މި ސަރުކާރު އިންތިޙާބުވީ ދިވެހި ރައްޔިތުންނަށް ފޮނި އެތަކެއް ވައުދުތަކެއް ވުމަށް ފަހުގައެވެ. މިއަދު އަޅުގަނޑުމެންނަށް ސަރުކާރުން ވީ ވައުދުތަކާއި އެއްގޮތަށް އެބޭފުޅުން އަމަލު ކުރައްވަމުން ގެންދާ މަންޒަރު ނުފެނެއޭ ބުނުމުންވެސް ދޮގަކަށް ނުވާނެއެވެ. މިވާހަކަ މިހެން ދެއްކުމުން ބައެއް ފަރާތްތަކުން މިކަން ސިޔާސީ ކޮށްފާނެއެވެ. ނަމަވެސް މިވާހަކަ މިދައްކަނީ އެއްވެސް ކޮޅަކަށް ބުރަވުމެއް ނެތިއެވެ.

ޕާކު ކުރާނެ ތަންތަން ދައްކަވާފައި ނޫނީ ސައިކަލުތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް މާލޭގައި އަދިވެސް ޕާކު ކުރާނެ ތަންތަނެއް އެކަށީގެންވާ ވަރަކަށް ނެތެވެ. އަރާ އިރާއި އެކު ފުލުހުން ސްޓިކާ ޖެހުމުގެ މަސައްކަތް ފަށާއިރު މެންދަމުން އަލިވާ އިރުގައިވެސް ބައެއް ފުލުހުން އެ މަސައްކަތް ކުރިއަށް ގެންދާ މަންޒަރު ފެނެއެވެ. މާލޭގެ އެކިއެކި މަގުތަކުގައި އާދަޔާ ޙިލާފަށް ގިނައިން ޗެކްޕޯސްޓުތައް ޖަހަމުން އަންނައިރުގައި މި ހުރިހާ ކަމެއްވެސް ކުރަމުން މި ގެންދާ މަގުސަދު ވަރަށް ސާފެވެ. ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމެވެ.

ކޮންމެއަކަސް، ޗެކްޕޯސްޓްތަކާއި ސްޓިކާ ޖަހައިގެން ފުލުހުން ހަފްތާއެއްގެ މައްޗައް މިލިއަނަކަށްވުރެން ގިނައިން ފައިސާ ހޯދަމުން އަންނައިރު، ކިޔައިދޭން މިއުޅެނީ މީގެ 2 ދުވަހެއް ކުރިން އަޅުގަނޑާއި ކުރިމަތިވި ހާދިސާ އެކެވެ. އާޓިފިޝަލް ބީޗް ކައިރީގައި އިންނަ ބީއެމްއެލްގެ އޭޓީއެމް އަށް އަޅުގަނޑު ވަނީ ފައިސާ ކޮޅެއް ނެގުމަށްޓަކައެވެ. ކިޔޫގައި ފުދޭ ވަރަކަށް މީހުން ތިބިއިރު އިރުކޮޅެއް ފަހުން އެތަނަށް ވަތް މީހަކު ވަރަށް ބާރު އަޑަކުން "އޭ ސްޓިކާ ޖަހަން ފަށައިފި" އޭ ބުނުމުން މުޅި އެތަން ކުއްލިއަކަށް ހުސްވެއްޖެއެވެ. ފައިސާ ނަގަން ތިބި މީހުންވެސް އަވަހަށް ކާޑު ހިފައިގެން ބަޑި އެއް ޖަހާފައި ނިކުތީ އެމީހެއްގެ ސައިކަލު ސްޓިކާ "ހަދިޔާ" އަކުން ސަލާމަތް ކުރެވޭތޯއެވެ.

