އެއްކޮށް ގިނަ ދުވަހު އުޅެފައި ކުރިމަތިވާ މައްސަލަތަކެއްގެ ސަބަބުން ބްރޭކްއަޕް ވާ މީހުންނަކީ ހިތާމައިގެ އިހުސާސްތަކެއްގައި އެތައް ދުވަހެއް ވަންދެން އުޅޭ ބައެކެވެ. އެކުގައި ކުރި އުފާތަކާއި މަޖާތައް ހަނދާން ނައްތައި އަލުން ފެށުމަކީ ބައެއް މީހުންނަށް ވަރަށް ދަތި ކަމެކެވެ. އެހެންނަމަވެސް އެއީ ބައެއް ފަހަރު އެންމެ ރަނގަޅަށް ވާ ކަމެއްކަމުގައި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ބްރޭކްއަޕް އަކުން އަރައިގަތުމަކީ ގިނަ ފަހަރަށް އަންހެނުންނަށް ވަކިން ހާއްސަކޮށް ދަތި ކަމެކެވެ. އެކަން ފަސޭހަކުރުމަށް ކުރަން އެންމެ ފުރަތަމަ ޖެހޭނެ ކަމަކީ ސޯޝަލް މީޑިޔާ ފަދަ އަލުން ގުޅުން ބޭއްވިދާނެ ނުވަތަ ކުރީގެ ލޯބިވެރިޔާގެ ހަބަރެއް ލިބިދާނެ ފަދަ ތަންތަނުން އެމީހާ ބްލޮކް ކުރުމެވެ. އެއީ އެފަދަ ހަބަރުތައް ލިބި ނުވަތަ ފެންނަނަމަ އަމިއްލަ ހަޔާތާއިގެން ފަށައިގަތުމަކީ ވަރަށް ދަތިކަމެއް ކަމުގައި ވާނެތީއެވެ.

ދެން ކުރަންވީ ކަމަކީ ކުރީގެ ލޯބިވެރިޔާ ހަނދާންވާ ނުވަތަ އެމީހަކު ދީފައިވާ ހަދިޔާއެއްފަދަ އެއްޗެއް ވެސް ނުފެންނަގޮތަށް ފޮރުވައި ނުވަތަ އެއްލާލުމެވެ. ފޮޓޯ އަދި ގަހަނާއަކީ ވަކިން ހާއްސަކޮށް ނުރައްކާތެރި އެއްޗިއްސެވެ. އެއީ އޭގެން ހާއްސަ އިހުސާސްތަކެއް މީހާއަށް ގެނުވައިފާނެތީއެވެ.

ކުރީގެ ލޯބިވެރިޔާއާއި ބެހޭގޮތުން ގޯސްކޮށް ވާހަކަދެއްކުމަކީވެސް ކޮށްގެން ނުވާނޭ ކަމެކެވެ. އޭގެ މާނައަކީ ބްރޭކްއަޕްގެ ޒިންމާ އަނެއް މީހާގެ ބޮލުގައި އަޅުވަން އުޅޭ ކަމެވެ. އަދި އެހެން މީހުންނާއިއެކު އޭނާގެ ގޯސް ވާހަކަދެއްކުމަކީ ކޮންމެވެސް ވަރެއްގެ އުފަލެއް ގެނުވާކަމެއް ކަމުގައިވިޔަސް ވިސްނަންޖެހޭނޭ ކަމަކީ ތިބާގެ އުފާވެރިކަމަކީ އެހެން މީހެއްގެ އަތްމަތީގައި ނުވަތަ އެހެން މީހަކާއި ބެހޭގޮތުން އިވޭ އަޑުތަކެއްގެ މައްޗަށް ބިނާވެގެންނުވާނޭ ކަމެއް ކަމެވެ.

އެހެންނަމަވެސް ބްރޭކްއަޕްއާއި ބެހޭގޮތުން އެކުވެރިންގެ ގާތުގައި ތެދަށް ވާހަކަދެއްކުމަކީވެސް އިނގިރޭސިބަހުން ބުނާ 'ކްލޯޝާރ' ގެނުވައިދޭނޭ ކަމެކެވެ. އޭގެން ތިބާގެ މައްސަލައެއްގެ ސަބަބުންތޯ ނުވަތަ އަނެކާގެ މައްސަލައެއްގެ ސަބަބުންތޯ ބްރޭކްއަޕްވާންޖެހުނީ ވިސްނިގެން ހިނގައިދާނެއެވެ.

