އަހަރެމެންގެ ދިވެހި މުޖުތަމައު އިންވެސް މިހާރު ފެންނަމުންދާ މަންޒަރަކީ މައިންބަފައިން އުމުރުން ދުވަސްވެ، ދަރިންގެ އަޅާލުން ބޭނުންވާ ވަގުުތުގައި ދަރިން އެމީހުން އަމިއްލަ އަށް ބެލުމުގެ ބަދަލުގައި ބިދޭސީން ނުވަތަ އެހެން ފަރާތްތަކާއި ހަވާލު ކުރާ މަންޒަރެވެ.

މިގޮތަށް ކަންތައް ކުރުމުން މައިންބަފައިންގެ ހިތަށް ވަރަށް އަަސަރު ކުރާނެއެވެ. އެއީ އެމީހުން ބަލި އެނދުގައި އޮންނަން ޖެހޭ ދުވަހު އަމިއްލަ ދަރިންގެ ފަރާތުން އަޅާލުން ނުލިބޭތީއެވެ. ކޮންމެއަކަސް މިގޮތަށް ކަންތައް ކަންތައް ނުކުރަންވީ ވަރަށް ރަނގަޅު ސަބަބެއް ބުނެފާނަމެވެ. އެއީ މައިންބަފައިން އުމުރުން ދުވަސްވުމުން އެމީހުންނާއި އެކު ގިނަ ވަގުތު ހޭދަ ކުރާނަމަ، އެމީހުންގެ އުމުރު ދިގުވާކަން ފަހުގެ ދިރާސާތަކުން ދައްކާތީއެވެ.

އުމުރުން ދުވަސްވީ މީހުން މަރުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ އެކަނިވެރިވުމެވެ. އެއީ އެމީހުންގެ ހުރިހާ ރަހުމަތް ތެރިންނާއިވެސް ވަކިވެ، އަމިއްލަ ދަރިންނާއިވެސް ދުރުގައި އުޅެން ޖެހުމެވެ. މައިންބަފައިންނާއި އެކު އެއް ރަށެއްގައި އުޅެމުން އަންނަނަމަ މަދުވެގެން ހަފްތާ އަކު އެއް ފަހަރު އެމީހުންނަށް ޒިޔާރަތް ކުރާށެވެ. ނުވަތަ ތިމާގެ ގެއަށް ޒިޔާރަތް ކުރުމަށް ދައުވަތު ދޭށެވެ. މިފަދަ ކުޑަކުޑަ ކަމަކުންވެސް އެމީހުންގެ ސިއްހަތަށް ބޮޑު އަސަރެއް ކުރެއެވެ.

އެހެންކަމުން، ވަގުތު ފާއިތުވުމުގެ ކުރިން މައިންބަފައިންނާއި އެކު ރަނގަޅު ވަގުތުކޮޅެއް ހޭދަ ކުރާށެވެ. ފަހުން މިކަމާއި މެދު ކުރެވޭނެ ކަމެއް ނޯންނާނެއެވެ.