މިދިޔަ ހަފްތާގެ ހެނދުނު ފުލުހުން ޖަހާފައިވާ ސްޓިކާތަކެއް

ނަސީބަކުން އަޅުގަނޑުގެ ސައިކަލުގައި ސްޓިކާ އެއް ނުޖަހައެވެ. އެކަމަށް އިންޒާރު ދިން މީހާ އަށް އަޅުގަނޑު ޝުކުރުވެރިވެސް ވަމެވެ. އަދި އެތަނުގައި އެވަގުތު ތިބި އެންމެންވެސް ޝުކުރުވެރި ވާނެކަން ޔަގީނެވެ. މިއީ ފުލުހުންގެ އަމަލުތައް ދިވެހިން ބަލައި ނުގަންނަކަން ސާބިތުވާ ވަރަށް ފުރިހަމަ ނަމޫނާ އެކެވެ. ޕާކު ކުރާނެ ތަނެއް ނުދައްކައި ސައިކަލު ޒޯނުގައި ޕާކުކުރާށޭ ބުނުމުން އެކަން ވެގެން ދަނީ ބޮޑު ޖޯކަކަށެވެ.

މިވާހަކަ ދެއްކުމުން ބައެއް ފަރާތްތަކުން ދެން ގަވާއިދަށް އުޅޭށޭ އޭރުން ސްޓިކާ އެއްވެސް ނުޖަހާނޭ ބުނެ ހަދައެވެ. ނަމަވެސް އެފަރާތްތަކަށްވެސް އަވަހަށް ކަމެއް ކުރަން އުޅޭ ދުވަހެއްގައި ސްޓިކާ އެއް ޖެހުމުން މި ދައްކަނީ ކޮން ވާހަކަ އެއްކަން ވިސްނޭނެއެވެ. ގަވާއިދާއި ޙިލާފްވެގެން ކަމަށްބުނެ ސްޓިކާ ޖަހާނަމަ "އޯކޭ" އެވެ. ނަމަވެސް ސަރުކާރަށް ފައިސާ ހޯދަން ނިކަމެތި ރައްޔިތުން ކޮންމެ ދުވަހަކު މިގޮތަށް ތަޅުވަމުން ގެންދާނަމަ ރައްޔިތުންގެ ހިތްތަކުން މިކަންކަން ފިލައިގެން ނުދާނޭކަން ޔަގީނެވެ.

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ "ޗެކް ޕޮއިންޓް"ތަކުގެ މައުލޫމާތު ވަގުތުން ގެނެސްދޭ ވައިބާ ގްރޫޕެއް ވެސް މިހާރު އިންނައިރު ކޮންމެ ދުވަހަކުވެސް މި ގްރޫޕަށް 1000ށް ވުރެ ގިނަ މީހުން ދަނީ ވަންނަމުންކަން ފާހަގަކޮށްލެވެއެވެ. މިއީވެސް ދިވެހިން މިކަމަށް އެއްބައިވަންތަ ވެފައިވާ މިންވަރު ރަމްޒު ކޮށްދޭ ކަމެއް ނޫންތޯއެވެ؟

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޑިމޮކްރަސީ

    މިހާރު ސްޓިކަރ ޖެހުން އޮތީ ހައްދުންނެއްޓިފަ ސައިކަލް ބެހެއްޓޭނެގޮތެއްނެތިގެން މާލޭގެ ގޯޅިތަކުގެ ކަންވައްކޮށްލިހިސާބުތަކުގަވެސް ސައިކަލްބަހައްޓަން މަޖުބޫރުވެފަ މިއޮންނަނީ އެކަމު މިމީހުން ހިތަށް އެރުން އޮންނަނީ ހަމައެއްލަމައެއްނޯވޭ ބައެއްމަގުތަކުގަ ކަންމަތީގަހުންނަ ސައިކަލްތަކުގަވެސް ހެދުނު ތެދުވާއިރު ބަރިޔަކަށް ސްޓިކަރ ޖަހާލާފަ އޮވެދާނެ މީމައްސަލައެއް/ ޖަހަންޏާ މުޅިމާލޭގަ މިހެން ބަހައްޓާފަހުންނަ ހުރިހާވެހިކަލެއްގަވެސް ޖަހަންވީ ނުވިތާކަށް ޢާންމު ރައްޔިތުންގައިގަވެސް ޖަހަންވީ

    43
    1
  2. ާއާލަމް

    ބޭފުޅާ ފުލުހުން ސްޓިކާރ ނުޖަހާނަމަ މާލޭގެ މަގުމަތީގައި ދުއްވާ އެއްޗަކަށް ނުދުއްވޭނެ. ފުލުހުން ސްޓިކާރ ޖަހަނީ ސަރުކާރަށް ލާރި ހޯދައިދޭކަށް ނޫން. ހުރިހާ ރަތްޔިތުންނަށް ވެސް ތިކަހަލަ ޤަވާއިދާއި ހިލާފަށް އުޅޭ މީހުންގެ ކިބައިން މާލޭގެ މަގުތަށް ސަލާމަތް ކުރަން.

