އާ އަހަރު ފާހަގަ ކުރަން ތަފާތު ޙަރަކާތްތައް ހިންގަމުން އަންނައިރު، އެ ދުވަސް ހިތާމައާއި، ކަރުނައާއި، މޮޅިވެރިކަމާއެކު ފާހަގަކުރަމުންދާ މީހުންވެސް އެބައުޅެއެވެ. މިއީވެސް އޭގެ މީހެކެވެ.

އޭނާ އުޅެމުންދަނީ، މީގެ އަހަރުތަކެއް ކުރިން ފިރިމީހާ ކުރި މެސަޖަކުން ހިތްކުދިކުދި ކޮށްލުމުން، އެކަމުގެ ހިތާމައިގައެވެ. އޭނާ އަދިވެސް އެ ހުރީ ހުއްސަރިބަޔަށެެވެ. ކައިވެންޏެއް ކުރަން ބޭނުން ނުވެފައެވެ.

އުތުރުގެ ރަށަކަށް ނިސްބަތްވާ އެ އަންހެން މީހާ، އޭނާގެ ދުވަސްވީ ލޯބިވެރިޔާއާ ކައިވެނި ކުރީ ރަށުގައި ބޮޑު ހަފްލާއެއްވެސް ބޭއްވުމަށްފަހުއެވެ. ކައިވެނީގެ ހުރިހާ ކަމެއް ތައްޔާރުވެ، ބައްޕަ އޭނާއަށް ވަލީ ދިނީވެސް ލޯބިވާ ވަރުންނެވެ.

މި ދެ މީހުން ކައިވެނިކޮށްފައި ވަނީ 2010 ވަނަ އަހަރުގެ ތެރޭގައެެވެ. ލޯބީގެ ގޮތުން ގުޅިގެން ހަތް އަހަރު ދުވަހު އުޅުމަށްފަހުއެވެ. ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، ލޯބީގެ ބަގީޗާގައި ހައްދަމުންދިޔަ ގަސްތަކުން، މާތައް ލިބި އެކަމުގެ އުފާވެރިކަން ލިބޭނެ ކަމުގެ އުއްމީދުއެވެ.

ފުރަތަމަ ދުވަސްކޮޅު ކަންތައްވީ ވެސް އެހެންނެވެ. ފިރިމީހާގެ ފަރާތުން އުފަލާއި ލޯބި ލިބުނެެވެ. އޭނާގެ އޯގާތެރިކަމުގެ ސަބަބުން ކޮންމެ ދުވަހަކު އޭނާ ދެކެ ވަމުންދިޔަ ލޯބި ދިޔައީ އުތުރި އަރަމުންނެވެ. މިގޮތަށް ތިން މަސް ދުވަސް ވޭތު ކުރުމަށްފަހު، ފިރިމީހާ ކިޔަވަން ރާއްޖެއިން ބޭރަށް ފުރިއެވެ.

ތިން މަސް ދުވަހުގެ ޓްރެއިނިންގއަަކަށް އޭނާ ރާއްޖެއިން ބޭރަށް ދިއުމުން، ޒޭނާ (އަސްލު ނަމެއް ނޫން) އެކަނިވެރި ވިއެވެ. ވައުދާއި ހުވާކޮށް، އެކަކު އަނެކަކު ދުުރުގައި ތިއްބަސް އެއީ ލޯބި ނުލިބެންވީ ސަބަބެއް ނޫންކަމަށް ބުނެ، ޝާވިން (އަސްލު ނަމެއް ނޫން) ފުރައިފިއެވެ.

ޝާވިންގެ ޓްރެއިންގ ފެށި، އޭނާ ބިޒީވިޔަސް ޒޭނާއަށް ވަގުތު ހުސްކުރަމުންދިޔައެވެ. ދެ މީހުންގެ ލޯތްބަަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

ޒޭނާ ކައިވެނިކޮށްގެން އުޅެނީ އަމިއްލަ ގޭގައިކަމުން، ފިރިމީހާގެ އާއިލާ މީހުންގެ ހާލު ބަލައިލަން އެ ގެއަށް ގޮސް ހަދައެވެ. އެ އާއިލާއާއެކު ވަގުތު ހޭދަކޮށް، ގުޅުން ބަދަހި ކުރެއެވެ. ޒޭނާއަކީ ގެވެހި އަންހެނެއް ކަމުން ޝާވިންގެ އާއިލާއަށް ޒޭނާ ވަރަށް ކަމުދެއެވެ.

