އިންޑިއާގައި އުމުރުން އަށް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ. އެ އަންހެން ކުއްޖާ މަރާލާފާއި އޮއްވާ ފެނިފައި ވަނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އަރައްވަލި ހިލްސް އިންނެވެ.

ފުލުހުން ބުނެފައި ވަނީ، އެ ކުއްޖާ ރޭޕްކޮށް މަރާލާފައި ވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުންނަ މީހެކެވެ. އަދި އޭނާ އެ ކުއްޖާ ރޭޕްކޮށް މަރާލާފައި ވަނީ، އެ ކުއްޖާގެ ގޭގައި ގެންގުޅޭ ބަކަރިއެއް ވަގަށް ނަގަން އުޅުމުން އެކަން ހުއްޓުވަން މަސައްކަތް ކުރުމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭނާ ވަނީ އެ ކުއްޖާ ރޭޕް ކުރުމަށްފަހު މަރާލިކަމަށް އެއްބަސްވެފައެވެ.

އޭނާ އެ ބަކަރި ވަގަށް ގެންގޮސްފައި ވަނީ އެ ބަކަރި ވިއްކާލުމަށްފަހު ފައިސާ ހޯދުމަށެވެ. އެއީ މަސްތުވާތަކެތި ގަތުމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ ބަކަރި ވަގަށް ގެންދަން އުޅެނިކޮށް، އެ އަންހެން ކުއްޖާއަށް ފެނިގެން، އިތުރު ދެ އަންހެން ކުއްޖަކާއެކު އެ މީހާ އަތުން އެ ބަކަރި އަތުލާށެވެ. ނަމަވެސް އެ މީހުންނަށް އެކަން ކާމިޔާބު ނުވެ، އެ މީހާ އެ ކުއްޖާ މަރާލީ ރޭޕް ކުރުމަށްފަހުއެވެ.

އޭނާ އެ ކުއްޖާ ރޭޕްކޮށް މަރާލިއިރު، ދެން ތިބި ދެ އަންހެން ކުދިން ގެއަށް ދިޔައީ އެވެ. އެހެން ނަމަވެސް އެ ކުއްޖާ ފެނިފައެއް ނުވެއެވެ. އެ ކުއްޖާ ފެނިފައި ވަނީ އަވައްޓެރިން، އެ ކުއްޖާ ހޯދަން ކުރި މަސައްކަތުންނެވެ. އެ ކުއްޖާ ފެނުނުއިރު އޮތީ އޮރިޔާން ހާލުގައި ކަމަށް ވެއެވެ.