    8
    74
    • ދަހި

      މިހާރު އެޖަހަނީ ހަމަ ލާރި ހޯދަން

      52
      2
  3. ިޮފަލިނަރަ

    އެގުރު.ޕަކި ރަައްޖެ ގެ ނަމްބަރ1 ވަން ގުރޫ.ޕް
    އެގްރުޕް ގެ ސަބަބަބުން އަހަރުންނަށް ހަދަ ފަސެހައޭ އަތުން ދަ ލަރިކޮޅުވެސް މަދުވެއްޖެ....

    25
    2
  4. އިހޫ

    މި އިންޑިޔާއިން ދޭ 3 މިލިއަންޑޮލަރު ހަމަކުރާގޮތް

    38
    1
  5. ސްޓިކާ

    ބަލަދުއްވަމުދަނިކޮއްތަ ސްޓިކާޖަހަނީ ނުދުއްވޭނެވާހަކަ ތިބުނަނީ

    3
    39
  6. ކަރަންޓޭ

    ފުލުހުންނަށް ސާބަސް އިސްޓިކާ ޖަހާ އެކަމަކު މާލޭގެ މަގުމަތީގެ ގަވާއިދަށް އަމަލުކުރަންޖެހެނީ ހަމަ އެކަނި ވެހިކަލްދުއްވާމީހުންތޯ ހިނގާ މީހުން ޕޭމަންޓުން ނުހިނގާ މަގުމެދުން ހިނގާއިރު ފުހުން އަޅާނުޅާ އެމީހުންވެސް ޖޫރިމަނާކުރަންޖެހޭނެ ގާނޫނުގެ ކުރިމަތީ އެއްމެން ހަމަހަމަ ވާންޖެހޭނެ ފުލުހުން ނިކަން މަގުމެދުން ހިނގާ މީހުން ޕޭމަންޓުން ހިނގަން މަޖުބޫރު ކޮށްބަލަ އިހުލާސްތެރިކަމެއް ހުރިއްޔާ...

    15
  7. ރާވެރިބެ

    ހިނގާ މީހުންހޭލުންތެރިކުރުމަށް ފުލުހުން މަސަށްކަތް ކޮށްބަލަ ޕޭމަންޓުން ނޫނީ ނުހިނގުމަށް އާދޭސް ކޮށްބަލަ މި ސިޔާރުގެ ދަށުން ....

    14
    • ރާވެރިބޭދަރި

      ޕޭމަންޓޭ ކިޔާވަރުގެ ތަންކޮޅެއް ހުންނަނީ މަދު ގޯޅިއެއްގަ. އަނެއްކާ ހޮޅިންގެ އުނދަގުލާހުރެ އެތަނުން ހިނގޭވަރެއްނޫން.