ޝާވިން ކިޔަވައިގެން އެނބުރި ރާއްޖެ އަންނަން ފުރަތަމަ ހަމަޖެހިފައި އޮތީ ޑިސެމްބަރު އެއް ވަނަ ދުވަހުއެވެ. ނަމަވެސް އިތުރު ޓްރެއިނިންގއެއް ހަދަން އެއްމަސް ދުވަހު މަޑުކުރަން ޖެހުނީ ކަމަށް ބުނެ، މަޑުކުރިއެވެ.

އެ މަޑުކުރި ގޮތަށް އޭނާގެ ޚަބަރެއް ނުވިއެވެ. ޝާވިންއަކަށް ނުގުޅެއެވެ. އާއިލާ މީހަކަށްވެސް ޝާވިންއަށް ނުގުޅޭ ކަމަށް އައިލާ އިން ވެސް ބުނެއެވެ. އެންމެން އެކަމާއި ކަންބޮޑުވާކަމަށް ދައްކައިގެން އުޅުނީ، ޝާވިންއަށް މެލޭޝިއާއިން ވަޒީފާ ހަމަޖެހި އާއިލާ އެއްކޮށް އެކޮޅަށް ބަދަލުވަންދެނެވެ.

އެ އެންމެން މެލޭޝިއާއަށް ފުރައިގެން ދިޔައީ ނިކަމެތި ޒޭނާ ބަހައްޓާފައެވެ. އެމީހުން ފުރީ ޑިސެމްބަރު 31 ވަނަ ދުވަހު ޒޭނާއަށްވެސް ނޭނގިއެވެ.

2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު، ފިރިމީހާގެ ކުރު މެސެޖެއް ލިބުނެވެ. އެ މެސެޖުގެ ތިރީގައި ހެޕީ ނިއު އިޔާ ޖަހާފައި ވެސް ވެއެވެ.

އެ މެސެޖުގައި އޮތީ ތި އިނީ ވަރިކޮށްފައި ކަމަށެވެ. މެސެޖްކޮށްފައި ވަނީ ވައިބާ އިން އޭނާ ރާއްޖޭގައި ގެންގުޅުނު ނަމްބަރުންނެވެ. އެ މެސެޖަށްފަހު، ޒޭނާއަށް އޭނާއާ ގުޅޭނެ ގޮތެއް ނުވިއެވެ.

އެ މެސެޖަށްފަހު ޒޭނާގެ ހިތް ކުދިކުދި ވިއެވެ. އޭނާ ޝާވިން ދެކެ ވީ ލޯބީގެ ސަބަބުން އިތުރު މީހަކާ ކައިވެންޏެއްކޮށްފައެއް ނުވެއެވެ. އުޅެމުން ދަނީ އެކަނިވެރި ކަމާއި މޮޅިވެރިކަމުގައެވެ. އޭނާއަށް ލޯބީގެ ހުށަހެޅުންތައް ލިބުނުކަމުގައި ވިޔަސް، އެއިން އެއްވެސް ހުށަހަޅުމަކަށް އޭނާ އިޖާބަ ދީފައެއް ނުވެއެވެ.

"ނޭނގި ޔާރު ވަކިވީ" އެވެ. ވީގޮތެއް، ވާންވީ ގޮތެއްވެސް ނޭނގެއެވެ.

އެންމެ ފަހުން ލިބުނު މައުލޫމާތުން އެނގޭގޮތުގައި، ޝާވިން އުޅެނީ މެލޭޝިއާ އަންހެނަކާއި ކައިވެނިކޮށްގެންނެވެ.

ޝާވިންގެ އާއިލާ އެކޮޅަށް ބަދަލުވި ފަހުން ރަށަށް އައިސްފައެއް ނުވެއެވެ.

