ޒަމާނަށް އަންނަ ބަދަލުތަކާއެކު، ފެޝަން އިންޑަސްޓްރީއަށްވެސް ބަދަލުތަކެއް އާދެއެވެ. ހެދުން އަޅާ ވައްޓަފާޅި އާއި އަޅާ ހެދުންތައް ހުންނަ ސްޓައިލަށްވެސް ބަދަލު އަންނަމުންދާ މަންޒަރު ފެނެއެވެ. ނަމަވެސް ފަހުގެ ސްޓައިލްތައް ގިނަބަޔަކަށް ކަމުނުދާ ކަހަލައެވެ. އެހެންވެ ގިނަ މީހުން އެއަށް ކުރަނީ މަލާމާތެވެ.

ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯންއަށްވެސް މިފަހަރު މަލާމާތް ރައްދުވީ އެެހެންވެއެވެ. އޭނާ ހުރީ ފަހުގެ ފެޝަނަށް އެއްޗެއް ލައިގެންނެވެ. ނަމަވެސް ގިނަބަަޔަކަށް އެ ކަމުނުދިޔައެވެ.

އޭނާއަށް މަލާމާތު މިހާރު ދަނީ ރައްދު ވަމުންނެވެ. އޭނާ ލައިގެން ހުރީ ލެދާ ޓޮޕެކެވެ. މުމްބާއިއަަށް އެހާ ހޫނު އިރު އޭނާ ލެދާ އެއްޗެއް ލައިގެން ހުރުމުން ގިނަބަޔަކު މީސް މީޑިއާގައި އޭނާ ކަތިލަމުން އެބަ ދެއެވެެ.

https://www.instagram.com/p/B60LzxInKDr/?utm_source=ig_embed

އޭނާގެ ފިލްމް ޗައްޕާކް ނެރެން މަދު ދުވަސްކޮޅަކަށް ވެފައިވަނިިކޮށް، ޕްރޮމޯޝަން ގިނަ ހަރަކާތްތައް ވަރަށް ފޯރީގައި ދަނީ ކުރިއަށެވެ. މިގޮތަށް އޭނާ ދިޔަ އިވެންޓެއްގައި އޭނާ ހެދުން އެޅީ އެއްކޮށް ކަޅުކޮށެވެ. ކަރުއެއްކޮށް ފޮރުވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެ ލެދާ ޓޮޕާއި ކަޅުކުލައިގެ ޖީންސެއް އޭނާ ލާފައި ވާއިރު، އޭނާ އެ ހެެދުމުގައި ވަރަށް ރީތިކަމަށް އެއްބަޔަކު ގަބޫލުުކުރެެއެވެ.

އެއްބަޔަކު އޭނާ އަށް މަލާމާތްކޮށްފައި ވަނީ އެހާ ހޫނު އިރު އެ ޓޮޕް ލުމުންނެވެ. އަނެއްބަޔަކު އެ ޓޮޕް ވައްތަރީ ވާރޭ ކޯޓަކާއި ކަމަށް ބުނެފައި ވެއެވެ. އަދި އެކަކު އެއީ ސޯފާ ކަވަރެއްކަމަށްވެސް ބުނެފައި ވެއެވެ. އަދި އެއީ އެއްވެސް ސްޓައިލެއްގެ ހެދުމެއް ނޫން ކަމަށް ބުނި މީހުންވެސް މަދެއް ނޫނެވެ.

އާއްމުކޮށް ބޮލީވުޑްގެ ތަރިން އަޅާ ތަފާތު ހެދުންތަަކަށް މަލާމާތް ރައްދު ވެއެވެ.