  8. ާަަަާާާާާާާާާާްްއަލިީ

    ގޭގަހުއްޓަތަޖަހަނީ ؟

    3
    30
  9. ސްޓިކާ

    އަޅުގަނޑަށް ދިމާވި ޙާދިޘާއަކުން އަޅުގަނޑަށް ވިސްނުނީ އެކަން ކު ރަނީ ހަމަފައިސާ ހޯދަން ކަމަށް. އަޅުގަނޑު މަޖިލިސްކައި ރި ހަކު ރާގޯޅީގައި އުޅޭގެކައި ރި ރޭގަނޑު ދަންވަ ރު ޕާކުކޮށްފައި ހުއްޓއި ދެ ރެއަކު ސްޓިކާޖެހި އެއިން ކޮންމެ ރެއަކުވެސް އެތަނުގައި ހުންނަނީ ދެތިން ސައިކަލް އެއީ ފުދޭވަ ރަކަށް ދިގުމަގެއް. ވަ ރަށްގިނަ ރޭތަކުގައި އާދޭ. ފެނިފައިވެސް އެބަހު ރި ސްޓިކާ ނުޖަހާ.. އެހެންވީމާ ޕާކް ކު ރަނީ އެކަމަކު ދަންވަ ރު އައިސްޖަހަނީ. ދެން އަދި ވީގޮތަކީ ސްޓިކާޖަހާތީ ނުބަހައްޓަންފެށީ. ދެން އަނެއްކާވެސް ސްޓިކާޖެހުން ހުއްޓިއްޖެ. ޕޮލިހުން އައިސް އެހެންސައިކަލްތައް ހުންނައި ރު ސްޓިކާނުޖަހާތަން ފެންނަން ފަށައިފި. އެކަމަކުވެސް ސްޓިކާ ޖަހައިފާނެ ކަމަށް ނުބަހައްޓަން ދެން އެއްދުވަހު ހެދުނު ކުޑަ ދަ ރިފުޅު ސްކޫލަށް ގެންދަންވެގެން ވަ ރަށްއަވަހަށް ފައިބާންވެގެން ބަހައްޓާފައި 5 މިނިޓްވެސް ނުވަނީސް ފޭބިއި ރު ސްޓިކާޖަހާފައި ޕޮލިސް ނުދަނީސް ނުކުމެވިއްޖެ. އަދި މީގެ ކު ރިން 3 ސްޓިކާ ޖަހައި ކަންކަން ދިމާވެފަ ވާގޮތުގެ ހިސްޓް ރީ ކިޔައިދޭން ހުއްޓާ ހަކު ރާގޯޅީގަ އުޅޭ އެހެން ޕޮލިހެއް އައިސް ވެގެންއުޅެނީ ކިހިނެއް ވާކަމެއްކަމެއްބަލާ ވާހަކަދެއްކި.އެތަނަކީ އަހަ ރެން އުޚޭގޯޅި 4 ސްޓިކާ އެތަނުންޖެހި.. އަސްލުގަ ގޯޅީގައި އުޅޭ ޕޮލިހުގެ ވާހަކައިން އެގުނީ ސްޓިކާޖަހާވެސްތަނެއް ނޫންކަން...... އެދުވަހު ސްޓިކާޖަހަން އައިޕޮލިހާ ވާހަކަދައްކާފަ އެހެންބުނީ. އެކަމަކު އެދުވަހުއެއީ 4 ވަނަސްޓިކާޖެހި ދުވަސް... ކީއްކު ރާނީ ދެން.. ....މިހި ރީ ކަންކަންހު ރިގޮތް
    ފެންނަފެނުމަށް މިދުވަސްކޮޅު އަނެއްކާ ސްޓިކާ ނުޖަހާ.

  10. ބުރޯ

    ކުޑަކުދިންނަށް މިދޭނާސްތާ ގެ ސަބަބުން ގައުމަށް މަންފާއެއްނެތް އެކަމުގެ ސަބަބުން ޕާކިންގ ބިލްޑިންގެއް އެޅުމުގެ ތަނަވަސްކަމެއްގައުމުގާނެތް އެހެންވެސް އިސްޓީކާ ފައިސާ ނަގައިގެން ޕާކިން ބިލްޑިންގެއް އަޅާދޭން އުޅެނީ ނޫންތަ ؟

  11. ސަންފާދިޔެގެ ޝިނާޒް

    ދެންމެ ވައިބަރ ގްރޫޕަށް ޖޮއިން މިކުރީ.
    ވަރަށް އުފާވު 14 ހާސް މީހުން އެއްތަނެއްގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވާ މަންޒަރުން.
    ދުވަސްކޮޅަކުން ފުލުހުން ވައިވެދާނެ. މިގްރޫޕް ހުއްޓުވަން ސަރުކާރުން އުޅެފިއްޔާ އެއިގެ މާނަޔަކީ ބަޖެޓް އަރަނި ވަނީއޭ.
    ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބުމަށް ހުރަސް އެޅިކަމުގެ ކުޑުގައި 14 ހާސް މީހުން ލާނެ ޖަލެއްވެސް ނުހުންނާނެހެން ހީވަނީ.

  12. އަސްލޭ

    މަރިޔަމް ޝާާނީގެ ވަރަށް ބޮޑު ފޭންއެއް މަށަކީ. ހަމަބުނެލީ.

  13. ފުނަ

    ތިއޮތީ އަމިއްލައަށް ގަވާއިދާ ހިލާފްވިކަމަށް ޢިއުތިރާފް ވެފައި ކަނބުލޯ