ޒޭނާއަށް ކޮންމެ އަހަރެއްގެ ފުރަތަމަ ދުވަހަކީ އުފާވެރި ދުވަހެއް ނޫނެވެ. އެއީ އޭނާގެ ޙަޔާތުގައި އަންނަ އެންމެ ހިތާމަވެރި ދުވަހެވެ. އެ ހިތާމަތަަކަށް ނިމުމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ލިޔާމް

    ޒޭނާގެ މޮޔަކަމާއެވެ. މާޒީއަށް އަދި ބޭވަފާތެރިންނާމެދު ވިސްނާ އުމުރު ބޭކާރުކުރުމަކީ އަމިއްލަ ނަފްސަށްކުރެވޭ ވަރަށްބޮޑު ބޭއިންސާފެއް

    173
    2
  2. ލަފާ

    މާތް ރަސްކަލާނގެ އާއި ދުނިޔެއާޢި އާހިރަތާއި މެދު ވިސްނާ ފިކުރު ކުރާ މީހަކަށް، އެއްވެސް މީޙަކު ދޫކޮށްފަ ގޮސްގެން ހިތާމައެއް ނުލިބޭނެ..

    133
    4
  3. ޢެޑްމުންޑޯ

    އަހަރެން ދޭން އޮތްނަސޭހަރަކީ ހުސްހަށިބަޔަށް ހުރެ ތިގޮތަށް ހަޔާތް ބަރުބާދުކޮއްނުލާށެވެ. ޢޭނާއަށްވުރެ މާރަގަޅު މީހަކުވެސް ހުރެދާނެކަމަށްބަލާ އާހަޔާތެއް ފަށާށެވެ.

    141
    4
  4. Anonymous

    އައިލްވް ޔޫ ޒޭނާ

    51
    7
    • ޒޭނާ

      ލަވްޔޫ ޓޫ

      37
      5
  5. މިސް ޓްރޮޓްވުޑް

    ޒޭނާ ކުރަންވީ ކަމަކީ އުފާކުރަންވީ ތިކަހަލަ ކަޑަ މީހެއްގެ ފަރާތުން ސަލާމަތް ކުރެއްވީތީ

    89
    1
  6. ޒޭނާ

    ޒޭނާ. އަންހެނުންނަކީ ގަދަކީރިތިވަންތަ ﷲ މާތްކުރެއްވި ބައެއް. ވީއިރު ﷲ އަށް ޝުކުރުވެރިވޭ އެފަދަ ބޭވަފާ ތެރިޔެއްގެކިބައިން ފަސޭހައިން މިންޖުކުރެއްވީތީ. ﷲ އަށް ހަމްދްކުރަމުން އާހަޔާތެއްފަށާ.. ލޯތްބަކީ ވަކިމީހެއްގެ ކިބައިގާ ވާއެއްޗެއްނޫން. އެހެންނަމަ ތިބާގެ މަންމަ ފަރާތުން ލޯބިލިބިފަ ފިރިމީހާގެ ފަރާތަކުން ނުލިބުނީސް. ވީއިރު އޭނަޔަށްވުރެ ކަލާދެކެ މާލޯބިވާ މީހަކުވެސް ލިބިދާނެ.

    66
    1
  7. ކިޔާ

    މިއީ ތެދެއް ކަމުގަ ވަނީނަމަ އިންޝާﷲ އަދި އޭނަ އަންނާނެ ތިއަންހެން ކުއްޖާގެ ކައިރިރ ރިއަށް.ކިތަންމެ ލޯބިވިޔަސް ދެން އޭނަޔާ ނީންނާތި..އަސްލު ތިކަހަލަ ވަފާތެރިއަކު އޭނައަށް ހައްޤެއް ނޫން..ތިހިތާމަތަކުން ދުރުވެވޭތޯﷲގެ ހަޟު ރަތުން ވާގިހޯދުމަށް ނަސޭހަތްތެރިވަން..

