް އޭނާ ބުނެފައި ވެއެވެ.

ސަލްމާން ވަނީ، ސަނީ އަކީ ބިގްބޮސްގެ ކޮންޓެސްޓެއްކަން އެ ޝޯވގެ ތެރެއިން ފާހަގަކޮށްފައެެވެ.

އެ ޝޯވގެ ތެރެެިން ދެ މީހުން ވަނީ ގޭމް ކުޅޭފައެވެ.

އަދި ސަލްމާން ވަނީ، ސަނީ އާއި މަސައްކަތެއްވެސް ޖައްސާފައެވެ. އެގޮތުން ސަނީ ޑިއޯލްގެ މަޝްހޫރު ޑައިލޯގުތައް ސަނީ ލައްވާ ކިޔަން ޖެއްސުވިއެވެ.

މީގެ އިތުރުން، ސަލްމާން އާއި ސަނީ ވަނީ، ސަނީ ފެނިގެން ދިޔަ ބޭބީ ޑޯލް ލަވައަށް ނަށާފައެވެ.