ފައިސާއިން އުފާވެރިކަން ލިބޭހެއްޔެވެ؟. މިއީ ގިނަ ބަޔަކު ކުރަމުންދާ ސުވާލެކެވެ. މި ސުވަލުގެ ޖަވާބު މިފަހަރު ދީފައި ވަނީ އިންޑިޕެންޑެންޓް އިން ހެދި ދިރާސާއަކުންނެވެ. އިންޑިޕެންޑެންޓް އިން ދިރާސާ ހަދާފައި ވަނީ ކައިވެނީގެ ހަޔާތެއް އުފާވެރި ކުުރުމަށް ފައިސާއަކީ ކިހާ މުހިންމު އެއްޗެއްތޯ ބެލުމަށެވެ.

މިހާރު ގިނަބަޔަކު މަސައްކަތް ކުރަމުންދަނީ އެ މީހުންގެ ކެރިއާގައި ދެވެން އޮތް އެންމެ މައްޗަކަށް ދިޔުމަށެވެ. އެއަށްފަހު ޒަވާޖީ ހަޔާތެއް ފަށައި ބޭނުންވާ އެކި އެއްޗެއްހި ގަނެ އުފާވެރި ދިރިއުޅުމެއް އުޅުމަށެވެ. ފައިސާއަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް މުހިންމު އެއްޗެކެވެ. އަދި ކައިވެނީގެ ހަޔާތެއްގައިވެސް އެންމެ މުހިންމު އެކައްޗަކީ ފައިސާއެވެ.

ކައިވެނީގެ ގޮށް ޖަހައިގެން ތިބޭ ދެމަފިރިންވެސް މަސައްކަތުގައި އުޅޭއިރު އެކަކު މުސާރަ އަނެކާއާށްވުރެ ބޮޑުވުމަކީ އާއްމު ކަމެކެވެ. ނަމަވެސް އިންޑިޕެންޑެންޓްއިން ބުނާގޮތުގައި، ދެމަފިިރިންނަށް ވެސް އެއްވަރަކަށް މުސާރަ ލިބޭނަމަ އެ ކައިވެންޏަކީ އުފާވެރި ކައިވެންޏަކަށް ވެއެވެ.

މިގޮތަށް ބުނެފައިވީނަމަވެސް، މަދުން ފައިސާ ލިބުނުކަމުގައި ވިޔަސް ކައިވެންޏަށް ވަފާތެރި މީހުން ތިބެދާނެއެވެ. ނަމަވެސް އެ މީހުން އުޅެނީ އުފަލުގައެއް ނޫނެވެ. އެ މީހުން އެ މީހުންނަށް ލިބޭ މުސާރައާމެދު ހިތްހަމަނުޖެހެއެވެ.

އިންޑިޕެންޑެންޓްގެ ދިރާސާއިން ބުނާގޮތުގައި، މިގޮތަށް ދެމަފިރިން އުފާވެރިވާނީ ދެ މަފިރިންނަށް ލިބޭ ފައިސާއިން އެއްވަރަކަށް ގޭގެ ކަންތަކަށާއި، އެހެނިހެން ކަންތައްތަކަށް ހަރަދުކޮށްގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޭައަލިފުޅު

    ތިރީސާޗް ހެދީ އަންހެނުންތަކެއް ކަމަށް މިބަލަނީ. ޢެވެރިން ހުންނަނީ ލާރިއާ ހެދި ހެބަލި ވެފަ

  2. އިޞްލާޙް

    އުފާވެރި ކައިވެނީގެ ޙަޔާތަކަށް އެންމެ މުހިންމީ ފައިސާ ކަމަކަށް ގަބޫލެއް ނުކުރަން.

  3. ހުސޭނުބޭ

    އެހެންވިއްޔާ ކައިވެނިކުރަންވީ ތިޖޫރީއަކާދޯ. އަދި ފައިސާ ޖަހާ މެޝިނެއް އަތުއަޅުވާލެވުނިއްޔާ ހާދަ މޮޅުވާނެޔޭ ދޯ

  4. ގޯސް

    ވ.ދ.ފ