    68
    3
  8. ސަތޭކަ އެކާވީސް

    ޒޭނާ ބަލައިގަންނަން އަަހަރެން ތައްޔާރު

    38
    5
  9. އަލީ

    ކެއްކުރަން އެންމެ ފަސޭހަގޮތެއްކަމަށް އަޅުގަޑަށް ފެނުނު އެންމެ ފަސޭހަގޮތަކީ ހިތުގެއަޑިން މާތްﷲ ގެ ކިބަފުޅަށް ޝުކުރުކޮށްގެން އަދި ވަކީލުކޮށްގެން. ޝުކުރުވެރިވެވޭނީ ތިމާގެއަތުގައި ނުގެއްލި އޮތް ނިއުމަތްތަށް މަތިން ހަދާންކޮށްގެން. ގެއްލުނުއެއްޗެއް އެގެންދެވީ އެންމެ ފުރަތަމަވެސް އެދެއްވި ފަރާތުންކަން ގަބޫލުކޮށްގެން. އަދި ތިބާގެ ހިތަށް ވަރަށް ފަސޭހަ ވާނެކަމެއް އެއީ އަނިޔާވެރިވާ މީހާ އަށް މައާފްކުރުން. މީގެ މާނައަކީ އެ އަނިޔާވެރިވިމީހާ ދެން އެހެން ހަދަން ފުރުސަތު ދިނުމެއްވެސްނޫން. އެއީ މަޢާފް ކުރުމުން އަނިޔާވެރިވިމީހާދިން އަނިޔާމަތިން ހަނދާވާލެއް މަދުވާނެތީ. މާތްﷲ އަށް ފުރިހަމައަށް ވަކީލުކުރޭ. މިކަން ކުރެވިއްޖެނަމަ މާތްﷲ އިރާދަކުރެއްވިއްޔާ ތިބާވާނީ ވަރަވެސް އުފާވެރި މީހަކުކަމުގަ.

    34
    2
  10. ---- ފީ ކޯއި ބެ

    މޭލޭ އަންހެން މީހާ އަށް ފިރި ކަލޭގެ ކުރި ބޭވަފާތެރި ކަންތައް އެނގޭ ދުވަހު ފިރި ކަލޭގެ ތި ކުއްޖާ އަށް ގުޅާނެ!

    23
  11. Anonymous

    މިކަހަލައެތަަައްބަައިވަރުކުދިން މިގަަަައުމުގައި ވެސް އެބަތިބި

    26
  12. ޙަސަން

    ޒޭނާއާއި އިނދެގެން ޔޫކޭ ގައި އުޅެން ގެންދަން މަމިހީ ތައްޔާރަށް. ހާސް ނުވޭ

    14
  13. މޯޑް

    ބަދަލެއް ހިފާލުމުގެ ގޮތުން އަހަރެނަ ވެސް އަހަރެންގެ ކުރީގެ ލޯބިވެރިޔަކަށް ތިކަހަލަ ކަމެއްކޮއްލިން. މެރީ ކުރަން ޑޭޓް ވެސް ފައިނަލް ކޮއްފަ އޭނާގެ އުފަންދުވަހު އޭނާއަށް ގުޅާ މެރީ ކުރަން ބޭނުން ނުވާ ވާހަކައާއި ތިއީ މިހާރު ދަންނަ މީހެއް ނޫން ކަމަށް ބުނީމެވެ. އަހަރެން މިހާރުވެސް އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. އޭނާ މިހާރު މެރީ ކުރިތާ 14 އަހަރު ވެއްޖެއެވެ. އަހަރެންގެ މެރީ ކުރިތާ މިވީ 2 އަހަރެވެ. ކިތެންމެ ލޯބިވިޔަސް ދުރު ވާން ޖެހޭހަލަ ކަމެއް ފެނިދާނެއެވެ. އަދި ބަދަލު ހިފަން ޖެހޭ ތަންތާގަ ބަދަލުވެސް ހިފާލަން ޖެހޭނެއެވެ. އަހަރެން އޭނާ ދޫކޮއަލީ ކީއްވެ ކަމެއް އޭނާއަށް ނޭގެއޭ ބުންޏަސް އެއީ ދޮގެކެވެ. ޒޭނާގެ ގޮތެއް މަށަކަށް ބުނާކަށް ނޭގެއެވެ.