ބްރޭކްއަޕްވުމަކީ ކިތަންމެ ހިތާމަވެރި ކަމެއްކަމުގައިވިޔަސް އެއީވެސް އަރައިނުގަނެވޭނޭ ވަރުގެ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެޓްތިންގް

    ހިތާމަވެރި 'ބްރޭކްއަޕް' އަކުން އަރައިގަތުމަކީ އެއީ މަޖާ ކުރަމުން ލޯބި ވެގެން އުޅޭ ދެ ބިޓުންނަށް ނުވާނޭ ކަމެކެވެ. މަޖާ ނެގުން މިތާ މަމެން މީން ކުރަނީ އެއީ ހަމައެކަނި ސެކްސް އަށް ނޫނޭ އެއީ އެކަކު އަނެކަކު ބައްދަލުވާއިރު ޖަހާ ޖޯކް ތަކާއި ޖަހާލާ ހިނި ގަނޑު ތަކާއި އެކީގައި ގޭތެރޭގައި ނަށާލާ ލަވަކިޔުމާއި އެކީގައި ސިނަމާ އަށް ދިއުމާއި އަދި އެކީގައި ގެ ސާފުކުރުމާއި ކެއްކުމުގެ ކަންކަމުގައި ދެމިހުން އެކީގައި މަސައްކަތް ކޮށް އުޅުމުން އެ ފަދަ ބިޓަކު ޖެހޭ ކޫސުނި މައްސަލަ އެއް ގައި 5 އަހަރަށް ވުރެން ގިނަ ދުވަހު އެކުގައި އުޅެފައި ރުޅި އައިސް ގެން ދޫކޮށް ގޮސް ބުނެ ބުނެ ގަބޫލު ނުކޮށް ހުރެ އެހެން މީހަކާއި އިނުމުން ދެން ކުރާނެ ކުރެވޭނެ ކަމެއް ނޯންނާނެ ނޫންތޭ. ދެމީހުންވެސް ވަކި ދިރިއުޅުމެއް ފެށި ނަމަވެސް މާލޭގައި އުޅޭނަމަ ދިމާވާނެ ނޫންތޭ. އެއްދުވަހު ފިރިހެން ކުއްޖާގެ ދޮންތަ އާއިއި އެކު ސްކޫލް ދޮށަށް ދަނި ކޮށް ދޮންތަ އެކްސް ބިޓަށް ގޮވާ ބުނި ލޯންގް ޓައިމް ނޯ ސީންގް އޭ ދެން ފިރިހެން ކުއްޖާ ފެނުމުން އިސް ދަށަށް ޖަހާލީއޭ އެމަންޖެ. އެމަންޖެ އަށް އެ ސީން އާއި ބެހޭ ގޮތުން ފިރިހެން ކުއްޖާ ޖޯކެއް ޖަހާ ލުމުން އަންހެން ކުއްޖާ ހިނިގަނޑު ފަޅައިގެން ގޮސް އިރު ކޮޅަކުން ރޮވެން ފެށުމުން ދޮންތަ ބުނީ ފިރިހެން ކުއްޖާ ގާތު ޔޫ ބެެޓަރ ގޯ އަހެޑް އޭ.. ހިތާމަވެރި ބްރޭކް އަޕް އެއީ ހަނދާނުން ފުހެ ނުލެވޭނެއޭ ފިރިހެން ވެރިން ނަށްވެސް ބަޓް އެމެން ވަރަށް ނުބުނާނެއޭ އެމެން ހިތުގަިއ އޮންނަ އެއްޗެއް އެއީ ފިރިހެން ވެރިންނަށް ކުރެވޭނެ ކަމެއް ނޫނޭ. ހައު އިޒް ލައިފް ޓެލްމީ ހައު އިޒް ޔުއަރ ފެމިލީ އައި ހެވެން ސީން ދެމް އިން އަ ވައިލް ޔޫ ހޭވް ބީން ގުޑް ބިޒިއަރ ދެން އެވަރ ޔޫ ގޭވް މީ ރޯސެސް އެން އައި ލެފްޓް ދެމް ދެއަރ ޓު ޑައި. ދިސް އިޒް މީ ސްވޮލޮވިންގް މައި ޕްރައިޑް ސްޓޭންޑިންގް އިން ފްރަންޓް އޮފް ޔޫ ސޭއިންގް އައި އޭމް ސޮރީ ފޯރ ދެޓް ތިންގް އައި ވިޝް ޓު ގޯ ބެކް ޓު ދަ ޕާސްޓް ޓާރން އެރައުންޑް އެން މޭކް އިޓް އޯލް ރައިޓް. އައިވިޝް ޓު ގޯ ބެކް ޓު ދަ ޕާސްޓް ޓާރން އެރައުންޑް އެން މޭކް އިޓް އޯލް ރައިޓް. އިންތިޒާރު ކުރީމޭ އަނބުރާ ރުޅި މަޑުކޮށްގެން އަންނާނެ ކަމަށް އެކަމަކު ރުޅި ގަނޑު ކޮންޓްރޯލް ނުކޮށް ގޮސް ތަމެންގެ މަންމަ ހުށައޅި އަލްޓަރނޭޓިވް އޮފަރ އެއް ގަބޫލުކޮށް ލައިފެއް ފެށުމުން ދެން ކުރެވޭނެ ކަމެއް ނޯންނާނެ ނޫންތޭ. އައި ވިޝް ޓު ގޯ ބެކް ޓު ދަ ޕާސްޓް ޓާރން އެރައުންޑް އެން މޭކް އިޓް އޯލް ރައިޓް..

    • ޓޭލާރ ސްވިފްޓް

      ބެކްޓު ޑިސެމްބާރ.. ގޯ ބެކްޓު ޑިސެމްބާރ