މިހާރު އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާ ފިލްމު ''ލޯބިވެވިއްޖެ'' ގެ ޕްރޮޑިއުސަރުންގެ ފަރާތުން އާ އަހަރުގެ ހަދިޔާއަކަށް އެ ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން އަށް ކާރެއް ހަދިޔާ ކޮށްފިއެވެ. މި ފިލްމަކީ ސީޒަންގެ އެސް ޕްރޮޑަކްޝަންގެ ފިލްމެކެވެ.

ސީޒަން އަށް ކާރު ހަދިޔާކޮށްފައިވަނީ ފިލްމުގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ ޝާނިޒް އަލީ އާއި އައިމިނަތު ޝާނަޒް އެވެ. ފިލްމު ޕްރޮޑިއުސަރު ޝާނާޒް އަކީ ސީޒަންގެ އަންހެނުންނެވެ.

އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ސީޒަން އަށް ކާރު ހަދިޔާކޮށް ޝާނީޒް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފިލްމު ''ލޯބިވެވިއްޖެ'' ގެ ޕްރޮޑިއުސަރުންގެ ފަރާތުން ފިލްމުގެ ޑައިރެކްޓަރ ސީޒަން އަށް ކާރެއް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ޝާނިޒް ފޭސްބުކްގައި ވަނީ ކާރުގެ ފޮޓޯއެއް ވެސް ހިމަނާފައެވެ. ސީޒަން އަށް ހަދިޔާ އަކަށް ދިނީ، ސްވިފްޓް މަރުކާގެ ކާރެކެވެ. އެ ޕޯސްޓު ޝެއަރ ކުރުމަށް ފަހު ސީޒަން ބުނެފައިވަނީ، އެ ހަދިޔާއަކީ ސަޕްރައިޒެއް ކަމަށާއި ހަމަ އަސްލުވެސް ލޯބިވެވިއްޖެ ކަމަށެވެ.

https://www.facebook.com/luckyseaxan/posts/2546872088765828

ސީޒަން އަށް އާއަހަރުގެ ހަދިޔާއަކަށް ކާރެއް ލިބުނު އިރު މިދުވަސްވަރު މީސް މީޑިއާގައި ސީޒަންގެ މީމްތަކެއް ދައުރު ވަމުންދާތީ މީސް މީޑިއާގައި އޭނާ އަށް ވަނީ ހާއްސަ ސަމާލުކަމެއް ލިބިފައެވެ.

ސީޒަން މިހާރު މަސައްކަތް ކުރަމުންދާ ''ލޯބިވެވިއްޖެ''ގެ 20 އިންސައްތަ ޝޫޓްކޮށް ވަނީ ނިމިފައެވެ. ނޮވެންބަރު މަހު އެ ފިލްމުގެ ޝޫޓިން ފަށާފައިވަނީ ގދ. ތިނަދޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝާނީ

    ޔޫއްޕެއަށް ލިބުންނަމަ މާ ރަނގަޅު

    10
    9
    • ގުރާބު

      ނަސީބެއްނުން އަސްގާޑިއަލެއް ހަދިޔާ ނުކުރިކަން ‘އަސްގާޑިއާ...

      11
  2. ?ޖާބިރު.

    އެއްއަތުން އަނެއްއަތައް ކޮއްލި ހަދިޔާ އެއް. ބޮޑައްވައްތަރީ ކާރެއް ގަނެލި ކަން އިސްތިހާރު ކުރުން

    37
    2
  3. ލޯބިވާ

    ލޯބިވެވިއްޖެ ”ލޯބި’’

    4
    1
  4. އަނނި

    މަހީކުރީ ޕުރައިވެޓު ޖެޓެއް ކަމަށް ދޭނީ...މިހާރު މިފެންވަރުގެ ތަރިން އުޅެނީ ޕްރައިވެޓު ޖެޓުގަ ވިއްޔަ...ފެންވަރު އޮޅިފަ އުތަ!!!

    14
  5. މުދި

    ގޫގުލް ފޮޓޮއެއް ތިހުރީ ޖަހާފަ އެކަމު..ޔޫސްޑް ކާރެއް ދީފަ

    12
    1
  6. ލަކީ އަލީ

    ތިޔައީ ފިލްމް ޕްރޮމޯޓްކުރަން ޖައްސާ ސްޓަންޓް، ރަނގަޅަށްވިއްޔާ ތިޔަ ކާރު ގަނެފަވެސް އޮންނާނީ ސީޒަން އަމިއްލައަށް.

    21
    1