    2
    3
  14. އަބޯ

    ފުރިހަމަ މުސްލިމަކަށްވާށެވެ. ތިމާ އަޅުކަންކުރާފަރާތަކީ މާތްﷲ އެވެ. މާތްﷲ ވޮޑިގެންވަނީ ކެތްތެރިކަމާއެކު އެކަލާނގެ ކިބަޔަށް އަޅުކަންކުރާ އަޅުތަކުންނާއެކުގައެވ.ެ އެްއްވެސް ކަމެއްގަ އުންމީދު ކަނޑާނުލާށެވެ. ލޯބިވާންޖެހެނީ މާތްﷲ އަށާއި އެކަލާނގެ ރަސޫލާ އަށެވެ. އަގީދާ ވަރުގަދަކުރާށެވެ.ދުނިޔެ ދަތުރުކުރަނީ އަޑިކަމަކަށްފަހު އުސްކަމެއްލިބި ހިތާމަޔަކަށްފަހު އުފަލެއްލިބޭ ފަދައަކުންނެވެ. ތިމާޔަކީ އެއްވެސް އިންސާނަކަށް އަޅުކަން ކުރާމީހަކަށް ނުވާށެވެ. އޭރުން އެ ގެއްލެނީ ދެ ދުނިޔެ އެވެ. އުފަލާ އަރާމުގާ އެކަކު އުޅެމުންދާއިރު ހިތާމައިގާ ކަރުނަ އޮހޮރަމުން ގޮސް ދުނިޔެއިން ވަކި ވުމަކީ މޮޔަކަމެއް.

    19
  15. ފިރި ނޮހޮރުޕާން ޓައިޓިސް

    ހެޕަޓައި ޓިސް އަކީ ވަރަށް ނުރައްކާ ތެރި ބައްޔެއް ނަމަވެސް މިބަލި މިހާރު ފަސޭހަ ކުރެވޭ މިއަށްވުރެ މާ ނުރައްކާ ތެރި ބައްޔެއް ފިރި ނޮހޮރުއްޕާން ޓައިޓިސް އާއި އަނބި ނޮހޮރުއްޕާން ޓައިޓިސް މިބަލި އާއްމު ގޮތެއްގައި ޖެހެނީ އަމިއްލަ އެދުން ބޮޑު ނުބައި މީހުންނަށް އެބަލި ޖެހިއްޖެ ނަމަ އެމީހަކާ އަވަހަށް ދުރަށްދޭ ވައިވެސް އެޅެން ހެޔޮނުވާނެ ހަދާންވެސް އަވަހަށް ނައްތާލާ . ބޭހަކީ ގިނަފަހަރަށް ނުބައި ރަހަލާ އެއްޗެއް އެކަމަކު ކޭމަ ޝިފާ ލިބޭދޯ ފިރި ނޮހޮރުއްޕާން ޓައިޓިސް ގެ ފަރުވާ ޔަކީ ބީވެދިޔައެއްޗަކަށް ޓަކައި ކަރުނަ ނުއޮއްސާ ހަދާނުން ފުހެލުން އީމާން ކަން ވަރުގަދަކުރުން ޝިފާ ލިބޭނީ އޭރުން ޒޭނާ

    • ކިޔާ

      ހަހަހާ....ހާދަ ސަޅި ނަމެކޭ ތިބައްޔަށް ތިދިނީ..ފިރި ނޮހޮރުއްޕާން ޓައިޓިސް.

  16. ނީނާ

    މީ މިހާރަކަށްއާސް ރާއްޖޭގެ ގިނަފިރިހެނުން ކުރާކަމެއް، އަނބިންއައް ވަގަށް މީހުންނާ އިދެއް ،އަދި އިދެގެން އުޅޭ ފުރަތަމަ ދުވަސްކޮޅު އުޑުން ތަރިވެސް ބާލަދޭނެ.

    12
  17. މަ

    ޒޭނާ ހާދަހާ މޮޔައޭދޯ މިހާރުވެސް މަ މިހުރީ ޒޭނާ ރުހޭ ކޮންމެ ގޮތަކަށްވެސް ޤަބޫލުކށްގެން ޒޭނާއާއެކު ދިރިއުޅެން ވަރަށް ލޯބިން ގެންނުޅޭނަން އަބަދުވެސް ޒޭނާއަށް ރަނގަޅު ގޮތަށް އެދޭ އަޅުގަނޑު އެކަމަކު އަދި މިހުރީ ޒޭނާއާއި ވަރަށް ދުރުގަ ދެވުނު ދުވަހަކުން މަވެސް ހުށަހަޅާނަން

  18. ހާޖަރް

    ކީ 1 ޖެނުއަރީ ތި ދުވަހަ ކީ އަސްލު ޒޭނާގެ ހަޔާތުގެ އުފާވެރި ދުވަސް ކަމުގަ ބަލާ. ?