ބޮލީވުޑްގެ އެންމެ އަގުބޮޑު ތަރި ދީޕިކާ ޕަޑުކޮން ވެސް ޓިކްޓޮކް ބޭނުން ކުރަން ފަށައިފިއެެވެ.

ގިނަ ބަޔެއްގެ ލޯބި ހޯދައިފައިވާ ދީޕިކާ ޓިކްޓޮކް ކުޅެން ފަށައިފި ކަމަށް އޭނާ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރި ވީޑިއޯ އަކުން އަންގައިފައިވާއިރު ދީޕިކާ ޕަޑުކޮން ޖަހައިގެން އޭނާ ޓިކްޓޮކުން ފެންނާނެ ކަމަށް ވަނީ ބުނެފައެވެ.

ދީޕިކާ ޕަދުކޯން އަކީ މިހާރު މުޅި ދުނިޔެ ވެސް ދަންނަ މަޝްހޫރު ބަތަލާ އެކެވެ. އޭނާއަކީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެންމެ އަގުބޮޑު ބަތަލާ އެވެ. އެންމެ އަގުބޮޑު ބަތަލާގެ މަގާމު ލިބުމަކީ އުފާވުމުގެ އިތުރުން އަމިއްލަ ނަފްސަށް ކުޑަކޮށް ކުށެއް ކުރެވޭ ކަމުގެ އިހްސާސް ކުރެވޭ ކަމަށް ދީޕިކާ ބުންޏެވެ. ސަބަބަކީ ފައިސާއަށް ވުރެ ފިލްމަށް އިސްކަން ދޭން ބޭނުންވާތީ އެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދީޕިކާ އެންމެ ފަހުން ފެނިގެން ދިޔައީ "ޕަދްމާވަތު" އިންނެވެ. ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ މެގްނާ ގުލްޒާރުގެ "ޗަޕާކް" އެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ގިނަ ބަޔަކު ޓިކްޓޮކް ބެލުމަށް މަރު ދޭއިރުގައި ދީޕިކާ ޓިކްޓޮކް ބޭނުން ކުރަން ފެށުން ވެގެން ދިޔައީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިގެން ދިޔަ ކަމަކަށެވެ.

އިންސްޓަގްރާމް އަށް އަފްކޮށްފައިވާ މި ވީޑިޔޯގެ ކެފްޝަންގައި ބުނެފައިވަަނީ ޓިކްޓޮކް ބޭނުން ކުރައްވާ ފަރާތްތައް ލަސްނުކޮށް އަވަހަށް ދީޕިކާއަށް ފޮލޯ ކުރުމަށެވެ.

https://www.instagram.com/p/B65IzcBnJHN/?utm_source=ig_embed

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާރެސް

    ރާއްޖޭގައި ޓިކްޓޮކް އެއްޗަކަށް ނުވިޔަސް ދުނިޔޭގެ މަޝްހޫރު ހުރހާތަރިން އެބައުޅޭ

    6
    17