އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަކީ ފާހަގަކޮށްލެވޭ އެތައް ކަމެއްގެ ވެރިއެކެވެ. ކެމްޕޭންގެ ތެރެއިންވެސް އަދި އެޕްރެންޓިސް ޓީވީ ޝޯވގައި ވެސް ގިނަ ބަޔަކު އޭނާގެ އެންމެ އަޅައިގަންނަ ސިފަކަމަށް ބުނާ އެއް ސިފައަކީ އޭނާގެ އިސްތަށިގަނޑެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ ލީޑަރަށް ޑޮނަލްޑް ޓްރަމްޕް ވެގެންދިޔުމާއިއެކު އޭނާގެ އިސްތަށިގަނޑަށް ލިބޭ ސަމާލުކަން ވެސް ވަނީ އިތުރުވެފައެވެ. މި ދަންނަވަނީ ޑޮނަލްޑް ޓްރަމްޕްގެ އިސްތަށިގަނޑުގެ ރީތިކަމުގެ ވާހަކައެއް ނޫނެވެ. އެއީ ތިބޭފުޅުން އަމިއްލައަށް ނިންމަވާނޭ ކަމެކެވެ.

ޑޮނަލްޑް ޓްރަމްޕްގެ އިސްތަށިގަނޑަކީ އާދަޔާޙިލާފް ގޮތަކަށް ބައްޓަންކުރެވިފައިވާ ތަފާތު އިސްތަށިގަނޑަކަށްވާއިރު ބައެއް މީހުން ވަނީ އެއީ އަސްލު އިސްތަށިގަނޑެއް ނޫންކަމަށްވެސް ބުނެފައެވެ. އަނެއްބައި މީހުންނަށް އޭނާގެ އިސްތަށިގަނޑު ވައްތަރުވެފައިވަނީ ކެހެރިދިގު ބުޅަލަކާއިއެވެ.

އެހެންނަމަވެސް ފަޔާރ އެންޑް ފިއުރީ ފޮތުގައި މައިކަލް ވުލްފް ވަނީ ރައީސް ޓްރަމްޕްގެ ދަރިފުޅު އިވަންކާގެ ފަރާތުން ޑޮނަލްޑް ޓްރަމްޕްގެ އިސްތަށިގަނޑުގެ ސިއްރު ހޯދައިފައެވެ. އިވަންކާ ބުނާގޮތުގައި ސްކަލްޕް ރިޑަކްޝަން ސާރޖަރީއެއް ކުރުމުގެ އިތުރުން އޭނާގެ ބައްޕައަކީ ބޮލުގެ ހަންގަނޑު ވަރަށް ސާފުކޮށް ބަލަހައްޓާ މީހެކެވެ. އަދި ވަށައިގެން އިސްތަށި އެއްވަރަކަށް ކޮށާއިރު އެ ހުރިހާ އިސްތަށިތަކެއްވެސް ބޮލުގެ މެދާއި ހިސާބަށް ގެނެވުމަށްފަހު ހަރުކުރާ ސްޕްރޭއެއް ބޭނުންކޮށްގެން ސްޓައިލްކުރެވެއެވެ.

އިސްތަށިގަނޑުގެ ކުލަ އެގޮތަށް ހުންނަނީ އިވަންކާ ބުނާގޮތުގައި އޭނާގެ ބައްޕަގެ ކެތްމަދުކަމުންނެވެ. ބޭނުންކުރާތާ ގިނައިރުވާ ވަރަކަށް ކަޅުވާ 'ޖަސްޓް ފޯ މެން' ނަމަކަށްކިޔާ ޕްރޮޑަކްޓްއެއް ޓްރަމްޕް ބޭނުންކުރެއެވެ. އެހެންނަމަވެސް އޭނާ ކެތްމަދުކަމުން އެ ޕްރޮޑަކްޓްގެ އަސަރު ފުރިހަމަޔަށް ކުރުމުގެ ކުރިން ޓްރަމްޕް އިސްތަށިގަނޑު ދޮވެއެވެ.

މިއީ ދުނިޔެއިން ފެނިގެންދާ އެންމެ އަޖައިބުކުރުވަނިވި އެއް އިސްތަށިގަނޑުގެ ފަހަތުގައި އޮތް ސިއްރެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދުނިޔޭގައި ކޮންކަމެއްގެ ބާރުގަދަވީ...

  2. ހެއިލޯ ޓްރަމްޕޭ. ތަމެންގެ ހެއަރ ސްޓައިލް ލުކިންގް ގުޑް. ވަގުތު ނެތިއްޔާ މޭޒު މަތީގައި ހުރި ތެރަސް ފުޅި ބޮލަށް އަޅާލައިގެން ނަމަވެސް ޖެހޭނެ އިސްތަށި ގަނޑުތައް ކޮށްލަން ކާކަށް ކޯއްޗެއް އިނގޭނީ. މަމެންގެ ގައުމުގެ ބިއުޓީ ކްއީނޭ މެން ޖަނގިޔަ ވެސް ލަނީ އިސްތިރި ނުކޮށް ވިއްޔާ އޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ޖަނގިޔާ ލާން ޖެހޭނީ އިސްތިރި ކޮށްގެން ކަން ތަމެންގެ ގަމާރު ކަމުން ނޭގެނީތޭ މަމެން ބުނަން ނެތީމު ދޯ.

  3. ކޮން އަޖައިބެށް ތީގަ އޮތީ