ކުރީގެ ލޯބިވެރިޔަކާއި އެކު ނުވަތަ އެކްސް އަކާއި އެކު ރަހުމަތްތެރިކަމުގެ ގުޅުން ބާއްވަމުން އަންނަނަމަ ލޯބީގެ މާހިރުން ބުނަނީ އޭގެން ނެގޭނީ 2 މާނައެއް ކަމަށެވެ. އެއީ އެދެމީހުން އެކަކު އަނެކަކު ދެކެ އެއްވެސް ވަރަކަށް ލޯބި ވެފައި ނުވުން ނުވަތަ އެދެމީހުން އަދިވެސް އެކަކު އަނެކަކު ދެކެ ލޯބި ވާތީއެވެ.

އެބޭފުޅުން މިހެން ބުނަނީ ސަބަބެއް ނެތިއެެއް ނޫނެވެ. އެއީ ކުރީގެ ލޯބިވެރިޔަކާއި އެކު ރަހުމަތްތެރިކަމުގެ ގުޅުން ބާއްވަން މަސައްކަތް ކުރިއަސް އެކަން ނުވާނެތީއެވެ. ފަހަރުގައި ދެމީހުން އެކަކު އަނެކަކު ދެކެ ހަގީގީ ލޯބިވެވިފައި ނުވާނަމަ މިކަން ކުރެވިދާނެއެވެ. އެއީ ހަގީގީ ލޯބި ނުވެވޭނަމަ އެމީހުން ވިސްނަން ޖެހޭ އިތުރު ކަމެއް ނޯންނާނެތީއެވެ.

ނަމަވެސް، ހަގީގީ ލޯބި ދެމީހުންނަށްވެސް ވެވިފައި ވާނަމަ އެމީހުން ރަހުމަތްތެރިކަމުގެ ގުޅުން ބާއްވާކަށް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ ދެމީހުން އެކުގައި ހޭދަ ކުރި އުފާވެރި ވަގުތުތައް މަތިން ހަނދާންވުމާއި، ކުރީގެ ލޯބިވެރިޔާ އެހެން މީހަކާއި އުޅޭތަން ބަލަން ކެތް ނުވުމެވެ.

އެކްސް އަކާއި އެކު ރަހުމަތްތެރިކަމުގެ ގުޅުން ބާއްވާނަމަ އަނެއްކާވެސް ދެމީހުން އެނބުރި ލޯބީގެ ގުޅުމަކަށް ދިއުން އެކަށީގެންވެއެވެ. ނަމަވެސް މިގޮތަށް އެއްފަހަރަށް ވުރެން ގިނައިން ކުރީގެ ބައިވެރިޔަކާއި އެކު ލޯބީގެ ގުޅުމެއް ހިންގަން މަސައްކަތް ކުރި ނަމަވެސް އެކަން ގިނަ ފަހަރަށްކާމިޔާބު ނެވެ، ދެމީހުންގެވެސް އަގުހުރި ވަގުތުތަކެއް ބޭކާރުވެގެން ދާނެއެވެ.

އެހެންކަމުން ކުރީގެ ބައިވެރިޔަކާއި އެކު ރަހުމަތްތެރިކަމުގެ ގުޅުން އާލާ ކުރުމުގެ ކުރިން ދެމީހުން އެކަކު އަނެކާ އާއި މެދު ދެކެނީ ކިހިނެތްތޯޯ ދެނެގަތުން މުހިއްމެވެ.