އާ އަހަރާއި އެކު ކައިލީގެ އިސްތަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމަކީ ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު ކަމެކެވެ.

ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޒުވާން ބިލިއަނަރު ކައިލީ ޖެނާ މިފަހަރު އިސްތަށިގަނޑުގައި ޖެއްސީ ރީއްދޫ ކުލައެވެ.

މަޝްހޫރު ތަރިންތަކުގެ ތެރެއިން ކައިލީ އަބަދުވެސް ފާހަގަ ކުރެވެނީ އިސްތަށިގަނޑުގައި އެކި ކުލަތައް ޖައްސާ ތަފާތު ބަދަލުތައް ގެންނަ މޮޑަލްއަކާއެވެ.

ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބެލިކަމުގައިވިޔަސް ކަން އޮތީ އެހެންނެވެ. ކައިލީގެ ރީތިކަމަށް ގިނަބަޔެއްގެ ކަޅިތައް ހުއްޓެން ދިމާވާ މައިގަނޑު އެއް ސަބަބަކީ ވެސް މިއެވެ.

އިސްތަށިގަނޑަށް ގެނައި ބަދަލުގެ ފޮޓޯ ކައިލީ ވަނީ ދާދި ފަހުން އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ފޮޓޯއަށް ގިނަބަޔެއްގެ ތައުރީފު ލިބެމުން ދާއިރު ގުނާ އަދަދު ނުކުރެވޭހާ ގިނަ ބަޔަކު މި ފޮޓޯއަށް ވަނީ ލައިކް ދީފައެވެ.

ކައިލީއަކީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރެވެ. އެގޮތުން 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އުމުރުން 22 އަހަރުގައި ކައިލީ ވަނީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރަށް ވަނީ ވެފައެވެ. އޭނާއަކީ ފެޝަނުގެ ދުނިޔޭގައި ވެސް އެންމެ ނުފޫޒު ގަދަ އެކެކެވެ. މީގެ އިތުރުން އަންހެނުން ރީތިވަން ބޭޏުން ކުރާ އެއްޗެއްސަށް ބަލާލި ކަމުގައި ވާނަމަވެސް ކައިލީ ބްރޭޑްގެ އެކި އެއްޗެހި ފެނިގެން ދެއެވެ. އެގޮތުން ކައިލީ ލިޕްސްޓިކް އަކީ މިހާރު ދުނިޔޭގައި އެންމެ ހިނގާ އެއް ބްރޭޑް ޕްރޮޑަކްޓް އޭ ވެސް ބުނެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސައިމާ

    އެކޮއިވެސް އެންޑީޕީއަށް ވަނީކަންނޭގެ. އަހާލަން މަ ބޭނުން.

    34
    1
  2. ޝަމާއު ޝަރީފް

    ކޮބާ ކައިޒީން، ކުލަ ބަދަލުކުރާކަށް ނުވޭ؟

    37
  3. ނަން

    އެކޮއިގެނ އިސްތަށިގަނޑު ތިޔަވަރަށް ތިޔަ ދައްކަނީ ކީއްވެ؟

    18
    1
  4. ޑ

    މީހުންގެ ލޯބި ހޯދަން އުޅެމުން އުޅެމުން ގޮސް... އިނަފް އިޒް އިންފް ވާން ނޭގޭތީ އަމިއްލަ އަށް މަރުވާ ހިސާބަށް ވެސް ދަނީ..
    މީހުންނަށް ކޮށްދެޥޭނެ މާކަށް ބޮޑުކަމެއް ނުހުރޭކަން އެނގޭނެ އަސްލު ޑީޕް ކޮށް ވިސްނާލިއްޔާމުން.

    20
    1
  5. ހުސޭނުބޭ

    ހެދުނަށް ކެއްކި ރިހަތެލި ކަންނޭގޭ ބޮލަށް އަޅާލައިގެ އެހުރީ!

    29
    1