ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދުވަސްވަރު ގިނަ ފިރިހެނުންގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ލިބުނު ނަމަވެސް ކައިވެނި ކުރުމަށް ފަހު އެފަދައިން އުޅެން ނުޖެހޭ ކަމަށް ގިނަ ފިރިހެނުން ދެކެއެވެ. ކައިވެންޏަށް ފަހު އަންހެނުންނާއި އެކު ހަވީރު ދަޅަޔަށް ހިނގާލަން ނުކުތުމަށްވެސް ގިނަ ބަޔަކު ދީފައި އޮންނަ ނަމަކީ "އަނބި ދަށުވުން" އެވެ.

އެހެން ނަމަވެސް ކާށިދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ އަބްދުﷲ ޖާބިރު އަންނަނީ އެ މުއްސަނދި ދިރިއުޅުމާއި އެކުވެސް އަނބިކަނބަލުންދެކެ ވަމުން އަންނަ "ހަގީގީ ލޯބި" އެކި ގޮތްގޮތުން ދައްކުވައިދެމުންނެވެ.

ޖާބިރު ވަނީ ދާދި ފަހުން ދިޔާނާ އަށް ދިނުމަށް ބޫޓަކާއި، އަދި އެހެނިހެން ތަކެއްތި ހިއްޕަވައިގެން ވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯ އެއް ޓްވިޓާގައި ހިއްސާކުރައްވާފައެވެ.

https://twitter.com/JabirHQ/status/1213674412731273217?s=20

އެ ފޮޓޯ ހިއްސާކުރުމަށް ފަހު ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަނބިމީހާ އަށް ބޫޓުގަނެ ވިޔަފާރި ކޮތަޅު އުފުލުމަކީ ހަޑިކަމެއް ނޫން ކަމަށާއި އެކަމުން ދޭހަވަނީ އަނބި މީހާދެކެ ވާ ލޯތްބާއި ބަހައްޓާ ހެޔޮކަން ކަމަށެވެ.

ޖާބިރު އާއި ދިޔާނަ އަކީ ތަފާތު ކަންކަން ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނަ ސިޔާސީ ދާއިރާއިން ފާހަގަ ކޮށްލެވޭ ޖޯޑެކެވެ. މީގެ ކުރިން ނޫސްވެރިންނަށް ދެއްވި އިންޓަވިއުގައި އެދެމަފިރިން ހާމަކޮށްފައިވާ ގޮތުގައި އެކުގައި އުޅުމަށް މާގިނަ ވަގުތުތަކެއް ނުލިބުނު ނަމަވެސް އެދެކަނބަލުން އެކަކު އަނެކަކަށް އިހްތިރާމް ކޮށް ލޯބިދެއެވެ.

ޖާބިރު އާއި ދިޔާނާގެ ކައިވެންޏަށް 14 ވަރަކަށް އަހަރު ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސަންފާދިޔެގެ ޝިނާޒް

    ޓިކްޓޮކްއިން ފެންނަ މަންސޫޜޭ އާއި ތަފާތެްނެތް ހަމަ.
    ތި ދެމީހުން ރަނގަޅުވާނީވެސް ޓިކްޓޮކްއަށް

    51
    1
  2. ހުސޭނުބޭ

    މީގެ އަންބެއް ޖަހައިގަތުމަކީވެސް ހަމަ މިސާލެއް!

    50
    2
  3. އިހްސާނާ

    ދިސް އިސް ނޮޓް ހިސް އެކައުންޓް!!!

    27
    1
  4. ޖބ

    ވޭ ޓު ގޯ ޖާބެ

    27
    3
  5. މަރޭ

    ޖާބިރާ އޭނަ އަންހެނުން ގަންނަ ގަނޑު ނުބެލިގެންތަ މިއުޅެނީ ؟ ބޮޑު ހަނގުރާމައެއް މުސްލިމުންނާ ކުރިމަތިވެފަ އޮތް އިރު !! ??

    41
    7
    • ޚުދު

      ތި ބެލީނު އެކަމު.

      33
      14
    • ......

      އަދި ކިރިޔާތަަ މަޝްރަހަށް ލޯހުޅުވުނީ...މުސްލިމުންނާއި ދެކޮޅަށް ކާފަރުން ކުރާ ހަނގުރާމަ ހުއްޓުނު ދުވަހެއް ނޭނގޭ...
      އީރާން އެމެރިކާގެ ކޯޅުމަކީ ބޮޑު ގޭސް ގަނޑެއް...އަދި އީރާނަަކާ މުސްލިމް ގައުމެއް ނޫން....އެއީ ޝިއަޢާން...

      3
      1
  6. ހޮނޑާފުށީ ބޮޑުހުސޭނު

    ކޭބަލް ކާރު ކޮބާތޯ ، 1 އަހަރު ދިޔައި ހަމަ އަގައިން ހިފަހައްޓައިގެން

    32
    1
  7. ާަަސު

    ޙަމަ ދޮގު

    11
    1
  8. އެޑަމް

    މަސްހޫރު ވިޔަފާރިވެރިން ނަކީ ޤައުމަށާ ރައްޔިތުންނައް އެންމެގިނައިން ދަރާފައޮވެ
    މީސްތަކުންގެ މެދުގާ ފޮނިކަޑަމުން ހިނގާ މީހާތޯ؟

    14
    2
  9. ވެނީލާ

    14 އަހަރޭ؟؟؟ އެކަމަކު އޭނަގެ ދަރިފުޅަށް ވެދާނެ އެއްވުރެ ގިނަ އަހަރު!!

    11
    1
    • ޙަސަނު

      ކޮއްކޯ ހަމަ އިންނަތަނުން ހުރިހހ ހާ މީ ހުން ދަރިން ހޯދާތަ ، އިނދެގެން 5 އަ ހަރު ވާ ފަސްއަ ހަރު ވާފަ ހުންވެސް މީ ހުން ކުދިން ހޯދާ

  10. ބޮޑު ދާމިސް

    ޖާބިރު ކޭބަލް ކާރު އަޅައިދިން އަހަރުމެން އެންމެން ޖާބިރުއްށް ސުކުރު އަދާކުރަން..ޖާބިރު ކޭބަލް ކާރު އަޅައި ދިނީ ޕަބްޖީގަ. ޔޫކެން ޗެކް ބައި ޕަބްޖީ ވިންޓަރ މޯޑް..

    10
    1
  11. އ. ޖ. އ

    ޖާބެ100... އެކަމު އަސްލު އެކައުންޓް ބާ

    2
    1
  12. ނަޖާހް

    ބަލަގަ ފޭކު އައިޑީ އެކޭ އެއީ ?